މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1361 ވަނަ ޞަފްޙާ

ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެ އެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގެ ގެ އެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާ ލިބިފައިވާކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ގޭސް ފުޅިގޮވާފައި ވަނީ މާލޭގެ މާފަންނު އުނިގަސްމަގުގައި ހުންނަ ގެއެއްގައެވެ. އެ ރިޕޯޓް ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް ބޮޑު އަނިޔާއެއް […]

ޔުމްނާ ޢަލީ
ކާޑެއްދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ކާޑެއްދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ގދ. ކާޑެއްދޫ ބަނދަރު ތަރައްގޫ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްިއެވެ. އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލާން ބޭނުންވާ ސަރަހައްދު ކޮނުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 170 މީޓަރުގެ އެއްގަމުތޮށި ލުމާއި 890 އަކަ މީޓަރުގެ ސަރަހައްދެއްގައި […]

އަޙްމަދު ވަހީދު
ޑރ. ޝާން އައިޖީއެމްއެޗުން ވަކިވެ، އަބޫ ދާބީ ހޮސްޕިޓަލަކަށް

ޑރ. ޝާން އައިޖީއެމްއެޗުން ވަކިވެ، އަބޫ ދާބީ ހޮސްޕިޓަލަކަށް

ރާއްޖޭގެ ގިނަބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން، ރާއްޖެގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ވަކިވެވަޑައިގެންފިއެވެ. އައިޖީއެމްއެޗްގެ ރަސްމީ ފޭސްބުކް ޕޭޖްގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ކަށީގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. ޝާން އެ ހޮސްޕިޓަލުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާތީ ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ. އަދި ޑރ. ޝާން ވަކިވެވަޑައިގަތީ އަބޫދާބީގައި “އާ ޗެލެންޖުތަކަކާ ކުރިމަތިލެއްވުމަށް” ކަމަށް...

ޔުމްނާ ޢަލީ
ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ހއ. ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި އަހަރުގެ ޖުލައި މަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި މުބާރާތްތައް ހިންގައިދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ސްކޫލް ބޭރު ފާރުގައި "އިންޑިއަން އައުޓް" ލިޔުމުން އެކަން ކުއްވެރިކޮށްފި

ހަނިމާދޫ ސްކޫލް ބޭރު ފާރުގައި "އިންޑިއަން އައުޓް" ލިޔުމުން އެކަން ކުއްވެރިކޮށްފި

ހދ. ހަނިމާދޫ ސްކޫލްގެ ވަށާފާރުގައި ބަޔަކު “އިންޑިއަން އައުޓް” ލިޔެފައިވާތީ ހަނިމާދޫ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ. މިހެން ހަނިމާދޫ ސްކޫލް ފާރުގައި ލިޔެފައި ވަނީ ހަނިމާދޫގައި އިމާރާތްކުރާ މިސްކިތެއްގެ ބިންގާ އެޅުމަށް އިއްޔެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމާދު ޒާހިރު ޢަލީ އާއި އެ މިނިސްޓްރީގެ ޓީމެއް އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް އިއްޔެރޭގެ ވަގުތެއްގައެވެ. މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރަށްވާ ރޭ އާންމު ކުރެއްވި ނޫސްބަޔާނު...

އަލީ އާދިލް
ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެ

ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެ

ރިސޯޓެއްގެ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓި، ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިޔާވެފައި ވަނީ ރ. އަތޮޅުގެ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން ދިޔަ އުމުރުން 28 އަހަރުގެ ދިވެހި ޒުވާނެއް ކަމަށެވެ. ރ. އަތޮޅު ރިސޯޓެއްގެ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިން ދިވެހި ފިރިހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ މެންދަމު 12:49 ގައެވެ. “އުނގޫފާރު ހޮސްޕިޓަލަށް ޒުވާނާ ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ”...

