ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
މި ދެމީހުން ޕޮޒިޓިވްވުމާއެކު މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު 11 އަށް އެރީއެވެ.
މިއަދު ޕޮޒިޓިވްވެފައި ވަނީ އެ ސިޓީން އެންމެ ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ހޯމް ކަރަންޓީނުގައި ބައިތިއްބާފަތިބި 2 މީހުންނެވެ.
މި ދެ މީހުންގެ ފުރަތަމަ ނެގުނު ސާމްޕަލް ނެގެޓިވްވިކަމަށް ދެއްކި ނަމަވެސް ފަހުން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ޓެސްޓްކުރިއިރު ވަނީ ޕޮޒިޓިވްވެފަކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވިއެވެ.
އެސިޓީ މޮނިޓަރިން އިން ނެގިކަމުގައިވި ނަމަވެސް ރަށުގެ ހާލަތު ވަޒަންނުކުރެވޭކަމަށާއި ކޮންޓެކްޓް ޓްރޭސިން ނުވަތަ ކޯވިޑާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކޭއާރުއެޗް އިން އެދިފައިވެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގައިދުރުކަން އިސްކޮށް މާސްކު އެޅުމަށާއި ގިނަގިނައިން އަތްދޮވުމަށް ކޭއާރުއެޗް އިން އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން، ކޯވިޑާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި އަދާހަމަކުރެވޭނެ ކަމަށް ކޭއާރުއެޗް އިން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!