މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1878 ވަނަ ޞަފްޙާ

ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަންކަން ހާމަކޮށްފި

ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަންކަން ހާމަކޮށްފި

ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ކޯވިޑް-19 އާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލިފެތުރޭކަން ކަށަވަރު ކުރެވިފައި ނުވާތީ، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާ ކަންކަން ހާމަ ކުރަށްވާ ކަމަށެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް...

ޝިއުނާ އާދަމް
އެމްޓީސީސީން ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

އެމްޓީސީސީން ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް، އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްގީކުރަން ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީ މި މަހުގެ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް 24 އޯގަސްޓް 2020 ގައި ފެށިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. […]

އަޙްމަދު ވަހީދު
އައްޑޫ ޒުވާނުންތަކެއް އަސްތަކެއް ގެންނަނީ

އައްޑޫ ޒުވާނުންތަކެއް އަސްތަކެއް ގެންނަނީ

އައްޑޫ ސިޓީއަށް ފަސް އަސް ގެންދަން ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ޖަލްސާ ސައިގެ ވަގުތަށް މެދުކަނޑާކޮށްލެއްވުމުގެ ކުރިން، ނަޝީދު ވިދާޅުވީ އައްޑޫއަށް 5 އަސް ގެންދަން ހުއްދަ ދިނުމުގެ ހުރިހާ ސެޓްފިކެޓުތަކެއް އެގްރިކަލްޗާ މިނިސްޓްރީން މިހާރު ހަދާ ނިންމާފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އައްޑޫސިޓީގެ ޒުވާނަކު ފަސްހާސް އަސް އެ ސިޓީއަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. “އެ ކުދިން އެ މަޝްރޫއުއާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު […]

އިބްރާހިމް އަސްވާޤް
ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ)

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ)

ހއ. ދިއްދޫ އަންޑާޕޫލުގޭ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) އަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ، ތެދުވެރި، އިޚްލާޞްތެރި ބޭފުޅެކެވެ. ޙަކީމްބެ އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ތިލަދުންމަތި ދެބައިކުރެއްވުމުގެ ކުރިން ހ.އަތޮޅު ނޮޅިވަރަންފަރުގައި ހުރި ތިލަދުންމަތީ އަތޮޅު އޮފީހުގައެވެ. އެއިރު ޙަކީމްބެއަކީ އެ އޮފީހުގެ ކާތިބެކެވެ. 21 މެއި 1958 (02 ޛުލްޙިއްޖާ 1377) ވީ ބުދަ ދުވަހު ތިލަދުންމަތި ދެބައި ކުރައްވައި، ތިލަދުންމަތީ އުތުރުބުރީގެ އ...

އަބްދުﷲ ނަޢީމް
ކޯވިޑާއިއެކު އުޅެން ދަސްކުރަން ދިރާސާއެއް ހެދުމަށް ގިނަބަޔަކު އެއްތަނަކަށް ޖަމާވެއްޖެ

ކޯވިޑާއިއެކު އުޅެން ދަސްކުރަން ދިރާސާއެއް ހެދުމަށް ގިނަބަޔަކު އެއްތަނަކަށް ޖަމާވެއްޖެ

ކުރީގެ ނޯރމަލް ދިރިއުޅުމަށް އަނބުރާ ދެވޭނެތޯ ބެލުމަށާއި، ވައިރަސްއާއި އެކު ދިރިއުޅެން ދަސްކުރުމުގެ ބޭނުމަށް ޖަރުމަނުގެ ލީޕްޒިގްގައި ބަޔަކު އިންޑޯ ކޮންސަރޓެއް ބާއްވައި، އެތައްބަޔަކު އެތަނަށް ޖަމާވެއްޖެއެވެ. މި އެއްވުމަކީ ޖަރމުނުގައި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ސައިންސް ދިރާސާއެއްގެ ގޮތުގައި ޝޯއެއް ބޭއްވުމުގެ ފުރުސަތު ދިނުމުން ބޭއްވި އެއްވުމެކެވެ. މި ގޮތުން ބޭއްވުނު ޝޯގައި އަނދިރީގައި ދިއްލޭ (ގްލޯއިންދަޑާރކް) ހޭންޑް ސެނިޓައިޒަރ އަދި އިލެކްޓްރޯނިކް ޓްރެކަރ ވަނި ބޭނުންކޮށްފައެވެ. ޖަރުމަނުގައި މ...

