ހދ. ނެއްލައިދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަދި ކްރިއޭޓިވް ޕްރޮޑަކްޓްސް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އޮކްޓޫބަރ މަހުގެ 14 އިން 23 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ ބޮޑެތި މީހުންނަށާއި ސްކޫލް ކުދިންނަށް ވަކިންނެވެ. އެގޮތުން ބޮޑެތި މީހުންގެ ބައިގައި 38 ފަރާތަކުން ބައިވެރިވި އިރު، ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން ކު...
ފާތިމަތު ސަޙާ
ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތުކޮށް، މަކަރާއި ހީލަތުން 32،000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައިގެން އޮންލައިންކޮށް ފައިސާ އަތުލާފައިވާ ކަމަށް ބުނެ 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ ހ. ވެލަސްފަރުގެ / މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރ...
ޔުމްނާ ޢަލީ
އެމެރިކާއާއި އިސްރާއީލުން އީރާނާއި ދެކޮޅަށް އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދާޚިލީ އަދި ޚާރިޖީ ނުރައްކާތަކުން ދިފާއުވުމަށް އާންމުންނަށް ހަތިޔާރު އަޅުވައި، އަސްކަރީ ތަމްރީނު ދިނުމުގެ ބޮޑު ކެމްޕޭނަކަށް އީރާނުގައި ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. “ޖަންފަދާ” ނުވަތަ ފުރާނައިން ޤުރުބާންވާ މީހުންގެ ނަމުގައި ހިންގާ މި ކެމްޕޭނަކީ، އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމަ އެންމެ ވަރުގަދަވި މާރިޗު މަހުގެ ފަހުކޮޅު ފެށި، މިހާރު މުޅި ޤައުމަށް ފުޅާކޮށްފައިވާ ހަރަކާ...
ނާޒިމާ އަލީ
2 މިނިޓު
ށ. ފުނަދޫގައި މިއަދު ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށަށް މިވަގުތު ވެހެމުންދާ ވާރޭފެން ނުނެގުމަށާއި ވާރެޔާ ނުތެމުމަށް ފުނަދޫގައި ހުންނަ ށ.އަތޮޅު ހޮސްޕިޓަލުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. ފުނަދޫ ހޮސްޕިޓަލުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ރަށުގެ ވައިގެ ތެރެއަށް ބޯ ދުމާއި ތެލުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އެހެންކަމުން، މި ވަގުތު ރަށަށް ވެހެމުންދާ ވާރޭފެނުގައި ނުރައްކާތެރ...
ފާތިމަތު ސަޙާ
ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފޭދޫ ކައުންސިލް ކަޕްގެ ފައިނަލުގައި އެން ކްލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޑާކް ވުޑުން ހޯދައިފިއެވެ. ކްލަބް ޑާކް ވުޑުން މި މުބާރާތުގެ ތަށި އުފުލައިލީ ފައިނަލް މެޗުގައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެން ކްލަބް ބަލިކުރުމަށްފަހުގައެވެ. މި މެޗުން ބަލިވި އެން ކްލަބަކީ ވޭތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ޗެމްޕިއަންކަން ހޯދި […]
ޝިއުނާ އާދަމް
1 މިނިޓު
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން ދެއްވި އަވަސް އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީގައި ބޭބެއަށް މަރުގެ އިންޒާރު ދިން މީހަކު ތިން މަހަށް ޖަލަށްލާން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ކުޅުދުއްފުށްޓަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ޖުލައި މަހު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކައިރީގައި ފައިސާ ދޭން އެދުމުން ފައިސާ ނުދިނުމުން އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލާގަ އެވެ. އެ ހާދިސާ ހިނގުމާއެކު ފުލުހުން އެތަނަށް ދިއުމުން, ފުލުހުންގެ ކުރިމަތީގައި ވެސް އޭނާގެ ބޭބެއަށް މަރުގެ އިންޒާރު […]
ހުސައިން ހަބީބް
ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ” މާމަކުނުދޫ ޤުރުއާން މުބާރާތް 2026″ ގެ 1 ވަނަ އެ ރަށު ޑިޒާވް، މުޙައްމަދު އިބްރާހީމް ހޯދައިފިއެވެ. މި މުބާރާތުގެ 1 ވަނައަށް، މީޤާތު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ހުށަހެޅި ޢުމްރާ ދަތުރާއި، މަކުނުދޫ ކައުންސިލުން ދިން 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ހުށަހެޅި 2،000 ރުފިޔާގެ ފައިސާގެ އިނާމު، ރޭ ބޭއްވި ރަަަަސްމިއްޔާތުގައި މުޙައްމަދު […]
ފާތިމަތު ސަޙާ
އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި، ނަޖުމުﷲ ޙަސަން (35އ) އާއި، ޢާޒިމް މުފީދު (24އ) އާއި، ޢަލީ ޙުޒާމް ސަޢީދު (31އ) […]
ޝިއުނާ އާދަމް
2 މިނިޓު
