ވޯލްޑް ކަޕްގެ ގަދަ 16 ގައި އެމެރިކާއާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ކުރިން، އެމެރިކާގެ މުހިންމު ކުޅުންތެރިއަކަށް ދީފައިވާ ރަތް ކާޑުގެ ސަސްޕެންޝަން އުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލްޖިއަމްގެ ރައްޔިތުން ވަރަށް ބޮޑަށް ރުޅިގަދަވެ، ފާޑުކިޔައިފިއެވެ.
އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދީފައިވާ ރަތް ކާޑުގެ ސަސްޕެންޝަން ފީފާއިން އުވާލާފައިވަނީ، ރައީސް ޓްރަމްޕް އަމިއްލަފުޅަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި އެ މައްސަލަ މުރާޖައާ ކުރުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. މިއާއެކު ބަލޯގަންއަށް ވަނީ ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ.
މި ނިންމުމާ ގުޅިގެން ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގެ އާންމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބްރަސަލްސްގައި މަސައްކަތްކުރާ ތެރޭސޭ ކްޕޫބީ ބުނި ގޮތުގައި، ރަތް ކާޑަކީ ކުޅުންތެރިއަކު ހަދާ ބޮޑު ގޯހަކުން ދޭ އެއްޗަކަށްވާއިރު، އެ ނިންމުން ބަދަލުކުރުމަކީ ލަދުވެތި ކަމެކެވެ.
ޓްރަމްޕްގެ ނުފޫޒާއެކު ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާއިން ރަތް ރޮނގު ހުރަސްކުރުން: ޔޫއެފާ
"މި ނިންމުމަށް އެއްވެސް ނުފޫޒެއް ފޯރުވާފައިވާނަމަ، އެއީ ހަމަ ހަގީގަތުގައި ވެސް ލަދުވެތި ކަމެއް،" އޭނާ ބުންޏެވެ.
ބެލްޖިއަމްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މެކްސިމް ޕްރެވޯޓް ވެސް ވަނީ މިކަމާ މެދު ހައިރާންކަން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފޯނު ކޯލެއްގެ ސަބަބުން ފުޓްބޯޅައިގެ އަސާސީ ގަވާއިދުތަކާ ހިލާފަށް މިފަދަ ނިންމުމެއް ނިންމި ނަމަ، އެއީ ކުޅިވަރުގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
ބަލޯގަންގެ ރަތް ކާޑު ސަސްޕެންޝަން އުވާލުމަށް ޓްރަމްޕް ގުޅައި ނުފޫޒު ފޯރުވި
ނަމަވެސް، ބެލްޖިއަމްގައި ހުންނަވާ އެމެރިކާގެ ސަފީރު ބިލް ވައިޓް ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕް ފީފާގެ އެތެރޭގެ ނިންމުންތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، އެމަނިކުފާނު ހަމައެކަނި ފީފާއަށް ޝުކުރު އަދާކުރެއްވީ ކަމަށެވެ.
މި މައްސަލައިގައި ބެލްޖިއަމްގެ ސަޕޯޓަރުން ބުނަނީ، މި ނިންމުމުގެ ސަބަބުން ބެލްޖިއަމްގެ "ރެޑް ޑެވިލްސް" އިތުރަށް ވަރުގަދަވެ، ދަނޑުމަތީގައި އިންސާފު ހޯދާނެ ކަމަށެވެ. މެޗު އޮންނާނީ ހޯމަ ދުވަހު އެމެރިކާގެ ސިއެޓްލްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!