މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,408 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1760 ވަނަ ޞަފްޙާ

މޯލްޑިވިއަން އިން ކޮޗިންއަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ކޮޗިންއަށް ދަތުރުތައް ފަށަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން މިއަދު ބުނީ ކޮޗިން އާއި މާލެ އާއި ދެމެދު ކުރާ ދަތުރުތައް ހަފްތާ އަކު ތިން ދުވަހު ބާއްވާނެ ކަމަށެވެ. އެ ތިން ދުވަހަކީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. އަދި ބެގެޖް އެލަވެންސަށް 30 ކިލޯ ލިބޭނެ ކަމަށް ވެސް […]

ޙުސައިން ޝަހުދީ
ނޫސްވެރިންގެ ކަންބޮޑުވުންތަކާއިއެކު ހެލްތު މިނިސްޓަރާއި ބައްދަލުކުރަން އެމްއެމްސީން އެދިއްޖެ

ނޫސްވެރިންގެ ކަންބޮޑުވުންތަކާއިއެކު ހެލްތު މިނިސްޓަރާއި ބައްދަލުކުރަން އެމްއެމްސީން އެދިއްޖެ

ނޫސްވެރިންގެ ކަންބޮޑުވުންތަކާއިއެކު ހެލްތު މިނިސްޓަރާއި ބައްދަލުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެދިއްޖެއެވެ. އެމްއެމްސީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ބާއްވާ އެކިއެކި އިވެންޓުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް މީޑިއާތަކަށް ދަޢުވަތު ދިނުމާއި އެ އިވެންޓްތަކާއި ގުޅިގެން ނޫސްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި، އެކިއެކި މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އަދި އެކަން ހައްލު...

އަޙްމަދު ވަހީދު
މިމަހުގެ ނިޔަލަށް އަހަރީ ރިޕޯޓު ހުށަނާޅާ ޓްރެވަލް އެޖެންސީތައް އުވާލަނީ

މިމަހުގެ ނިޔަލަށް އަހަރީ ރިޕޯޓު ހުށަނާޅާ ޓްރެވަލް އެޖެންސީތައް އުވާލަނީ

ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުން މި ހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް، އެކުންފުނިތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް އަންގައިފި އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދު (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު)ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭކަމަށެވެ. މިއަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރެ...

އަލީ އާދިލް
އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް ހަޒް އިންވެސްޓްމަންޓް އަށް

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް ހަޒް އިންވެސްޓްމަންޓް އަށް

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށް ހަޒް އިންވެސްޓްމަންޓާއި މިއަދު ހަވާލުކޮށްފި އެވެ. މިގޮތުން އެ ޞިއްޙީމަރުކަޒުން ބުނީ އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ އެ މަރުކަޒަށް ގެނެސްފައިވާ ބެކްއަޕް ޖަނަރޭޓަރު ބެހެއްޓުމަށް އިމާރާތެއް ހެދުމާއި އަދި އިތުރު ލޯންޑަރީއެއް ހެދުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން އެ މަރުކަޒުގެ ކަރަންޓްވަޔަރިން ރަނގަޅުކުރުމުގެ މަސައްކަތުގެ އިތުރުން އެ މަރުކަޒުގެ ގުދަނާއި އައިސީޔޫގެ ބައެއް މަސައްކަތްތައް ވެސް އެ ކުންފުންޏާއި...

ޔުމްނާ ޢަލީ
އަނެއްކާ ވެސް އިންތިޚާބު ބާއްވަން ތާރީޚެއް

އަނެއްކާ ވެސް އިންތިޚާބު ބާއްވަން ތާރީޚެއް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. މިއަދު ކުރިއަށްދިޔަ އީސީގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމަށްޓަކައި، އިންތިހާބު ބާއްވާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލ...

