އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށް ހަޒް އިންވެސްޓްމަންޓާއި މިއަދު ހަވާލުކޮށްފި އެވެ.

މިގޮތުން އެ ޞިއްޙީމަރުކަޒުން ބުނީ އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ އެ މަރުކަޒަށް ގެނެސްފައިވާ ބެކްއަޕް ޖަނަރޭޓަރު ބެހެއްޓުމަށް އިމާރާތެއް ހެދުމާއި އަދި އިތުރު ލޯންޑަރީއެއް ހެދުމުގެ މަސައްކަތް ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ މަރުކަޒުގެ ކަރަންޓްވަޔަރިން ރަނގަޅުކުރުމުގެ މަސައްކަތުގެ އިތުރުން އެ މަރުކަޒުގެ ގުދަނާއި އައިސީޔޫގެ ބައެއް މަސައްކަތްތައް ވެސް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށް އެ ސިއްހީ މަރުކަޒުން ބުނެއެވެ.

މިމަސައްކަތްތައް ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފައިވަނީ 22،1415 ރުފިޔާ އަށެވެ.

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށް މުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ވަނީ 11 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ޢިއުލާން ކޮށްފައެވެ.

ހއ. އިހަވަންދޫއަކީ އާބާދީގައި 3300 އަށްވުރެ ގިނަ މީހުން ހިމެނޭ، ސަރުކާރުން މިހާރުވެސް ތަރައްގީގެ މަޝްރޫޢުތަކެއް ހިންގަވަމުން ގެންދަވާ ރަށެކެވެ.