އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ސިޓީން މި މެޗަށް ނުކުތްއިރު އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު ބާރަ މެޗުން ވެސް ވަނީ މޮޅުވެފައެވެ. މި މެޗުން އެއްވަރު ވުމާއިއެކު މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައި ނަމަވެސް ސިޓީ މިވަގުތު އޮތީ […]
އިބްރާހިމް ޚަލީލް
އއ. މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ހާއްސަ މެޝިނަރީއަށް އިންވެސްޓްކުރަމުން އަންނަ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ […]
އަޙްމަދު ވަހީދު
ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓް އަދި ކުރިނބީ ކައުންސިލް އިދާރާގެ އޮފީހުގެ ތިޖޫރީ ފަޅާލައި އަގު ބޮޑު ބައެއް ތަކެތި ވަގަށް ނަގައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން ކައުންސިލް އިދާރާ އޮފީހުގެ ތިޖޫރީއިން -/1000 (އެއްހާސް ރުފިޔާ) ވަގަށް ނަގާފައިވާއިރު ކޯޓުގެ ތިޖޫރީއިން -/500 (ފަސްސަތޭކަ ރުފިޔާ) ވަގަށް ނަގާފާއިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާއިން ޑިޖިޓަލް ކެމަރާއަކާއި ކޯޓުން ލެޕްޓޮޕ...
އައިޝަތު ނަސާޔާ
ހދ. ވައިކަރަދޫއާއި އެއަތޮޅު ނޮޅިވަރަމުން އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޓެސްޓް ކުރުމަށް މިހާތަނަށް 1196 ސާމްޕަލެއް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ. އޭގެތެރެއިން 74 ސާމްޕަލެއް އޮމިކްރޯނަށް ޕޮޒިޓިވް ކަމަށް ވިދާޅުވިއެވެ. އެންމެފަހުން އޮމިކްރޯން ހުރިތޯ ޓެސްޓްކުރަން ސާމްޕަލް ފޮނުވާފައި ވަނީ...
ޙުސައިން ޝަހުދީ
ސްޓެލްކޯގެ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑު މެދުވެރިކޮށް، ހުޅުލެއަށް ކަރަންޓުފޯރުކޮށްދޭން ފަށައިފިއެވެ. އެ ކުންފުނިން ބުނީ، މާލެ ހުޅުމާލެ އަދި ހުޅުލެ ކަރަންޓު އެއް ވިއުގައަކުން ގުލާލުމައްޓަކައި، ހުޅުލޭގެ ގްރިޑާއި އިންޓަކަނެކްޝަން ގްރިޑް ގުޅުވާލީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. ދެ ގްރިޑު ގުޅާލާފައިވަނީ، ހުޅުލެއަށް ކަރަންޓު ފޯރުވައިދިނުމަށް ސްޓެލްކޯއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ...
އަޙްމަދު ވަހީދު
ހއ. ދިއްދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ، އެ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މާދަމާ، 24 ޖެނުއަރީން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09...
އައިޝަތު ނަސާޔާ
ދަނޑުވެރިކަމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް 40 ދަނޑުބިން ދޫކުރުމަށް ހއ. އުތީމު ކައުންސިލުން ނިންމައިފިއެވެ. އެރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި ދަނޑުބިން ތަކަށް އެދިލައްވަން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ ފޯމް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އެފަރާތްތަކުން ފޯމު ހުށައެޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ. އެކައުންސިލުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓަށްވުރެ ބޮޑުނުވާ ގޮތަށ...
އައިޝަތު ނަސާޔާ
އެންމެ ފަހުވަގުތުވެސް އޭނާގެ އަތުގައި ހިފައިގެންހުރެ މަރްޙޫމް ޙުސައިން ވަޙީދު ދެއްވި ހެޔޮ ނަސޭހަތް އަޑުއަހައި، އެގޮތުގެ މަތީގައި ދެމިހުންނަވާނެ ކަަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ. ރޭ ފޯކައިދޫގައި ކުރިއަށް ދިޔަ އޭނާގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، ދާއިރާއަށް މިއަދު ލިބެމުންދާ ކުރިއެރުމަކީ އެދުވަހު ދާއިރާގެ ރައްޔިތުންނުކުމެ އަނިޔާވެރ...