އަޙްމަދު ވަހީދު
ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު 8 މީހަކަށް ދަޢުވާ ކުރަން ފޮނުވައިފި

ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު 8 މީހަކަށް ދަޢުވާ ކުރަން ފޮނުވައިފި

ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު އަށް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމުގައި ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ. ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާއި ގުޅިގެން ތ.ތިމަރަފުއްޓާއި މާލެއާއި އަދި ކަނޑުމަތީގައި ހިނގި ހާއްސަ އޮޕަރޭޝަންގައި 11 ނޮވެމްބަރ 2020 ގައި ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި އަށް މީހުންގެ ތެރެއިން 6 މީހެކެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ބަނދަރަށް ގޮހޮރުފަދަ ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާ ކުރަނީ

ހޯރަފުށީ ބަނދަރަށް ގޮހޮރުފަދަ ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާ ކުރަނީ

ހޯރަފުށީ ބަނދަރުގެ ފަޅުތެރެއަށް ގޮހޮރާއި އެނޫންވެސް ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާކުރާނެކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެބަނދަރުގެ ފަޅުތެރޭގެ ފެންގަނޑު ގަރަބުވެ ރަށުތެރެއަށާއި އެސަރަޙައްދުގައި ހުރި މުއައްސަސާތަކާއި މީހުން ދިރިއުޅޭ ގެތަކަށާއި އިޙްލާސް މިސްކިތަށް ނަމާދަށްދާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންއަންނަކަމަށެވެ. މިކަމަކީ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދުގައިވެސް މަނާކޮށްފައިވާ ކަމަކަށްވާއިރު އ...

ޔުމްނާ ޢަލީ
ރަށްތައް ފަޅުކުރަނީ ރަށްވެހިންތަ؟ މާލޭ ސަރުކާރުންތަ؟

ރަށްތައް ފަޅުކުރަނީ ރަށްވެހިންތަ؟ މާލޭ ސަރުކާރުންތަ؟

“އަހަރެން މާލޭގައި ދިރިއުޅެނީ އެ ނޫން ގޮތެއް ނެތީމައެވެ.” މިއީ ވަރަށް ގިނައިން އަޑު އިވޭ ޖުމްލައެކެވެ. ރަނގަޅު ވާހަކައެކެވެ. ޤަބޫލުވެސް ކުރަމެވެ. ނަމަވެސް އެންމެންގެ މިސްރާބު ހުރިހައި ގޮތަކުން ވެސް ބޮއްސުން ލާފައި އޮތް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފަރުދީ ގޮތެއްގައި މިވަނީ ވިސްނަން ޖެހިފައެވެ. މަސައްކަތް ކުރަން ޖެހިފައެވެ. ސިޔާސީ ހޮޅި ވަޢުދުތަކުން އުފެދިގެން އަންނަ ވެރިކަމުގެ ތެރެއިން ހައްލު ހޯދައިދޭނެ ކަމުގައި ޤަބޫލުކޮށްގެން މާލޭގައި ގަނޑަތެޅި އުމުރު ހުސްކޮށްލު...

އިބްރާހިމް ޚަލީލް
ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށް ދެމިގެންދާނެ: ފާރިސް އެޗް

ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށް ދެމިގެންދާނެ: ފާރިސް އެޗް

ކޯވިޑް19 ގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭކަމަށް ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވެއްޖެ އެވެ. ފާރިސް އެޗް މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް ދެމުންގެންދާ އެހީ ފުޅާކުރުމަށްޓަކައި އި...

އަލީ އާދިލް
އެއާޕޯޓް ވިޔަސް، ދެންހުރި ކަމެއްވިޔަސް މި ލިބެނީ ''ރާއްޖެ ޓީވީ'' ދާއިރާއަށް: އިންފާޒް

އެއާޕޯޓް ވިޔަސް، ދެންހުރި ކަމެއްވިޔަސް މި ލިބެނީ ''ރާއްޖެ ޓީވީ'' ދާއިރާއަށް: އިންފާޒް

އެއާޕޯޓް ވިޔަސް، ދެންހުރި ކަމެއްވިޔަސް މި ލިބެނީ ”ރާއްޖެ ޓީވީ” ދާއިރާއަށް ކަމަށް ވިދާޅުވެ، ހއ. ކެލާގައި ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުން ލަސްވާތީ، ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ، ހއ. އަތޮޅު ކައުންސިލް ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރަގީކޮށް ހިންގަން އެރަށުގެ ކައުންސިލުން 7 ބިމެއް ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ކެލާއަށް ނިސްބަތްވެ ވަޑައިގަންނަވާ އިންފާޒް ވިދާޅުވީ، ކެލާގައި ގެސްޓްހައުސް ތަރައ...

