މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނީ ހެންވޭރުގައި ހުރި ގެއަކުންނެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Ad
rt

އެމީހާގެ ހަށިގަނޑު މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 14:30ކަށް ހާއިރުއެވެ.

މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.