ޙުސައިން ޝަހުދީ
ގަން އެއާޕޯޓް ތަރައްގީ މަޝްރޫއުގެ ޕްރި ކޮލިފިކޭޝަން މަރުހަލާ ފަށައިފި

ގަން އެއާޕޯޓް ތަރައްގީ މަޝްރޫއުގެ ޕްރި ކޮލިފިކޭޝަން މަރުހަލާ ފަށައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީ ކޮލިފައި ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަސްގެންދަނީ އިންޑިއާގެ އެގްޒިމް ބެންކުންނެވެ. އެ ބޭންކުން މި މަސައްކަތް ފަށާފައިވާ ކަމަށް އިއްޔެ އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އިންޑިއާގެ އެގްޒިމް ބެންކުން ލޯނު ނަގައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރަށް ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެއާޕޯޓަށް ބޭނުންވާ […]

އަޙްމަދު ވަހީދު
ހަނިމާދޫގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް އިފްތިތާހްކޮށްފި

ހަނިމާދޫގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް އިފްތިތާހްކޮށްފި

ފުލުހުންގެ ޚިދުމަތުގެ ރޯޑް ޕޮލިސްގެ ފަރާތުން ކުރިއަށްގެންދަވާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ހދ. ހަނިމާދޫގައި އިފްތިތާހްކޮށްފިއެވެ. ޓްރެފިކް މޮނިޓަރސް ޕްރޮގުރާމް އިފްތިތާހް ކުރުމަށް މި މަހު 19 ވަނަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ، ހެޑް އޮފް ރޯޑް ޕޮލިސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން އެވެ. މި ރަސްމިއްޔާތުގައި ޓްރެފިކް މޮނީޓަރސް ޕުރޮގްރާމް ފުރިހަމަކުރި 31 ދަރިވަރުންނަށް ޓްރެފިކް މޮނިޓަރ ޓެގް އަދި ސެޓްފިކެޓް ހަވާލުކުރެވިފައިވާ ކަމަށް ރޯޑް ޕޮލިސް...

ޝިއުނާ އާދަމް
ހަނިމާދޫ ސްކޫލް ވަށާފާރުގައި "އިންޑިއަން އައުޓް" ލިޔެފި

ހަނިމާދޫ ސްކޫލް ވަށާފާރުގައި "އިންޑިއަން އައުޓް" ލިޔެފި

ހދ. ހަނިމާދޫ ސްކޫލްގެ ވަށާފާރުގައި “އިންޑިއަން އައުޓް” ލިޔެފިއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތަށް “އިންޑިއާ އައުޓް” އަދި “އިންޑިއާ މިލިޓަރީ އައުޓް” ބޭނުން ކުރިނަމަވެސް ހަނިމާދޫ ސްކޫލްގެ ވަށާފާރުގައި ލިޔެފައި ވަނީ “އިންޑިއަން އައުޓް” އެވެ. މި އިބާރާތް ހަނިމާދޫ ސްކޫލް ފާރުގައި ލިޔެފައި ވަނީ ހަނިމާދޫގައި އިމާރާތްކުރާ މިސްކިތެއްގެ ބިންގާ އެޅުމަށް މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހްމާދު ޒާހިރު ޢަލީ އާއި […]

އަލީ އާދިލް
ފިނޭ ގޮނޑުދޮށުން އަކިރި އާއި ދޮންވެލި އަދި ކަށިވެލި ނުނެގުމަށް އިލްތިމާސްކޮށްފި

ފިނޭ ގޮނޑުދޮށުން އަކިރި އާއި ދޮންވެލި އަދި ކަށިވެލި ނުނެގުމަށް އިލްތިމާސްކޮށްފި

ހދ. ފިނޭގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގުމަށް އެދި އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ފިނޭ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގުމަށް އެދި އިލްތިމާސްކުރަމުން ފިނޭ ކައުންސިލުން ވިދާޅުވީ، އެ ރަށުގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނަގަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިތަކެތި ނެގުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމަކަށްވާތީ، އެރަށު ގޮނޑުދޮށުން އިއްޔެއިން ފެށިގެން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގ...