އައިމިނަތު ޔުމްނާ
މުސީބާތާއި ކުރިމަތި ވުމަކީވެސް އިމްތިހާނެއް

މުސީބާތާއި ކުރިމަތި ވުމަކީވެސް އިމްތިހާނެއް

ރަނގަޅަށް އުޅޭމީހުންނަށް މުސީބާތް ކުރިމަތިވަނީ ކީއްވެތޯއާއި އަދި ގޯސްކޮށްއުޅޭ މީހުންނަށް ރަނގަޅުގޮތް މެދުވެރިވަނީ ކީއްވެތޯ މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އޭނާ އަކީ މާތްﷲ އެންގެވިމަގަށް އުޅޭ މީހެއް ނޫން ނަމަވެސް އޭނާ މާމުއްސަންދީ ކީއްވެތޯއާއި، އަދި ވިޔާނުދާކޮށް އުޅޭ މީހުން ދިރިއުޅުން އުފާވެރިކަމާއި މެދު ވެސް ބައެއް މީހުންގެ ހިތުގައި ސުވާލު އުފަށްދައެވެ. މިއީ އިންސާނުންގެ ހިތުގައި މަދުން ނަމަވެސް އުފެދޭ ބައެއް ސުވާލުތަކެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވަނީ […]

އައިމިނަތު ޔުމްނާ
ރައީސް ޞާލިހެކޭ ފޮޓޯ ލޯގަނޑެކޭ ތަފާތެއްނެތް: މުޙައްމަދު އިސްމާޢީލް

ރައީސް ޞާލިހެކޭ ފޮޓޯ ލޯގަނޑެކޭ ތަފާތެއްނެތް: މުޙައްމަދު އިސްމާޢީލް

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެކޭ، ފޮޓޯ ލޯގަނޑެކޭ ތަފާތެއް ނެތްކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ޗެނަލް13 އިން ގެނެސްދިން ނިއުސް ޓޯކް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުރިމަތީގައި ފޮޓޯ ފްރޭމެއް ބަހައްޓަވަމުން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙެކޭ އޭނާ ކުރިމަތީ ހުރި ފޮޓޯ ލޯގަނޑެކޭ އެއްވެސް ތަފާތެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތީ ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާ ކުރާނެކަމަށް ކަމަށް ވަޢުދުވެ ވަޑައި...

އަލީ އާދިލް
ސިޔާސީ ފިކުރުގެ ތަފާތުތަކުން އަރައިގަތުން… (2)

ސިޔާސީ ފިކުރުގެ ތަފާތުތަކުން އަރައިގަތުން… (2)

ސިޔާސީ ޕާޓީތަކުގެ ބޭނުން: ސިޔާސީ ޕާޓީތައް ވުޖޫދަށް އައިފަހުން އުފެދުނު ހުރިހާ “ޒުވާބެއްގެ” %90 ފެށިގެން އައީ ސިޔާސީ ފިކުރުގެ ތެރެއިން ކަމުގައި ވިޔަސް، ސިޔާސީ ޕާޓީތަކުގެ ބޭނުންތެރިކަން އެނޫންގޮތްގޮތުންވެސް ރައްޔިތުންނަށް ހިފެއެވެ. މީގެތެރޭގައި، މުހިންމު ކަންކަމުގައި ގޮތެއް ކަނޑައެޅުމަށް ނުވަތަ ނިންމުމަށް ސިޔާސީ ޕާޓީތަކުން އެހީތެރިވެދިނުން ހިމެނެއެވެ. މިގޮތުން، ފިކުރު އެއްގޮތް މީހުންގެ މެދުން މަގުބޫލުމީހުން ހޮވާ، އެމީހުން އިންތިޚާބުކޮށް، އެމީހުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓ...

