މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1505 ވަނަ ޞަފްޙާ

ނައިބު ރައީސް ފައިސަލް، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރާ ބައްދަލުކުރަށްވައިފި

ނައިބު ރައީސް ފައިސަލް، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރާ ބައްދަލުކުރަށްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، މިއަދު ހަވީރު ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެން އާއި ބައްދަލުކުރައްވައިފިއެވެ. ނައިބު ރައީސް ފައިސަލް މިހާރު ގެންދަވަނީ ބަންގްލަދޭޝްއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރަށްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަ...

ޝިއުނާ އާދަމް
މާސްއަށް އިރު އޮއްސޭ މަންޒަރު ދައްކާލައިފި

މާސްއަށް އިރު އޮއްސޭ މަންޒަރު ދައްކާލައިފި

ނާސާގެ ޕާސަވެރެންސް ރޯވާއިން ޕްލެނެޓް މާސްއަށް އިރު އޮއްސޭ ހިތްގައިމު މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ނަގައިފިއެވެ. މި ފޮޓޯތަކަކީ ޕާސަވެރެންސް ރޯވާއިން މާސްއަށް އިރު އޮއްސޭ މަންޒަރުގެ ފޮޓޯ ނެގުން ފުރަތަމަ ފަހަރުކަމަށާއި، މިއީ ރޯވާގެ މާސްޓާ ކެމް ޒީ ކެމެރާ ސިސްޓަމްއިން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ. މި ފޮޓޯތައް ނެގިފައިވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުކަމަށްވެސް ނާސާއިން ވަނީ ހާމަކޮށްފައެވެ. ޕާސަވަރެންސް ރޯވާއިން މިހާތަނަށް ނަގާފައިވާ ހުރިހާ ފޮޓޯތަކަކުންވެސް މާސް […...

އަޒްފާ ރަޝީދު
ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓް މޮބިލައިޒް ކޮށްފި

ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓް މޮބިލައިޒް ކޮށްފި

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ. އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސައިޓް މޮބިލައިޒް ކުރީ މިއަދު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 21,181.80 އަކަ މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި 369 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. […]

އަޙްމަދު ވަހީދު
އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކުގެ ހިދުމަތަށް މިވަނީ ކިހިނެތް؟

އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކުގެ ހިދުމަތަށް މިވަނީ ކިހިނެތް؟

ދިވެހިންގެ ބޭންކް، ނުވަތަ ބީއެމްއެލްގެ ހިދުމަތްތައް ޓެކްނިކަލް މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ކެނޑެއެވެ. ނަމަވެސް މިފަހަރުގެ ހާލަތު ތަފާތެވެ. ހިދުމަތްތައް މެދު ކެނޑޭތާ ދެ ހަފުތާއަށްވުރެއް މިވަނީ ގިނަ ވެފަ އެވެ. އިރުއިރުކޮޅާ ހިދުމަތް މެދުކެނޑެނީއެވެ. އެއަށްފަހު އިއްޔެ ވެގެންދިޔައީ ގިނަ ކަސްޓަމަރުންނަށް އުނދަގޫތަކާ ކުރިމަތިވި ދުވަހަކަށެވެ. އިއްޔެ ބީއެމްއެލްގެ ހިދުމަތްތައް ހެނދުނުން ފެށިގެން އޮތީ މެދުކެނޑިފައެވެ. ދޭތެރެދޭތެރެއިން ހިދުމަތް ރަނގަޅުވި ނަމަވެސް ގިނަ ވަގުތު އެ ބޭންކުގެ އެޕާއި ޕީ...

އަޙްމަދު ވަހީދު
ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހަތް ބިމެއް ދޫކޮށްފި

ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހަތް ބިމެއް ދޫކޮށްފި

ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހަތް ބިމެއް ދޫކޮށް، ބިންތައް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީގައި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، މި ނޮވެމްބަރ މަހުގެ 18 ސޮއިކޮށްފައިވާ މި އެގްރީމަންޓްގެ ދަށުން ޖުމްލަ 7 ބިން ދޫކޮށްފައިވާ ކަމަށެވެ. އެއީ 3000 އަކަފޫޓާއި، 4000 އަކަފޫޓްގެ ބިންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހޯރަފުށިން ގެސްޓްހައުސް ތަރައްގީކޮށް ހިންގަން އަލަށް ދޫކުރުވުނު މި ބިންތަކުގައި ގެސްޓްހައުސް ތަރައ...

