ނާސާގެ ޕާސަވެރެންސް ރޯވާއިން ޕްލެނެޓް މާސްއަށް އިރު އޮއްސޭ ހިތްގައިމު މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ނަގައިފިއެވެ.

މި ފޮޓޯތަކަކީ ޕާސަވެރެންސް ރޯވާއިން މާސްއަށް އިރު އޮއްސޭ މަންޒަރުގެ ފޮޓޯ ނެގުން ފުރަތަމަ ފަހަރުކަމަށާއި، މިއީ ރޯވާގެ މާސްޓާ ކެމް ޒީ ކެމެރާ ސިސްޓަމްއިން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ. މި ފޮޓޯތައް ނެގިފައިވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުކަމަށްވެސް ނާސާއިން ވަނީ ހާމަކޮށްފައެވެ.

Ad
rt

ޕާސަވަރެންސް ރޯވާއިން މިހާތަނަށް ނަގާފައިވާ ހުރިހާ ފޮޓޯތަކަކުންވެސް މާސް ޕްލެނެޓްގެ ތަފާތު މަންޒަރުތައް ދަނީ ފޮޓޯ ނަގަމުންނެވެ. އަދި މީގެ އިތުރުން މާސްގައި ކުރިން އެއްވެސް ކަހަލަ ދިރުމެއް ވޭތޯ ބެލުމަށްވެސް މާސްގެ ތަހުލީލްތައް ޕާސަވަރެންސް ރޯވާ ބޭނުންކޮށްގެން ނާސާއިން އަންނަނީ ބަލައި ދިރާސާކުރަމުންނެވެ.

މާސްއަށް އިރު އޮއްސޭ މަންޒަރު ދައްކުވައިދޭ ފޮޓޯތަކުގައި މާސް ހިމެނޭ ޖައްވުގެ ސަރަޚައްދުގެ އުޑުމަތި ސާފުވުމުން އިރު އޮއްސޭ ވަގުތުގައި މާސްއިން އުޑުމަތި ފެންނަނީ ނޫ ކުލައިގައިކަމަށް ނާސާގެ ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

ޕްލެނެޓް މާސްގެ ދިރާސާތައް ކުރުމަށް ނާސާއިން ފޮނުވާފައިވާ ޕާސަވަރެންސް ރޯވާ މިހާރު ޕާކު ކުރެވިފައިވަނީ ޖަޒީރޯ ކްރާޓާ ޝެއިތާ ރީޖަންއާއި ދިމާލުގައިކަމަށްވެސް ނާސާއިން ހާމަކޮށްފައިވެއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މާސްއަށް އެންމެ ފުރަތަމަ ޕާސަވެރަންސް ރޯވާ ފޮނުވައިގެން މާސްގެ ބިންގަނޑު ތޮރުފައިގެން ނަގާފައިވާ ހިލަތަކުން އެތަނުގެ ބިމުގައި ޖަޒީރޯ ކްރާޓާ އާއި 45 ކިލޯމީޓަރު ކައިރިން މީގެ ބިލިއަނެއްހާ އަހަރު ކުރިން ފެން ހުރިކަމަށް ދައްކުވައިދޭ ނިޝާންތައް އެ ހިލަތަކުން ދައްކާކަމަށް ބުނެފައިވެއެވެ.

ނާސާގެ ސައިންޓިސްޓުން އަންނަނީ އަދިވެސް ރަތް ޕްލެނެޓް ނުވަތަ މާސްގައި ކުރިން ދިރުމެއްވާކަން ދެނެގަތުމަށް ރޯވާ ބޭނުންކޮށްގެން އިތުރު ތަހުލީލްތައްވެސް ހަދަމުންނެވެ.