"ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" އަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުގައި އިތުރު ބާބެއް، އިތުރު ކުރަންޖެހޭކަމަށާއި އެކުދިންނަށް އިތުރު ގޮތްތަކެއް އަދި އިތުރު އެލަވަންސްއެއް ދިނުމަށް ހުށައަޅާކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ، "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ އިބްތިދާއީ ބަހުސް ގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ދިވެހި ރާއްޖޭގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ގޮތްތަކެއް ހެދެންޖެހޭނެކަމަށެވެ.

Ad
rt

ހާއްސަ ހާލަތާއި ގުޅިގެން ހާއްސަ ޤާނޫނެއް އެކުލަވާލާއިރު ބަލާލަން އަދި ވިސްނާލަން ޖެހޭ އެހެން ބަޔަކު އެބަތިބިކަމަށާއި މިިބިލު ކޮމެޓީ މަރުހަލާގައި މިބާބު ހުށައެޅުމަށް ޔާސިރުވަނީ އެލިދައްވާފައެވެ.

މިބިލުން ކާބޯތަކެތީގެ ރައްކާތެރިކަން ހޯދޭ، ގެއިން ނުނެރެވޭނެކަން ކަށަވަރު ކުރެވޭއިރު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ އެންމެ ކުޑަ އެލަވަންސެއް ދެވޭ ކުދިން، އެކުދިން ނަކީ ވަކި ހާއްސަ ކާނާއެއް އަދި ވަކި ހާއްސަ އަންނައުނެއް ބޭނުންވާ ކުދިންކަމުން، މިކުދިންނަށް ހާއްސަ ގޮތްތަކެއް ކަނޑައެޅުމަށް ވަކި ބާބެއް އިތުރުކުރުމަށް އަޅުގަނޑު ގޮވާލަން

އެކުދިންނަށް އިތުރު ގޮތްތަކެއް އަދި އިތުރު އެލަވަންސްއެއް ދިނުމަށް ހުށައަޅާކަން ފާހަގަކުރަމުން ޔާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން މިބިލާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޔާސިރު ވަނީ ކޯވިޑް19ގެ މި ދަތި އުނދަގޫ ވަގުތުގައި ސަރުކާރާއި ސިއްޙީ ޚިދުމަތް ތެރިންނާއި ސިފައިންނާއި ފުލުހުން އަދި މިކަމުގައި އަމަލީގޮތުން ބައިވެރިވާ ހުރިރާ ފަރާތްތަކެއް ސާމިލްވާހެން ޝުކުރު އަދާކުރައްވާފައެވެ.