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެއް ގެ އެއްކޮށް އަނދައި އަދި ދުމުގެ އަސަރުކޮށްގެން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕް ނުވަތަ […]
ޔުމްނާ ޢަލީ
ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސްކޫލު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި ހާދިސާތަކަކީ އެއް ރަށަކުން ހުށަހެޅިފައިވާ ދެ މައްސަލަ ކަމަށާއި، މި ދެ މައްސަލައިގައި ތުހުމަތު ކުރެވެނީވެސް ތަފާތު ދެ މީހަކަށް ކަމަށެވެ. މި މައްސަލަތަކުގެ ތެރެއިން ފުރަތަމަ މައްސަލައަކީ އެ ރަށު ސްކޫލުގެ ޓީޗަރަކު، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލަ […]
ޔުމްނާ ޢަލީ
ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން، އެ ސަރަހައްދުގައި ފުލުހުން ދަނީ މިހާރު ހަރަކާތްތެރިވަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އަދި އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މީގެ އިތުރުން މި ހާދިސާގައި އެއްވެސް […]
ޔުމްނާ ޢަލީ
14 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: “ބައްޕަ އެ ގުޅުން ބާއްވަނީ ކާކާކަން އަހަންނަށް އެނގިއްޖެ.” މާޒިން ބުންޏެވެ. ސުވޭދާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ގަނޑުވި ކަހަލައެވެ. އެތައް ދުވަހަކު އޭނާ ހޯދަން އުޅުނު ހަގީގަތުގެ ދޮރު، ދަރިފުޅުގެ މި ޖުމްލައާއެކު ހުޅުވިގެން ދިޔަ ކަހަލައެވެ. މާޒިންގެ މޫނަށް ބަލަހައްޓައިގެން މާ ގިނަ އިރަކު ސުވޭދާއަކަށް ނީނދެވުނެވެ. އޭނާ މަޑުމަޑުން ތެދުވުމާއެކު މާޒިން މޫނު އުފުލައިގެން އިނދެ މަންމަގެ މޫނަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ނިންމާލައި، އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި އެވޯޑު ދީފިއެވެ. ބާސެލޯ ނަސަންދުރައިގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން އެންމެ މަތީ ޝަރަފު ކަމަށްވާ “ރަން 5 ވަނަ” ހާސިލުކުރި އުފެއްދުންތަކަށް އިނާމު ހ...
ޔުމްނާ ޢަލީ
ކެންސަރުގެ ސެލްތަކުގެ އެތެރޭގައި ވިހަ ބޭހެއް އުފައްދައި، އެ ސެލްތައް އަމިއްލައަށް ނެތިގެންދާނެ އައު ގޮތެއް ޖަޕާނުގެ ސައިންސްވެރިން ލެބޯޓްރީ ޓެސްޓުތަކުން ކާމިޔާބުކަމާއެކު ހޯދައިފިއެވެ. މިއީ ސަގާފީ ކީމޯތެރަޕީ ފަރުވާތަކުން މުޅި ހަށިގަނޑަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ބޮޑެތި ވޭންތަކާ ނުލައި، ސީދާ ކެންސަރުގެ ސެލްތަކަށް އަމާޒުކޮށްގެން އެ ބަލި ނައްތާލުމަށް ލިބިގެންދިޔަ މުހިންމު އައު ކުރިއެރުމެކެވެ. ޖަޕާނުގެ ދިރާސާވެރިން މިކަން ހާމަކޮށްފައިވަނީ ކެންސަރު ސެލްގެ އެތެރޭގެ މާހައުލު އެ ސެލްއާ ދެކޮޅަށް ބޭނ...
ނާޒިމާ އަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ވޭތުވެދިޔަ 36 އަހަރުގެ ތެރޭގައި ސްޓެމްފޯޑް ބްރިޖުގައި ލީގު މެޗަކުން ޓޮޓެންހަމް ހޮޓްސްޕާސް ދެވަނަ ފަހަރަށް މޮޅުވެއްޖެ އެވެ. އަނެއްކޮޅުން، އެސްޓަން ވިލާ އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ ނަގައި، އެވަޓަން އަތުން 2-0 އިން މޮޅުވެ އާސެނަލް ވަނީ ތާވަލުގެ އެއްވަނައިގައި ސިޓީއާ އަރާ ހަމަކޮށްފަ އެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ސްޕާސްއިން ލީޑު […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ރަށުގައި އަލަށް ބެހެއްޓި 1 މެގަވޮޓް (1000 ކިލޯވޮޓް) ގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ ވަނީ އިތުރުވެގެން ގޮސްފައެވެ. އައު ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު ހޯރަފުށީގެ އިންސްޓޯލްޑް ކެޕޭސިޓީ މިހާރު ވަނީ 3.3 މެގަވޮޓަށް މަތިވެފައެވެ. މި އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގައި ކަރަންޓު […]
ޔުމްނާ ޢަލީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ފިންލެންޑުގެ ސަރަހައްދަކުން ގާތްގަނޑަކަށް 250،000 ގަސް ކަނޑާލުމާ ގުޅިގެން ޓެކްނޮލޮޖީ ކުންފުނި ގޫގުލްއަށް ތިމާވެށީގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މިއާއިއެކު މި މައްސަލައާ ގުޅިގެން ތިމާވެށީގެ ދިރާސާތައް ފުރިހަމަކުރަންދެން އެ މަޝްރޫއުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ފިންލެންޑުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އަންގާފައެވެ. އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުރާސްފަތި ދުވަހު ޝާއިއުކުރި ތަހުގީގީ ރިޕޯޓެއ...
އަޙްމަދު ވަހީދު