"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ހިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓްމޯލްޑިވްސް އާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ގަލްފް ކްރާފްޓްމޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީއެވެ.

Ad
rt

އެމްޓީސީސީން ގަލްފް ކްރާފްޓާ ހަވާލުކުރީ 17 ސްޕީޑް ފެރީއެއް ބަނުމަށެވެ. މި ފެރީތަކަކީ50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.

މިފެރީތަކަކީ 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ ފެރީތަކެކެވެ. އެހެންކަމުން އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މި ފެރީތަކުގެ ސްޕީޑް ތިން ގުނަ އަވަސްވާނެއެވެ. މިފެރީތައް ބަނުމުގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ގާއިން ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުބްޏެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދަށުން، ޓާރމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތްވެސް މިހާރު ފެށިފައި ވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން، ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް މިހާރި ވަނީ ފަށައިފައެވެ.

މި މަޝްރޫއުގެ ދަށުން، ބަންނަ ސްޕީޑް ފެރީގެ ހިދުމަތް މިއަހަރުގެ ނޮވެމްބަރުމަހު ފެށުމަށްޓަކައި، ބޭނުންވާ ފަންނީ މުއައްޒަފުން ހޯދުމަށް މިމަހުގެތެރޭ އިއުލާނުކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.