އަލީ އާދިލް
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ބުނެފައިވާ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑްތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައި މިވަނީ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަކީ ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަންތަންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ފާހަގަކޮށްފައިވުމުން ކަމަށެވެ. އެގޮތުން އެ އޮފީހަކީ ރައްޔިތުންގެ އައ...
އައިޝަތު ނަސާޔާ
ކޯވިޑް-19 ބަލީގައި ރާއްޖެއިން 42 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:01 ހާކަށް ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 270 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވިއިރު، މިވަގުތު ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައެވެ. މުޅިރާއްޖެއިން ޕޮޒިޓިވްވާ ނިސ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓްރީ ކުރުމަށް 22 ޖަނަވަރީ 2022 ން 31 ޖަނަވަރީ 2022 ގެ 11:00 ގެ ނިޔަލަށް https://forms.gle/7Qt8Jn7Ed8pUgToRA މި ލިންކްގައިވާ ފޯމް ފުރިހަމަ ކުރުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި...
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހޭމް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޔުނައިޓެޑް ޖެހިލައިފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް […]
އިބްރާހިމް ޚަލީލް
ދިހަ އަހަރަށް ފަހު، ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫން ބަންޑާރަ ގޯތި ދޫކުރަން ނިންމައިފި އެވެ. ފޯކައިދޫ ކައުންސިލުން އިއްޔެ ވަނީ އިއުލާނެއްކޮށް އެކަން އާންމުކޮށް ހުޅުވާލާފަ އެވެ. ޖުމްލަ 69 ހެކްޓަރުގެ ބޮޑުމިން ހުންނަ ފޯކައިދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓޫގެ 120 ގޯއްޗެވެ. އެރަށުން ގޯތި ދިނުމަށް ހުޅުވާލާފައިވާއިރު ގޯތި ބޭނުންވާ ގިނަ ބަޔަކު އެރަށުގައި އެބަތިއްބެވެ. ފޯމު ދޫކުރުމާއި ބަލައިގަރުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 […]
އަލީ އާދިލް
އަންނަ މަހުގެ ފަހެއްގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއިދުކުރަން އަދާލަތު ޕާޓީ (އޭޕީ) އިން ނިންމައިފި އެވެ. ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އޭޕީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ތާއިދުކޮށްދިނުމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައ...
އަލީ އާދިލް
އުރީދޫ މޯލްޑިވްސްއަށް އާންމު ހިއްސާދާރު ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލީ ހުސްވި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19 ފެތުރެމުންދާ ވަރަށް ބަލައި, ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އުރީދޫން ބުންޏެވެ. އެ ކުންފު...
އަޙްމަދު ވަހީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ޤާސިމް އިބްރާޙީމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ޖޭޕީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވަނީ ޤާސިމް، ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ނިންމާފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. މީގެކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރާޝިދުގެ ކެމް...
ޔުމްނާ ޢަލީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމައްދު ނަޝީދާއި، އެމްޑީޕީގެ ލީޑަޝިޕް ބޭފުޅުން މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ. މިދަތުރުގައި ރައީސް ޞާލިޙް ވެސް ބައިވެރިވެ ވަޑައިގަތުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ހެއްދެވި ޕީސީއާރު ޓެސްޓުން އެމަނިކުފާނު ކޯވިޑ...
އަލީ އާދިލް
ވަލްޑޯފް އެސްޓޯރިއާގެ ކޮންމެ މުވައްޒަފަކަށް، ސާވިސް ޗާުގެ ގޮތުގައި މިދިޔަ މަހު 50000 އަށްވުރެއް ގިނަ ރުފިޔާ ދީފި އެވެ. މޯލްޑިވްސް ސާވިސްޗަރޖް އަޕްޑޭސްއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ވަރަށް ގިނަ ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޗާޖު ބަހައިފަ އެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް ދީފައި ވަނީ މާލެ އަތޮޅުގައި މިފަހުން ހުޅުވި ވަލްޑޯފް އެސްޓޯރިއާ އިތާފުށިން ނެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރެވެ. […]
އިބްރާހިމް އަސްވާޤް