ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކާޑު އެޖެންޓުންނަށް މިހާރު އީ-ސްޓޯރ މެދުވެރިކޯށް ކާޑުގެ ބާވަތްތަކަށް އޯޑަރު ކުރެވޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިގޮތަށް ހަމަޖެއްސުމާއި ގުޅިގެން އެ ކުންފުނީގެ ކާޑު އެޖެންޓުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

Ad
rt

މާލެއެކޭ އެއް އަގެއްގައި ރަށްރަށަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ކާޑު އެޖެންޓުން ތިބޭ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެ ކުންފުނިން ދަނީ ރައްޔިތުންނަށް ދަތިނުވާނެހެން އެޖެންޓުންނާއި ގުޅިގެން ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

އެސްޓީއޯގެ ކާޑު އެޖެންޓުން ކާޑަށް އޯޑަރުކުރުމަށް މިހާރު ބޭނުންކުރަނީ ވައިބަރއެވެ.

އެސްޓީއޯއިން އެކުންފުނީގެ ޚިދުމަތްދޭ ތަންތަން މިހާރު އާންމުކޮށް ހުޅުވާލާފައި ވާއިރު، އެސްޓީއޯގެ ފިހާރަތަކުން ލިބެން ހުންނަ ތަކެތި ފަސޭހަކަމާއި އެކު އޮންލައިންކޮށް ގަނެވޭ ޕްލެޓު ފޯމް އީ-ސްޓޯރގެ ޚިދުމަތްވެސް ދަނީ ދެމުންނެވެ.