އެމްޑީއެންގެ ތަޙްޤީޤު ނުނިމޭތީ ދީނީ ވަޢުޛު ބުނުމުގެ ހުއްދަ ދެއްވާފައިވާ 20 ޝައިޙަކު ކަންބޮޑުވުންފާޅުކޮށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހީރު ޢަލީއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އިއްޔެ ފޮނުވި އެސިޓީގައި ބުނެފައިވަނީ، 19 ޑިސެމްބަރ 2019 ގައި މިނިސްޓްރީ އޮފް ޔޫތުއިން އެޖަމްޢިއްޔާގެ ނަން ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނިކޮށް އުވާލިފަހުން 365 ދުވަސް ފާއިތުވިއިރުވެސް އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި މެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނިންމިކަމެއް ޕޮލިހުން ހާމަކޮށްފައެއް ނުވާކަމަށާއި އަދި މިކަމުގެ މަޢުލޫމާތުވެސް އެއްވެސް ފަރާތަކަށް ހިއްސާކޮށްފައެއްވެސް ނުވާކަމަށެވެ.

Ad
rt

މިކަމަކީ ކޮންމެ މުސްލިމް ރައްޔިތަކުވެސް އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެން -ދިވެހިރާއްޖޭގައި ދީނީ ވަޢުޛު ބުނުމުގެ ހުއްދަ ތިޔަ މިނިސްޓްރީއިން ދެއްވާފައިވާ ފަރާތްތަކުގެ ހައިޘިއްޔަތުން- ނުހަނު ކަންބޮޑުވާ ކަމެއް

މިމައްސަލައިގެ ތަޙްޤީޤު ގޮސްފައިވާ ހިސާބެއް ފުލުހުންގެ ކިބައިން ބައްލަވާ ހާމަކޮށްދެއްވުމަށް އެދި އެސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެސިޓީގައި ބުނެފައިވަނީ، އެމް.ޑީ.އެން އޭ ކިޔާ މަދަނީ ޖަމްޢިއްޔާއަކުން އިސްލާމްދީނާ ޚިލާފަށް އެކުލަވާލާފައިވާ ރިޕޯޓެއްގެ މައްސަލަ 2019 ވަނަ އަހަރު ފަހުކޮޅު ފެންމަތިވެ މުޅި ރާޢްޖޭގެ ސަމާލުކަމަށް އައުމުން މިމައްސަލަ އިސްލާމިކް މިނިސްޓްރީއިން ވަނީ، ބަލައި ތަޙްޤީޤުކުރުމަށް ޕޮލިހަށް ހުށައަޅުއްވާފަކަމަށެވެ.

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އޮތް ޤައުމެކެވެ. މިއީ ﷲތަޢާލާ މިވަޠަނަށް ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތެއްކަމަށާއި މިނިޢުމަތް ނިގުޅައިގަތުމަށް ދީނުގެ ޢަދާވާތްތެރިން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މިޤައުމު އަޅުވެތިކުރުމާއި މިޤައުމުގެ ދަރިންގެ ހިތުގައި ދީނާއި މެދު ޝައްކުތައް އުފެއްދުމާއި މިފަދަ އެތައްކަމެއް ކުރަމުން ދާކަމަށާއި މިކަންތައްތައް ކުރަނީ ތަފާތު އެކި ނަންނަމުގައިކަމަށް ސިޓީގައި ބުނެފައިވެއެވެ.

އެގޮތުން ބައެއް ފަހަރު ދިވެހިންގެ ތެރޭގައި ދީނުގެ ޢިލްމާއި މަޢުރިފާ ރަނގަޅަށް ލިބިފައި ނެތް ބައެއް ޒުވާނުން ލައްވާ އެކިއެކި ޙައްޤުތަކުގެ ނަމުގައި ލާދީނީ ތަފާތު ފިކުރުތައް ފަތުރަން މަސައްކަތް ކުރާކަމީ މިއަދު އިންކާރު ކުރެވެން ނެތް ޙަޤީޤަތެއް

ސިޓީގައި ވެއެވެ.

ދީނީ ވަޢުޛު ބުނުމުގެ ހުއްދަ ދެއްވާފައިވާ 20 ޝައިޙުންގެ ފަރާތުން މިސިޓީގައި ސޮއިކޮށްފައިވަނީ އާދަމް ނިޝާން ބިން ޢަލީ އާދަމް އެވެ.

އިތުރަށް ހިމެނޭ ޝައިހުންނަކީ، އައްޝައިޚް ޙަސަން މޫސާ ފިކުރީ، އައްޝައިޚް މުޖްތަބާ ޙަމީދް، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް ޢާޞިފް މޫސާ އިބްރާހިމް، އައްޝައިޚް މުޙައްމަދު ޝަމްޢޫން، އައްޝައިޚް ޢަބްދުﷲ ސަޢްދާން، އައްޝައިޚް އަޙްމަދު މިޙްޞަން، އައްޝައިޚް އާދަމް ޛަބީޙް، އައްޝައިޚް މުޙައްމަދު ޙަލީމް، އައްޝައިޚް މުޙައްމަދު ޢައްލާމް ނަޢީމް، އައްޝައިޚް އަޙްމަދު މާޖިދް، އައްޝައިޚް މުޙައްމަދު ޣާލިބް، އައްޝައިޚް އިބްރާހިމް ރާފިޢު، އައްޝައިޚް މުޙައްމަދު ޠާހާ، އައްޝައިޚް ސާޖިދް މުޙައްމަދު، އައްޝައިޚް ޙަސަން ފައިޞަލް، އައްޝައިޚް އުޘްމާން އިދްރީސް، އައްޝައިޚް އަޙްމަދު ޚާލިދް އަދި އައްޝައިޚް ޢަބްދުﷲ ޝަހީދު އެވެ.