މުޙައްމަދު ޝިހާބް
ޗެމްޕިއަންސް ލީގުގެ ތަށި ބަޔާން މިއުނިކުން އުފުލާލައިފި

ޗެމްޕިއަންސް ލީގުގެ ތަށި ބަޔާން މިއުނިކުން އުފުލާލައިފި

ޔޫރަޕުގެ އެންމެ ޝަރަފްވެރި އެއް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާން މިއުނިކުން ހޯދައިފިއެވެ. ރޭ ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުޅުނު މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުން މޮޅުވެ މުބާރާތުގެ ތަށި ބަޔާން މިއުނިކުން ހޯދާފައި ވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ […]

އިބްރާހިމް ޚަލީލް
ތިޔަ އުޅެނީ މުޒާހަރާގެ ނަމުގައި ރާއްޖެއަށް ވައިރަސް ފަތުރާނެ ގޮތެއް ހޯދަން: މޫކޭ

ތިޔަ އުޅެނީ މުޒާހަރާގެ ނަމުގައި ރާއްޖެއަށް ވައިރަސް ފަތުރާނެ ގޮތެއް ހޯދަން: މޫކޭ

މިހާރުގެ އިދިކޮޅު ފަރާތްތައް ވެރިކަމުގައި އޮތްއިރު ކަންކުރި ގޮތަށް ބަލާއިރު، އިދިކޮޅުން މިހާރު އުޅެނީ މުޒާހަރާގެ ނަމުގައި މުޅި ރާއްޖެއަށް ކޯވިޑް ވައިރަސް ފަތުރާނެ ގޮތެއް ހޯދަން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ “ރާއްޖެ ވިއްކާލުމަށް ދެކޮޅަށް” ލިޔުއްވައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ކުރަށްވާފައިވާ ޓުވީޓަކަށް ރަށްދު ދެއްވަމުން ނެވެ...

އަލީ އާދިލް
މިމަސައްކަތުގައި ތިބި ގިބަޔަކު ވަނީ ވަރުބަލިވެފައި: ޑރ. ލަޠީފް

މިމަސައްކަތުގައި ތިބި ގިބަޔަކު ވަނީ ވަރުބަލިވެފައި: ޑރ. ލަޠީފް

ކޯވިޑް-19 ގެ މަސައްކަތުގައި އެތައް މަހެއް ހޭދަވެފައިވާއިރު، ހެލްތު ސެކްޓަރއާއި، އެ މަސައްކަތުގައި ތިބި ގިނަ މީހުން މިހާރު ވަނީ ވަރުބަލިވެފައި ކަމަށް ޑރ. ޢަލީ ލަޠީފް ވިދާޅުވެއްޖެއެވެ. އެޗްއީއޯސީގައި ޓެގް ޓީމުގެ ފަރާތުން މިރޭ ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަޠީފް ވިދާޅުވީ ފްރޮންޓްލައިން ގިނަ ބަޔަކު ވަރުބަލި ވުމުގެ އިތުރަށް ގިނަ ޢަދަދެއްގެ ފްރޮންޓްލައިން ހަރަކާތްތެރީން ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ޑރ. ލަޠީފް ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިބަލީގައި ގިނަ […]

ޝިއުނާ އާދަމް
ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް 19:30 އިން ފެށިގެން ބަންދުވާނެ: ވެމްކޯ

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް 19:30 އިން ފެށިގެން ބަންދުވާނެ: ވެމްކޯ

‏މާލެ ސިޓީގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން އެޗްޕީއޭއިން މަނާކޮށްފައި ވާތީ އެ ސަރަހައްދުގައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ރޭގަނޑު 19:30 އިން ފެށިގެން ބަންދުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން ބުނީ ފުރަމާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރެވިފައިވުމުން، މި ސަރަހައްދުގައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް 19:30 އިން […]

އަޙްމަދު ވަހީދު
އިތުރު ފުރަބަންދަކަށް ނުގޮސްވާނެ ގޮތެއް އެންމެން ގުޅިގެން ހޯދަން ޖެހޭ: ނިހާދު

އިތުރު ފުރަބަންދަކަށް ނުގޮސްވާނެ ގޮތެއް އެންމެން ގުޅިގެން ހޯދަން ޖެހޭ: ނިހާދު

އިތުރު ފުރަބަންދަކަށް ނުގޮސް ވާނެ ހުރިހާ ގޮތެއް އެންމެން ގުޅިގެން ހޯދަން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. މެމްބަރު ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޮކްޑައުން އަކަށް ދާކަށް ބޭނުމެއް ނޫން ކަމަށެވެ. އިތުރު ފުރަބަންދަކަށް ނުގޮސް ވާނެ ހުރިހާ ގޮތެއް އެންމެން ގުޅިގެން ހޯދަން ޖެހޭ ކަމަށާއި، ފުރަބަންދު ވުމަކީ ލިބޭ ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ ފުރަތަމަ ފުރަބަންދުގެ ގެއްލުންވެސް އިންތިހާއަށް […]