އައިޝަތު ނަސާޔާ
މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނީ ހެންވޭރުގައި ހުރި ގެއަކުންނެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 14:30ކަށް ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ޔުމްނާ ޢަލީ
ބިދޭސީންނަށް ބާއްވާ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ

ބިދޭސީންނަށް ބާއްވާ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އާއި ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ބާއްވާ ބިދޭސީންގެ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. މިޝަން ފޯ މައިގްރެންޓް ވޯކާސް އަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ މުބާރާތަކީ ބިދޭސީން ރާއްޖެއަށް ކުރާ ހިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާ ކުރުމަށަ ބާއްވާ މުބާރާތެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މި މުބާރާތް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެކުވެނި ސްޓޭޑިއަމުގައެވެ. […]

އަޙްމަދު ވަހީދު
ނަޕޯލީ ބަލިކޮށް އިންޓައިން ފަރަގު ކުޑަކޮށްފި

ނަޕޯލީ ބަލިކޮށް އިންޓައިން ފަރަގު ކުޑަކޮށްފި

އިޓާލިއަން ސީރިއާ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ނަޕޯލީ ބައްދަލުކުރި މެޗު އިންޓައިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުނެނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ނަޕޯލީންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އިންސީނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ […]

އިބްރާހިމް ޚަލީލް
ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގި، ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ނުފެނޭ: ޝިފާޢު

ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގި، ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ނުފެނޭ: ޝިފާޢު

ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގިކަމަށާއި، އެހެން ނަމަވެސް ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ފެނިވަޑައިނުގަންނަވާކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ މުއްދަތު ދަންމާލުމާގުޅޭ މައްސަލައިގެ ކޮމެޓީ ރިޕޯޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ހުއްޓި، އާންމު ރައްޔިތުންގެ އާމްދަނީ...

އަލީ އާދިލް
ގްރަނާޑާ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވައަށް ރެއާލް މެޑްރިޑް

ގްރަނާޑާ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވައަށް ރެއާލް މެޑްރިޑް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ގްރަނާޑާ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ގްރަނާޑާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރެއާލުންވަނީ މި ސީޒަންގެ ލީގުގައި އެ ޓީމުން ދައްކަމުން އަންނަ މޮޅު ކުޅުނު މި މެޗުގައި ވެސް ތަކުރާރު ކޮށްފައެވެ. ރެއާލުން މެޗުގައި ލީޑު ނަގާފައި ވަނީ 19 ވަނަ މިނެޓުގައި ޓޯނީ ކުރޫސް ތަނަވަސް […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ. އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ. ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދި...

ޔުމްނާ ޢަލީ
ފައިސާ ޗާފްކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމަ ޤައުމު ހިނގާނެ: ޝިޔާމް

ފައިސާ ޗާފްކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމަ ޤައުމު ހިނގާނެ: ޝިޔާމް

ފައިސާ ޗާޕުކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމައި ޤައުމު ހިނގާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ފައިސާ ޗާޕްކުރުމަށް ދީފައިވާ މުއްދަތު ދަންމާލުމާބެހޭ މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މަޖީލީހަށް ބަޖެޓް ފޮނުއްވިއިރު، ބަޖެޓާއެކު ސަޕްލިމެންޓަރީ ބަޖ...

އަލީ އާދިލް
ފޭދޫގައި ހޭލުންތެރިކުރުމުގެ ހަރަކާތެއް

ފޭދޫގައި ހޭލުންތެރިކުރުމުގެ ހަރަކާތެއް

ށ. ފޭދޫގައި، އެރަށުގެ ރައްޔިތުންނާއި، ސްކޫލްގެ ދަރިވަރުންނަށާއި، އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހެލުންތެރިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮއްފިއެވެ. މި ހަރަކާތަކީ ފޭދޫ ޕޮލިސް ޕޯސްޓާއި ށ. މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ފޭދޫގެ ވަކިވަކި ގޭބިސީތަކަށް ޒިޔާރާތްކޮށް، އާއްމުކޮށް ރަށުތެރޭގައި ހިނގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދ...

އައިޝަތު ނަސާޔާ
ހައްލު ނުހޯދިއްޖެނަމަ އަންނަ މާޗްމަހާއި ހަމައަށް ޔޫރަޕުން ކޯވިޑް ބަލީގައި އިތުރު ބައި މިލިއަން މީހުން މަރުވެދާނެ!

ހައްލު ނުހޯދިއްޖެނަމަ އަންނަ މާޗްމަހާއި ހަމައަށް ޔޫރަޕުން ކޯވިޑް ބަލީގައި އިތުރު ބައި މިލިއަން މީހުން މަރުވެދާނެ!

