ޓްރަމްޕް ފީފާއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލްޖިއަމްގެ ސަޕޯޓަރުން ރުޅިގަދަވެއްޖެ
ވޯލްޑް ކަޕްގެ ގަދަ 16 ގައި އެމެރިކާއާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ކުރިން، އެމެރިކާގެ މުހިންމު ކުޅުންތެރިއަކަށް ދީފައިވާ ރަތް ކާޑުގެ ސަސްޕެންޝަން އުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލްޖިއަމްގެ ރައްޔިތުން ވަރަށް ބޮޑަށް ރުޅިގަދަވެ، ފާޑުކިޔައިފިއެވެ. އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދީފައިވާ ރަތް ކާޑުގެ ސަސްޕެންޝަން ފީފާއިން އުވާލާފައިވަނީ، ރައީސް ޓްރަމްޕް އަމިއްލަފުޅަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި އެ މައްސަލަ މުރާޖައާ...