އީރާނަށް ހަމަލާދިނުމަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އާ ބޮޑުވަޒީރު ދީފި
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދޭ ހަމަލާތަކުގައި އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެއްވައިފިއެވެ. މި ނިންމުމުގެ ދަށުން އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި ނުވަތަ ޑިއޭގޯ ގާސިއާ މަރުކަޒާއި، އިންގްލެންޑުގެ ގްލޮސްޓަރޝަޔަރގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑް މަރުކަޒު ބޭނުންކުރުމުގެ އިޚްތިޔާރު އެމެރިކާގެ މަތިންދާބޯޓުތަކަށް ލިބޭނެއެވެ. މި މަރުކަޒުތައް ބޭނުންކުރާނީ އީރާނުގެ މިސައިލް ނިޒާމުތަކާއި، ހޯރްމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް އ...