ހދ. ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފްއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއާއެކު މިއަދު ކުރިއަށް ދިޔަ މި މަޝްވަރާއި ގުޅޭގޮތުން މެންބަރު ޔާސިރު ވިދާޅުވީ، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިން ޔަގީންކަން ދެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި މި މަޝްރޫޢު އަވަހަށް ނިންމުމަށް، ފެނަކަ ކޯޕަރޭޝަން އިން މަޝްރޫޢުއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި މަސައްކަތް ފައްޓަވާ ދެއްވާނެ ކަމުގެ ޔަޤީން ކަން ވެސް ދެއްވިކަމަށް ޔާސިރު ވިދާޅުވިއެވެ.
"ކުޅުދުއްފުށި ސިޓީގެ އިންޖީނުގޭގެ އާ އޮފީސް އިމާރާތް އަވަސް ކުރުމަށް މަޝްވަރާ ކުރެވުނު. އެގޮތުން އިންޖީނުގޭގެ އާ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ވަނީ އެމްޑީ ސައީދު ވަނީ ވިދާޅުވެފައި.'' ޔާސިރު ވިދާޅުވިއެވެ.
https://thiladhun.wonstasite.com/24624
ޔާސިރު ވަނީ ކުޅުދުއްފުށި ސިޓީގެ ކަރަންޓްގެ ހާލަތު ރަގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަންއިން ކުރައްވަމުން ދާ މަސައްކަތްތަކަށާއި އަދި ހާއްސަ ގޮތެއްގައި ކުޅުދުއްފުށި އިންޖީނުގޭގެ ހީވާގި މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ފާހަގަ ކުރަށްވާފައެވެ.
ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސް ޑިޒައިންކޮށް، އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.
ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު ޖުމްލަ 15.7 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 18 މާރިޗު 2020 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!