މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1918 ވަނަ ޞަފްޙާ

ހަނިމާދޫ މަގުތައް ހެދުމުގައި ހުރި ކަންބޮޑުވުން ހައްލުކޮށްދިނުމަށް އެދި ޒުވާނުން އަޑު އުފުލައިފި

ހަނިމާދޫ މަގުތައް ހެދުމުގައި ހުރި ކަންބޮޑުވުން ހައްލުކޮށްދިނުމަށް އެދި ޒުވާނުން އަޑު އުފުލައިފި

ހަނިމާދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެކަމުގައި ހުރި ބައެއް ހިތްތަމަނުޖެހުންތަކާއި ގުޅިގެން ހަނިމާދޫގެ ޒުވާނުން ނުކުމެ އެކަމުގައި ރައްޔިތުންނަށް ދަތިވާ ކަންތައްތައް އިސްލާހުކުރުމަށް ގޮވާލައި އަޑު އުފުލައިފިއެވެ. މިއަދު މި މެންދުރުގެ ވަގުތުގައި މި އެއްވުން ބާއްވާފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑު ކައިރީގައިވާ ކާނޭޝަން މަގުގައެވެ. މި އެއްވުމުގައި އެ ޒުވާނުންވަނީ މަގުހެދުމުގައި ހުރި ހިތްހަމަނުޖެހުންތައް ހާމަކުރުމުގެ ގޮތުން މެސެޖްތައް ލިޔެ...

އިބްރާހިމް ޚަލީލް
ފުލުހުންގެ އިސް މަޤާމުތަކަށް ބަދަލު ގެނެސްފި

ފުލުހުންގެ އިސް މަޤާމުތަކަށް ބަދަލު ގެނެސްފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްމަޤާމުތަކަށް ބަދަލު ގެނެސްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. އެގޮތުން ގެނެސްފައިވާ ބަދަލުތަކަކީ ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް އައްޔަންކުރެއްވުމާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އައްޔަންކުރެއްވުމުގެ އިތުރުން ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންގެ ހެޑްގެ މަޤާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް...

ޔުމްނާ ޢަލީ
މާދަމާއިން ފެށިގެން މާލޭގައި ހުކުރު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މާދަމާއިން ފެށިގެން މާލޭގައި ހުކުރު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މާދަމާ އިންފެށިގެން މާލޭގައި ހުކުރު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ވާހަކަ ދަންނަވާކަމަށެވެ. މިނިސްޓްރީއިން އިތުރު ތަފްސީލެއް ނުދެއްވައެވެ. 10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.#MVIaffairs — Ministry of Isl...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ނަން ހާމަ ކުރަން ބޭނުންނުވާ ފަރާތަކުން “ތިލަދުން” އަށް ޔަޤީންކޮށްދީފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާއަކީ މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ ޒުވާނެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ދިޔަކަމަށާއި ހޯމްކަރަންޓީނުގައި އެމީހާއާއި އެކު ތިބީ ދެމީހުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޕޮޒިޓިވްވެފައިވާ މީހާއަކީ އެރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ރަށުގައި އުޅުމަށްފަހު...

އަލީ އާދިލް
އިސްތިޢުފާ ނުދިނުމުން އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކޮށްފި

އިސްތިޢުފާ ނުދިނުމުން އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި ޢަލީ ވަޙީދު، އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވީނަމަވެސް، އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ޢަލީ ވަޙީދު މިއަދު ވަކިކުރައްވައިފިއެވެ. މިކަން ހާމަކުރައްވާ ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި މިއަދުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުންވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފައެވ...

ޔުމްނާ ޢަލީ
މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ށ. މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މާލެއިން ފުރައިގެން މާއުނގޫދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖުލައި މަހު 08 ވަނަ ދުވަހު ހިންގި އެ އޮޕ...

އަލީ އާދިލް
ހޮޅުދޫން މަސްތުވާތަކެއްޗާއެކު 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ހޮޅުދޫން މަސްތުވާތަކެއްޗާއެކު 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިއަަދު ބުނެފައިވަނީ ހޮޅުދޫ ބޭރުން މޫދަށް ޑިންގީއަކުން އެއްލި ފުޅިއެއް ބަލައި މީހަކު ފަތާފައި ދިޔަކަމުގެ މައުލޫމާތު ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ފުލުހުން ބުނެފައިވަނީ އޭނާ އެއްގަމަށް އެ...

ޔުމްނާ ޢަލީ
ނުރައްކާތެރި "އޯޕަން ބްރެއިން" ސާޖަރީއަށް ފަހު، ޑރ. އަލީ ނިޔާފް ޚާއްސަވެގެންދިޔަގޮތާއި އެ ތަޖުރިބާ!

ނުރައްކާތެރި "އޯޕަން ބްރެއިން" ސާޖަރީއަށް ފަހު، ޑރ. އަލީ ނިޔާފް ޚާއްސަވެގެންދިޔަގޮތާއި އެ ތަޖުރިބާ!