ޔުމްނާ ޢަލީ
އުކާލަން ނެރޭ ކުނި ވަކިކުރަން އަންގައިފި

އުކާލަން ނެރޭ ކުނި ވަކިކުރަން އަންގައިފި

އުކާލަން ކުނި ނެރޭއިރު ކުނީގެ ބާވަތްތައް ބައިބަޔަށް ވަކިކޮށްގެ ނެރުމަށް ވެމްކޯ އިން އަންގައިފިއެވެ. ވެމްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނެރެފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ އިސްލާހާ ގުޅިގެން ކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން ކުނި ނެރެންވާނީ ވަކިކޮށްގެން ކަމަށް ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެރޭއިރު ތިން […]

އަޙްމަދު ވަހީދު
ބިލެތްފަހީ ކައުންސިލުން ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހާއި ގުޅުވައިގެން ފޮޓޯ މުބާރާތެއް

ބިލެތްފަހީ ކައުންސިލުން ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހާއި ގުޅުވައިގެން ފޮޓޯ މުބާރާތެއް

ށ. ބިލެތްފަހީ ކައުންސިލުން، ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހާއި ގުޅުވައިގެން ފޮޓޯ މުބާރާތެއް ބާއްވަން ނިންމައި ފޮޓޯ ހުށަހަޅަން ހުޅުވާލައިފިއެވެ. އެ ކައުންސިލުން ވަނީ މި ފޮޓޯ ޗެލެންޖް މުބާރާތުގައި ފޮޓޯ ހުށަހެޅުމުގެ ފުރުޞަޠު އަންނަ އާދީއްތަ ދުވަހުގެ ރޭ 00:00 އާއި ހަމައަށް ހުޅުވާލާފައެވެ. ފޮޓޯ ހުށަހަޅަން ޖެހެނީ biodiversityDay22May# ޖެހުމަށްފަހު ބިލެތްފަހީ ކައުންސިލް އިދާރާ ފޭސްބުކް ޕޭޖް މެންޝަންކޮށްފައެވެ. މި މުބާރާތުގައި ވަނަތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ބިލެތްފަހީގެ ގުދު...

ޙުސައިން ޝަހުދީ
އެމްޓީސީސީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފި

އެމްޓީސީސީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފި

ކުރިއަށް އޮތް ދައުރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކޮށްފިއެވެ. ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ސަރުކާރުގެ ފަރާތުން އެ ކުންފުނީގެ ބޯޑަށް ފަސް މެމްބަރުން ވަނީ އައްޔަން ކޮށްފައެވެ. އަދި އާައްމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރަކު ވަނީ އައްޔަން ކޮށްފައެވެ. އެމްޓީސީސީގެ ބޯޑުގައި ޖުމްލަ ތިބޭނީ ހަތް ޑިރެކްޓަރުންނެވެ. މި ކޮންމެ ޑިރެކްޓަރެއްގެ ދައުރަކީ ދެ އަހަރު ދުވަހެވެ. ސަރުކާރުގެ ފަރާތުން ބޯޑަށް […]

އަޙްމަދު ވަހީދު
އިސްތިޚާރާ ނަމާދު ކުރާނީ ކިހިނެތް؟

އިސްތިޚާރާ ނަމާދު ކުރާނީ ކިހިނެތް؟

އިސްތިޚާރާގެ މާނައަކީ الله ގެ ޙަޟްރަތުން ހެވަށް އެދުމެވެ. ފަހެ މީހަކު ހުއްދަ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަށް ގަސްތުކޮށް އަދި އެކަމަކީ އެއީ، އޭނާއަށް ފައިދާހުރި ކަމެއްކަން ނުވަތަ ގެއްލުންހުރި ކަމެއްކަން ނޭނގި، އެދެމެދުގައި ޝައްކު އުފެދިއްޖެނަމަ، އިސްތިޚާރާކުރުން މުސްތަޙައްބު ވެގެންވެއެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރު އިބްނު ޢަބްދު ﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ތިމަންމެނަށް ކުރަންޤަޞްދުކުރާ ކޮންމެ ހެއުކަމެއް ކުރުމުގައި އިސް...

