ބްރޮބީ އާއި ގަކްޕޯގެ ލަނޑުތަކާއެކު ނެދަލެންޑްސް އިން ސްވިޑަން ބަލިކޮށް ގްރޫޕްގެ އެއްވަނައަށް
ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ބްރަޔަން ބްރޮބީ އާއި ކޯޑީ ގަކްޕޯ ކާމިޔާބުކުރި ދެ ލަނޑާއެކު، 5-1 ގެ ބޮޑު ތަފާތަކުން ސްވިޑަން ބަލިކޮށް ނެދަލެންޑްސް އިން ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. މިއީ ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވުމަށްފަހު ނެދަލެންޑްސް އިން ހޯދި މުހިންމު މޮޅެކެވެ. މި މޮޅާއެކު ނެދަލެންޑްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ސްވިޑަން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕްގައި ހިމެނޭ […]