ޔުއެފާ ޗެމްޕިއަންސްލީގުގައި ބުދަ ދުވަހުގެރޭ ކުޅުނުމެޗުން ބެންޒެމާ ހެޓްރިކުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ރިއާލް މެޑްރިޑް ކުރިހޯދައިފިއެވެ.
ޗެލްސީ ދަނޑުގައި ކުޅުނު މެޗުން ރިއާލް މެޑްރިޑް މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ.
މެޗުގައި މޮޅަށް ކުޅުނު ޗެލްސީ ކޮޅަށް ބެންޒެމާ ފުރަތަމަ ދެގޯލްވެސް ޖަހައިފަނީ ބޮލުންނެވެ. ފުރަތަމަ ގޯލް 21 ވަނަ މިނެޓުގައި ވިނިސިއެސް ޖޫނިއާގެ އެހީތެރިކަމާއެކު ކާމިޔާބު ކުރިއިރު، ދެވަނަ ގޯލް 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޮޑްރިޗު ގެ އެހީތެރިކަމާއެކުގައެވެ.
ފުރަތަަމަ ހާފް ނިމުމުގެ ކުރިން ޗެލްސީ އިން ވަނީ މި މެޗުގައި އެޓީމުން ޖެހި ހަމަ ެކަނި ގޯލް ޖަހާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ކައި ހަވާޓްސް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ނަގައިދިން ހުރަސް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފް ފަށައިގެން ޗެލްސީ އަށް ގޭމް ތެރެއަށް ނުވަދެވި އުޅެނިކޮށް މެޗުގެ 40 ވަނަ މޮނެޓުގައި ބެންޒެމާގެ 3 ވަނަ ގޯލް ޖަހައި ސެމީއަށް ފިޔަވަޅަކާ ގާތަށް ޖެހިލިއެވެ. މީ ޗެލްސީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގާ ނެންޒަމާ ކާމިޔާބު ކުރި ގޯލެކެވެ.
މެޗުގައި ޗެލްސީ އިން 16 ހަމަލާއެއް ފޮނުވާލިއިރު ރިއާލުން ވަނީ 8 ހަމަލާ އެއް ފޮނުވާލައިފައެވެ.
މިމަހު 13 ވަނަ ދުވަހު މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ރިއާލް ދަނޑުގައި ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.
ޗެމްޕިއަސް ލީގުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ބާސެލޯނާ ގްރޫޕް ސްޓޭޖުން ކަޓުވާލައިފައި އައި ބަޔާން މިއުނިކް 1-0 ގެ ނަތީޖާއިން ބަލިކޮށް ވިލަރެއާލް ވަނީ ބަޔާން ސިއްސުވާލާފައެވެ.
ބަޔާން އިން 10 ހަމަލާ ވިލަރިއާލް އިން 7 ހަމަލާ ފޮނުވާލި މި މެޗުގައި ފެނުނު ހަމަ އެކަނި ގޯލް މެޗުގެ 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާނައުޓް ޑަންޖުމާ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި ވިލަރެއާލްއިން ޖެހި ގޯލް ވީއޭއާރު ގެ އެހީ އާ އެކު ރެފްރީ އެންތޮނީ ޓެއިލާ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮށްނާނީ މިމަހު 13 ގައި ބަޔާން ގެ ދަނޑުގައެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!