އަލީ އާދިލް
މާލެ ސިޓީ ފިޔަވައި މީހުން އުޅޭ ރަށްތަކުގައި މުޒާހަރާ ކުރަން އިދިކޮޅުން ނުކުންނަނީ

މާލެ ސިޓީ ފިޔަވައި މީހުން އުޅޭ ރަށްތަކުގައި މުޒާހަރާ ކުރަން އިދިކޮޅުން ނުކުންނަނީ

މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން އިދިކޮޅުން ނިންމައިިި، އެކަން މިއަދު ޢިއުލާން ކޮށްފިއެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ހަވީރު މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން “ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ” މިނަމުގައި ބާއްވާ އެ […]

އަޙްމަދު ވަހީދު
ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ޒުވާނުންނަށް

ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ޒުވާނުންނަށް

ދިވެހިރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ބާރު އޮތީ ޒުވާނުންގެ އަތްމަތީގައެވެ. މިއީ ޒުވާނުން މި ޤައުމަށް ޓަކައި ޤުރުބާންވާންޖެހޭ ވަގުތެވެ. ޒުވާނުންގެ އުޅުމާއި އަޚުލާޤުންނެވެ. އަމިއްލަ މަސްލަހަތުގެ ކުރިއަށް ޤައުމު އިސްކޮށްގެންނެވެ. އަމިއްލަ އެދުންތަކަށްވުރެ ޤައުމާއި ރައްޔިތުން ކުރިއަށް ނެރެގެންނެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ 90 އިންސައްތައަކީ ޒުވާނުންނާއި މެދުއުމުރުފުރައިގެ މީހުންނެވެ. މި ބަލި އެއްގެއިން އަނެއް ގެއަށް އެއް ރަށުން އަނެއް ރަށަށް ދަނީ މި މީހުންނާއެކުގައެވެ. ޒުވާނުންގެ ވިސް...

ޢަބްދުﷲ ސަޢީދު
ނަޒާހަތްތެރި މަޖިލީހަކުން މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަކަށް ނަހަދާނެ: ޢަލީ

ނަޒާހަތްތެރި މަޖިލީހަކުން މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަކަށް ނަހަދާނެ: ޢަލީ

މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ހެދުމަކީ ނަޒާހަތްތެރި މަޖިލީހަކުން ފާސްކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުގެ އިތުރުން މަޝްހޫރު ޤާނޫނު ވަކީލު ޢަލީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޢަލީ ވިދާޅުވީ މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ގާނޫނުތަކަށް ގެންނަން ހުށަހަޅާ ފައިވާ ބަދަލުތަކަކީ ނަޒާހަތްތެރި މަޖިލީހަކުން ފާސްކުރާ ކަހަލަ ކަންކަމެއް ނޫން ކަމ...

އަލީ އާދިލް
190 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

190 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި 190.15 ކިލޯ ގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ މިތަކެތި ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ދޫނިދޫގައި ކަމަށެވެ.  މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ  އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެ...

އިބްރާހިމް އަސްވާޤް
ހަތަރު ރަށެއްގެ ފަތާ ޓްރެކްގެ މަސައްކަތް ނިންމާލައިފި

ހަތަރު ރަށެއްގެ ފަތާ ޓްރެކްގެ މަސައްކަތް ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ރާއްޖޭގެ އެކި ރައްތަކުގައި އަޅަމުންދާ ފަތާ ޓްރެކްތަކުގެ ތެރެއިން ހަތަރު ރަށެއްގެ ފަތާ ޓްރެކްގެ މަސައްކަތް ނިންމާލައިފިއެވެ. ރާއްޖޭގައި ކުޅަދާނަ ފެތުންތެރިން އުފައްދައި އަދި ފެތުމަށް ލޯބިކުރާ ފަރާތްތަކަށް އެކަން ކުރުމަށް އެކަށޭނަ މާހައުލެއް ޤާއިމް ކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ތެރެއިން ހދ.ކުޅުދުއްފުށި، ހއ.ދިއްދޫ، ސ.މީދޫ އަދި ސ.ފޭދޫގެ ފަތާޓްރެކްގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް ޔޫތު މިންސްޓްރީން މަޢުލޫމާތު...

އިބްރާހިމް ޚަލީލް