އަލީ އާދިލް
ވާލްޑް ބޭންކުން ރާއްޖޭގެ މަސައްކަތްތެރިންނަށް ދޭ އެހީ އިތުރުކޮށްފި

ވާލްޑް ބޭންކުން ރާއްޖޭގެ މަސައްކަތްތެރިންނަށް ދޭ އެހީ އިތުރުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް ދެމުންގެންދާ އެހީ ފުޅާކުރުމަށްޓަކައި އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކޮށްފި އެވެ. ވާލްޑް ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިތުރަށް ހަމަޖެއްސި މި ފައިސާ ހަރަދުކުރާނީ، 12.8 މިލިއަން ޑޮލަރުގެ ފައިސާއާ އެކު މިދިޔަ އަހަރުގެ ޖޫން މަހު ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ...

އަލީ އާދިލް
ފުރަތަމަ ފަހަރަށް ދިވެހި އަންހެން ސިފައިން އަސްކަރިއްޔާގެ އިސް ރޭންކަކަށް

ފުރަތަމަ ފަހަރަށް ދިވެހި އަންހެން ސިފައިން އަސްކަރިއްޔާގެ އިސް ރޭންކަކަށް

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓެނެންޓް ކާނަލްގެ މަޤާމަށް އަންހެން ސިފައިން ރޭންކްކޮށްފިއެވެ. މި އަންހެން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވަނީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރޭންކަށް 3 އަންހެން ބޭފުޅަކަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވާއިރު، މި ތިން ބޭފުޅުންނަކީ ވެސް ކުރިން މޭޖާ ރޭންކުގައި ތިއްބެވި ސިފައިންނެވެ. އެއީ މޭޖާ ހައްވާ ޝެނީން އާއި މޭޖާ ޑރ. ފާތިމަތު ތަހުސީނާ އާއި މޭޖާ ޑރ. އައިމިނަތު […]

ޝިއުނާ އާދަމް
ށ. ފޭދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރަނީ

ށ. ފޭދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރަނީ

ށ. ފޭދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރަން އެރަށުގެ ކައުންސިލުން ހުޅުވާލައިފި އެވެ. އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމައި، ފޭދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ދަނޑުވެރިކަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަށް އެރަށުން ދަނޑުބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން މިފަހަރު 2500 އަކަފޫޓުގެ 80 ބިން ދޫކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެފައި ވެއެވެ. މި ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 3 […]

ޙުސައިން ޝަހުދީ
އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ ސިފައިން އަބަދުވެސް އިސްކަންދެނީ ރައްޔިތުންނަށް: ރައީސް

އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ ސިފައިން އަބަދުވެސް އިސްކަންދެނީ ރައްޔިތުންނަށް: ރައީސް

ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް އިއްޔެ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ މައި މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިހާރު ދިވެހި ޢަސްކަރިއްޔާއަކީ، ކުރ...

ޔުމްނާ ޢަލީ
ޑުބާއީގެ ރެސްޓޯރެންޓްތަކުން ވެކްސިން ޖަހާފައިވާ މީހުންނަށް ޚާއްސަ ޑިސްކައުންޓްއެއް ދެނީ

ޑުބާއީގެ ރެސްޓޯރެންޓްތަކުން ވެކްސިން ޖަހާފައިވާ މީހުންނަށް ޚާއްސަ ޑިސްކައުންޓްއެއް ދެނީ