ޔޫރަޕްގެ ގައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ ދިއުމަށް ހައްލެއް ނުހޯދިއްޖެނަމަ އަންނަ 2022 ވަނަ އަހަރުގެ މާޗް މަހާއި ހަމައަށް އެ ބަލީގައި އިތުރު ބައި މިލިއަން މީހުން މަރުވާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއިން ބުނެފިއެވެ. ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ހާމަކޮށްފައިވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުގައި ކޯވިޑް ފެތުރެމުންދާ ދިއުމަށް ހައްލެއް ނުގެނެވިއްޖެ ނަމަ، 500،000 އަށްވުރެ ގިނަ މީހުން 2022 ވަނަ އަހަރުގެ މާޗް މަހާއި ހަމައަށް މަރުވާނެކަމަށް ވަނީ ލަފާކޮށްފަ...

އަޒްފާ ރަޝީދު
ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި

ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި

ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފިއެވެ. ތާލިބާނުން ހާމަކޮށްފައިވާ ގޮތުގައި އެމީހުން އެގައުމުގައި ވެރިކަން ކުރަން ފެށި އިރުވެސް ސަރުކާރުގެ މުވައްޒަފުންނާއި އެހެނިހެން ސަރުކާރާއި ގުޅުންހުރި ސޯޝަލް ވޯކަރުންގެ މުސާރަތައް ނުދެވި ހުރިކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިހާރު ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށާފައިވާކަމަށާއި، މުވައްޒަފުންނަށް މުސާރަ ނުދެވި އެތައް މަހެއް ފާއިތުވެގެން ގޮސްފައިވަނީ އެގައުމުގެ އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަމުގެ ސަބަބުންކ...

އަޒްފާ ރަޝީދު
"ފިއްލަދޫ ކައުންސިލް ކަޕް 2021" ގެ ނަމުގައި ފުޓްބޯޅަ މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

"ފިއްލަދޫ ކައުންސިލް ކަޕް 2021" ގެ ނަމުގައި ފުޓްބޯޅަ މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

ހއ. ފިއްލަދޫ ކައުންސިލާއި އެ ރަށު އިޖުތިމާޢީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތާއި ނެޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ފިރިހެނުންނަށް ފުޓްބޯޅަ އަދި ކަނބަލުންނަށް ނެޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ދެ މުބާރާތް ވެސް ފެށުމަށް މިހާރު ތާވަލު ކޮށްފައު ވަނީ އަންނަ ޑިސ...

އިބްރާހިމް ޚަލީލް
ސީޕްލޭންތައް ހުޅުމާލެ މަތިން ނުދާގޮތަށް ހަދައިފި

ސީޕްލޭންތައް ހުޅުމާލެ މަތިން ނުދާގޮތަށް ހަދައިފި

ސީޕްލޭން ޓާމިނަލަށް ޖައްސާ ސީޕްލޭންތައް ހުޅުމާލެ މަތިން ދަތުރު ނުކުރާ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޫޓް ބަދަލުކޮށްފިއެވެ. އެމްއޭސީއެލް އިން ބުނެފައިވާގޮތުގައި މިއީ އެ ކުންފުނީގެ މާސްޓަޕްލޭނާ އެއްގޮތަށް ގެނައި ބަދަލެކެވެ. އެގޮތުން، ދެން ސީޕްލޭންތައް ޖައްސާނީ ހުޅުމާލެ އިރުމަތީ ފަޅާ ދިމާލުން އޮންނަ ރޫޓް ބޭނުން ކޮށްގެން ކަމަށް އެ ކުންފުނިން ބުނެއެވެ. ފާއިތުވި އަހަރުތަކުގައި ހުޅުމާލެ މަތިން ސީޕއލޭން ދަތުރު ކުރާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން […]

އަޙްމަދު ވަހީދު
އެކްސަސައިޒް ދޯސްތީ ފަށައިފި

އެކްސަސައިޒް ދޯސްތީ ފަށައިފި

ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑާއި އަވަށްޓެރި އިންޑިއާ ކޯސްޓްގާޑާއި، ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކުރިއަށްގެންދާ، “ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް – ދޯސްތީ” މިއަދު ފަށައިފިއެވެ. މި އެކްސަސައިޒް ބާއްވަން ފެށިތާ 30 އަހަރު މިއަހަރު ފުރޭއިރު، އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ....

އަލީ އާދިލް