Thiladhun
ފަހަތުން އަރާ ކްރިސްޓަލް ޕެލަސް ބަލިކޮށް އެވަޓަން ރެލިގޭޝަންއިން ސަލާމަތްވެއްޖެ

ފަހަތުން އަރާ ކްރިސްޓަލް ޕެލަސް ބަލިކޮށް އެވަޓަން ރެލިގޭޝަންއިން ސަލާމަތްވެއްޖެ

ބުރާސްފަތިދުވަހުގެ ރޭ ކުޅުނު މެޗުން ފަހަތުން އަރާ 3-2 ގެ ނަތީޖާއިން ކްރިސްޓަލްޕެލަސް ބަލިކޮށް އެވަޓަން ރެލިގޭސަން އިން ސަލާމަތްވެ، އަންނަ ސީޒަންގައި އިނގިރޭސި ލީގުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. މެޗްގެ ފުރަތަމަ ދެގޯލްޖަހާ ލީޑް ނެގީ ކްރިސްޓަލްޕެލަސްއިންނެވެ.ފުރަތަމަ ގޯލް ޖޯންފިލިޕެ މެޓެޓާ ކާމިޔާބް ކޮށްދިނީ 21 ވަނަ މިނެޓްގައެވެ. ދެވަނަ ގޯލް 36 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ޖޯޑަން އަޔޫ އެވެ. ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއިން ކްރިސްޓަލްޕެލަސް ކުރީގަ އޮވެގެންނެވެ. […]

އަލީ ރިޔާޟް
ޒުވާން ލީޑަރުން އުފެއްދުމަށް “ޔޫތު ފޯރަމް 2022” މިލަންދޫގައި ފަށައިފި

ޒުވާން ލީޑަރުން އުފެއްދުމަށް “ޔޫތު ފޯރަމް 2022” މިލަންދޫގައި ފަށައިފި

ޒުވާން ލީޑަރުންތަކެއް ހެޔޮގޮތުގައި ތަމްރީނު ކުރުމުގެ މަގުޞަދުގައި ބޭއްވޭ “ޔޫތު ފޯރަމް 2022“ ށ. މިލަންދޫގައި ފަށައިފިއެވެ. ކީރިތި ގުރުއާނުގެ ބަރަކާތުން މިފޯރަމް ފައްޓަވައިދެއްވީ މިލަންދޫގެ ފަޚްރުވެރި ޒުވާން ކަނބަލެއް ކަމުގައިވާ އަލް ޙާފިޛާ ޢާއިޝަތު ތޫލާ ޢަންވަރެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މިނިސްޓަރ އޮނަރަބަލް ޢިމްރާން ޢަބްދުالله އެވެ. މި ރަސްމިއްޔާތު ޚާއްޞަކޮށްފައިވަނީ މަރުހަބާ ދެންނެވުމާއި އެކިގޮތްގޮތުން މިފޯރަމް ފުރިހަމަ ކުރެއްވުމަށްޓަކައި މަސައްކަތ...

މުޙައްމަދު ސާޖިދު
އައިއެމްޔޫގެ ދަސްވެނިވުން ބާއްވައިފި

އައިއެމްޔޫގެ ދަސްވެނިވުން ބާއްވައިފި

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިއެމްޔޫ)ގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ބާއްވައިފިއެވެ. އައިއެމްޔޫގެ ދަސްވެނިވުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ދަންފަޅިއަކަށެވެ. މިގޮތުން ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ދި ވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ. ދެވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އައިއެމްޔޫއިން މިފަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލްކޮށްގެން ދަސްވެނިވިފައިވަނީ އެންމެ ދަރ...

ޔުމްނާ ޢަލީ
ފަޔާގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދެވޭނެ: ރައީސް

ފަޔާގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދެވޭނެ: ރައީސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ)ގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ޕާޓީއާއިއެކު ރަނގަޅު މިސްރާބަކަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ވާދަވެރި އިންތިޚާބަކަށްފަހު އެމްޑީޕީގެ ޗެއާޕާސަން މަގާމު ކާމިޔާބު ކުރެއްވި ފަޔާ އާއި، ރައީސް އޮފީހުގައި ޗެއާޕާސަންގެ ހައިސިއްޔަތުން ފުރަތަމަ ފަހަރ...

އަލީ އާދިލް