ގިނަ ޤައުމުތަކުގައި ކޯވިޑް-19ގެ ވެކްސިން ދެމުންއަންނަ އިރު، ޑުބާއީގެ ރެސްޓޯރެންޓް ތަކުން، ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްއެއް ދިނުމަށް ނިންމައިފިއެވެ. ޑުބާއީ އިން ކޯވިޑް-19 އާއި ދެކޮޅަށް ފުރަބަނދަކަށް ނުގޮސް މަސައްކަތްކުރަމުން އަންނަ އިރު، އެ ޤައުމުގައި ވެކްސިން ޖެހުމަށް ގިނަ ޢަދަދެއްގެ ކެމްޕޭން ތަކެއް އަންނަނީ ހިންގަމުންނެވެ. ޔޫއޭއީގައި މިހާތަނަށް 2.5 މިލިޔަން މީހުންނަށްވަނީ ވެކްސިން ދީފައެވެ. 10 މިލިޔަން މީހުންގެ ޢާބާދީއެއް އޮންނަ ޔޫއޭއީގައި ވެކްސިން ދެވިފައިވާ ރޭޓް އަކީ މ...

މުޙައްމަދު މާއިލް ހަސަން
ތަޖުރިބާ ހޯދަން ހޯރަފުށީ ކައުންސިލުން ފުނަދޫއަށް، ލިބުނީ ފުރިހަމަ މެހެމާންދާރީއެއް

ތަޖުރިބާ ހޯދަން ހޯރަފުށީ ކައުންސިލުން ފުނަދޫއަށް، ލިބުނީ ފުރިހަމަ މެހެމާންދާރީއެއް

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހއ. ހޯރަފުށީ ކައުންސިލުން، ށ. އަތޮޅުގެ ވެރިކަންކަންކުރާ ރަށް، ފުނަދޫއަށް ޒިޔާރަތްކޮށްފިއެވެ. ހޯރަފުށީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މިމަހުގެ 22 އިން 23 އަށް ފުނަދޫއަށް ކުރި މިދަތުރުގައި އެ ކައުންސިލްގެ އިދާރީ 13 މުވައްޒަފަކު ބައިވެރިވިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވީ، މިދަތުރު ކޮށްފައިވަނީ އެ ކައުންސިލާއި، ށ، ފުނަދޫ ކައުންސިލާއި ދެމެދު ވާހަކަ ދެކެވިގެން ކަމަށެވެ. އަދި ދަތުރުން ލިބިގެން ދިޔައީ ވަރަށް ފުރިހަމަ މެހެމާންދާރީއެއ...

ޙުސައިން ޝަހުދީ
ސީނިއަރ ހަތަރު އޮފިސަރެއް، ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް

ސީނިއަރ ހަތަރު އޮފިސަރެއް، ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް

ކާނަލް ރޭންކުގައި ތިއްބެވި ސިފައިންގެ ސީނިއަރ ހަތަރު އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ހަތަރު އޮފިސަރުންނަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. މިގޮތުން މަގާމްގެ ކުރިއެރުން ލިބުނު އޮފިސަރުންނަކީ، ކާނަލް ރޭންކުގައި ތިއްބެވި ސީނިއަރ ހަތަރު އޮފިސަރުންކަމުގައިވާ މުޙައްމަދު ޝަރީފްއާއި، އިސްމާޢީލް ޝަރީފްއާއި، ޢަބްދުﷲ ޒުހުރީ އަދި ޢަބްދުލް މަތީން އަ...

ޔުމްނާ ޢަލީ
ކައުންސިލްތައް ބާރުވެރިވާ މަންޒަރު ފެނުމަކީ ލިބޭ އުފަލެއް: މައުސޫމް

ކައުންސިލްތައް ބާރުވެރިވާ މަންޒަރު ފެނުމަކީ ލިބޭ އުފަލެއް: މައުސޫމް

ކައުންސިލްތައް ބާރުވެރިވާ ތަން ފެނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ހއ. ހޯރަފުށީން ފަތުފުރުވެރިކަމަށް ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބިންތަކެއް ބީލަމަށް ހުޅުވާލުމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ކުރެއްވި ޓުވީޓެއް ހިމަނުއްވާ، އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް ޞާލިޙަކީ ދުރުވިސްނޭ ހިކުމަތްތެރި ލީޑަރެއް ކަމަށާއި، އެމަނިކުފާނު ގެންދަވަނީ ކ...

ޝިއުނާ އާދަމް