“މަރުޙަބާ ޑރ އަލީ ނިޔާފް: ކާމިޔާބުކަމާއި އެކު 1000 މޭޖަރ ސާޖަރީ!” މި ސުރުހީގެ ދަށުން މީގެ 4 ދުވަސް ކުރިން “ތިލަދުން” އިން ގެނެސްދިން މިޚަބަރާއި އެކު ވަރަށް ގިނަ  ޑރ ނިޔާފްގެ މިކާމިޔާބީއަށް މަރުޙަބާ ދަންނަވަމުންދިޔައެވެ. އަދި ޑރ ނިޔާފް ގެ ހިތްހެޔޮ ކަމާއި އޯގަތެރިކަމުގެ ވާހަކަ ގިނަ ބަޔަކު ބަނޑުންކޮށްލިއެވެ. މިވާހަކަތަކުގެ ތެރެއިންވެސް އެންމެ އަސަރުގަދަ ވާހަކަ އަކަށް ފެނިގެން ދިޔައީ ފޭސްބުކްގައި ވަރަށް އަގުހުރި ލިއުންތަކެއް ލިޔަމުން އަންނަ “އަހުނާ” ގެ […]

އަލީ އާދިލް
ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ކޮންމެ ދުވަހަކު ވުޒާރާއަކަށް!

ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ކޮންމެ ދުވަހަކު ވުޒާރާއަކަށް!

ރައްޔިތުންގެ މަޖިލީހުގެ ތިލަދުންމަތީ އުތުރުބުރި ތަމްސީލު ކުރައްވާ މެމްބަރުން ސަރުކާރު ވުޒާރާތަކާއި އެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ތިލަދުންމަތީގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ފުރުޞަތުތައް ފަހިކުރުމާ ބެހޭ ގޮތުން އިއްޔެވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލާ ޒަހާ ވަޙީދުއާ އެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުންތަކާއި ބެހޭގޮތުން ދާއިރާގެ މެންބަރ އަބްދުﷲ ވަހީދުބުނެފައިވަނީ މި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ހެޔޮ ނަތީޖާ...

ޔުމްނާ ޢަލީ
ހަނިމާދޫ މަގުހެދުން: މިވަގުތު އިސްލާހު ނުކޮށްފިނަމަ މުސްތަޤުބަލުގައި އިތުރު ތުރާލެއް!

ހަނިމާދޫ މަގުހެދުން: މިވަގުތު އިސްލާހު ނުކޮށްފިނަމަ މުސްތަޤުބަލުގައި އިތުރު ތުރާލެއް!

ޤައުމުގައި އޮންނާނީ ދެފަޅިއެވެ. އެއްފަޅިއަކީ ސަރުކާރު ފަޅިއެވެ. އަނެއްފަޅިއަކީ ސަރުކާރާއި އިދިކޮޅުފަޅިއެވެ. އެ ދޭތެރޭގެ މެދެއް ނޯންނާނެއެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ކޮންމެ ކަމަކީ، އެކަމަކީ އަދި އެންމެ ރަނގަޅު ކަމެއް ނޫންކަމުގައި ވިޔަސް، އަދި އެކަން ހަމައެދަނީ އެންމެ ރަނގަޅަށް ނޫންކަން އެނގިތިބެމެ، އެކަން އެ އޮތީ ހަމަ އެންމެ ރަނގަޅަށޭ ބުނެ ބަހަނާވެސް ދައްކާނެއެވެ. މިއީ ސަރުކާރަށް ތާއީދުކުރާ މީހުންގެ ގޮތެވެ. ދެންއޮތީ އިދިކޮޅެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ފައިދާ...

އިބްރާހިމް ޚަލީލް
ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި

ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި

ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ލެޕްރޮޓޮމީ އޮޕަރޭޝަނެއް ކޮށްފިކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ލެޕްރޮޓޮމީ އޮޕަރޭޝަނެއް، އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ކަމާއި އެކު ކޮށްފިކަމަށެވެ. މި އޮޕަރޭޝަނުގައި އަންހެނެއްގެ ބަނޑުގެ ތިރިން ކަފާލައި އޯވަރީ އަށް ދިމާވެފައިވާ މައްސަލަ ރަނގަޅުކޮށް އަލުން އޯވަރީ އޭގެ މަހައްލަށް ރުޖޫއަކޮށްފައި ވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ވަނީ މި ކާމިޔާބީ ފާހަގަކޮށް އެކަމުގައި ބައިވެރިވި...

ޝިއުނާ އާދަމް
ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި

ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމުގައިވާ ހދ.ނޭކުރެންދޫ ކަނޑޫފަލުން ގިނައަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ އެ ކަނޑޫފާއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީ މަޝްވަރާ ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރާއީ މިރޭ ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި އަދި އެންވަޔަރމެންޓް މިނިސްޓަރ އަދި ފިޝަރީޒް އެންޑް އ...

