ޔުއެފާ ޔޫރަޕާލީގްގައި ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާ އަދި ފްރެންކްފާޓް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެއްޖެއެވެ.
ބާސާއިން ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު މި މެޗުގައި ދެޓީމަށްވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ 3 ހަމަލާއެވެ.
4 ރީދޫކާޑު އަދި 1 ރަތްކާޑް ފެނުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ފްރެންކްފާޓް އިންނެވެ. މެޗުގެ 48 ވަނަ މިނެޓުގައި މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މި އަހަރު ލޯނު އުސޫލުން ޑޯޓްމަންޑް އިން ފްރެންކްފާޓް އަން ބަދަލުވި ޖަރުމަންގެ ޒުވާން ފޯވާޑް އަންސްގާނޯފް އެވެ.
ފްރެންކްފާޑް ދަނޑުގައި ކުޅުނު މިމެޗުގެ ނަތީޖާ ބާސާއަށް ހަމަހަމަ ކޮށްދިނީ މެޗުގެ 66 މިނެޓްގައި ފުރެންކް ޑި ޖޮން ގެ އެހީތެރިކަމާއެކު ފެރާން ޓޮރޭސް އެވެ. މީ ޔޫރަޕާ ލީގުގައި ޓްރޭސް ކުޅުނު 4 މެޗުން ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.
މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް އޮށްނާނީ މިމަހު 15 ގައި ބާސެލޯނާ ދަނޑުގައެވެ.
ޔޫރަޕާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެސްޓްހަމް އަދި ލިއޯން ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން 2 ޓީމް އެއްވަރު ވެގެންނެވެ.
ވެސްޓްހަމް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލް ވެސްޓްހަމް އަށް ކާމިޔާބު ކޮށްދިނީ މެޗުގެ 52 ވަނަ މިނެޓުގައި ޖަރަޑް ބޮވެން އެވެ. ލިއޯން އަށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދިނީ މެޗްގެ 66 ވަނަ މިނެޓްގައި ޓޮންގިއަން ޑޮމްބެލޭ އެވެ.
މި ދެޓީމް ބައްދަލު ކުރާ ދެވަނަ ލެގުގެ މެޗު ލިއޯން ދަނޑުގައި ކުޅޭނީ މިމަހު 15 ގައެވެ.
އެސްސީ ބަރަގާ އަދި ރޭންޖާސް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ އެސްސީ ބަރަގާއެވެ.
ބަރަގާ ދަނޑުގައި ކުޅުނު މި މެޗުގައި ފެނުނު ހަމަ އެކަނި ގޯލް ބަރަގާ އަށް ކާމިޔާބު ކޮށްދިނީ މެޗުގެ 40 ވަނަ މިނެޓްގައި ރުއިޒް އެވެ.
ދެވަނަ ލެގުގެ މެޗް މިމަހު 15 ގައި ކުޅޭނީ ރޭންޖާސް ދަނޑުގައެވެ.
މި 3 މެޗްގެވެސް ދެވަނަ ލެގު ކުޅެން ފަށާނީ ރާއްޖެ ގަނޑިން 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!