ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބަރ ބޭސިން ފުންކުރުމުގެ 96 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާތަނަށް މުޅި މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.

މި މަޝްރޫއަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.