އިބްރާހިމް ޚަލީލް
ލިޔުންތެރިންގެ މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ: މިނިސްޓަރު ޔުމްނާ‎

ލިޔުންތެރިންގެ މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ: މިނިސްޓަރު ޔުމްނާ‎

‏ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. 2020 ވަނަ އަހަރުގެ ލިޔުންތެރިންގެ ދުވަހާއި ގުޅިގެން އެކަމަނާ ވަނީ ވިދާޅުވީ މިއަދު ފާހަގަ ކުރެވޭ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެކިއެކި ބާވަތުގެ ލިޔުންތައް ލިޔުއްވާ އެންމެހައި ލިޔުންތެރިންނަށް ދަންނަވަނަވާ ކަމަށެވެ. އަދި ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމ...

ޝިއުނާ އާދަމް
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިރޭ ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނަ ކޮށްފައިވާ ކަމުގެ މައްސަލަ އެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންކަމަށެވެ. ފުލުހުންބުނީ ތަހުގީގު ކުރެވެމުން ދަނީ ޖިންސީ ގޯނާގެ ތުހުމަތުގައ ކަމަށެވެ. ހުށަހެޅިފައިވާ އަޚްލާގީ މައްސަލަތަކަކާއި ގުޅޭ ޝަކުވާ ތަކަކާއި ގުޅިގެން، ޓޫރިޒަމް މިނ...

ޔުމްނާ ޢަލީ
އަވަސް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިޔާއަށް ދިއުމުގެ ފުރުޞަތު ހުޅުވާލައިފި

އަވަސް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިޔާއަށް ދިއުމުގެ ފުރުޞަތު ހުޅުވާލައިފި

އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެޤައުމަށް ދިޔުމުގެ ފުރުސަތު ދިވެހި ސަރުކާރުން ހުޅުވާލައިފިއެވެ. ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދުމަށް ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް މެއިލް ކުރެއްވުމަށާއި އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 7983400 ގުޅުއްވުމުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިލައްވައެވެ. މިއީ ރާއްޖެއިން ލިބެން ނެތް، “ކްރިޓިކަލް” ފަރުވާ ހޯދާ ފަރާތްތަކަށް ޚާ...

އިބްރާހިމް ޚަލީލް
ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާދޭން އަންގައިފި

ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާދޭން އަންގައިފި

ހުށަހެޅިފައިވާ އަޚްލާގީ މައްސަލަތަކަކާއި ގުޅޭ ޝަކުވާ ތަކަކާއި ގުޅިގެން، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާ ދެއްވަން ރައީސް ޞާލިޙް އަންގަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ޞާލިޙަށާއި، ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ވާކަމަށެވެ. އެ މައްސަލައާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު...

ޔުމްނާ ޢަލީ
އަލްއިޞްލާޙު: ދިވެހި ލިޔުންތެރިކަމުގެ ފެށުން

އަލްއިޞްލާޙު: ދިވެހި ލިޔުންތެރިކަމުގެ ފެށުން

އަލްއިޞްލާޙަކީ ޢަރަބި ނަމެކެވެ. އެ ނަން ލިޔެފައިވަނީ ވެސް ޢަރަބި އަކުރުންނެވެ. މަޖައްލާގެ ބޭރުގަނޑުގަނޑާ ޖެހިގެން އޮތް ގަނޑުގައި ތާނައިން ލިޔެފައިވާ ލިޔުންތަކަށް ވުރެ ގިނައީ ޢަރަބިން ލިޔެފައިވާ ލިޔުމެވެ. އެކަމުން ދޭހަކޮށްދެނީ އެ ޒަމާނުގައި ޢަރަބި ބަހުގެ ނުފޫޒު ދިވެހިބަހުގެ މައްޗަށް އޮތް މިންވަރެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ނެރުނު މަޖައްލާއެވެ. ނޫހެއްގައި ހުންނަ އެތެރޭގެ ސިފަތައް އެ މަޖައްލާއިން ފެނެއެވެ. އެހެންވީމާ އެއީ ހަމަ ރަނގަޅަށް ވެސް ނޫސް މަޖައްލާއެކެވެ. މި ޒަމާނުގައި މިކިޔާ […]

ޢަބްދުﷲ ސަޢީދު
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރަން ފަށައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރަން ފަށައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރަން ފަށައިފިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށް ހަމަޖެހިފައިވަނީ  ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯގެ އެހީގައި ސަރުކާރުން ރާއްޖޭގެ 6 ސަރަޙައްދެއްގައި މި ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރާ މަސައްކަތުގެ ދަށުން ހަދިޔާ ކޮށްފައިވާ ޖީން އެކްސްޕަރޓް ކާޓްރިޖް މެޝިން މެދުވެރިކޮންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެހޮސްޕިޓަލުންވަނީ ޓްރައަލް ޓެސްޓްތައް ހެދުމުގެ މަސައްކަތް ނިން...

ޔުމްނާ ޢަލީ