ބުރާސްފަތިދުވަހުގެ ރޭ ކުޅުނު މެޗުން ފަހަތުން އަރާ 3-2 ގެ ނަތީޖާއިން ކްރިސްޓަލްޕެލަސް ބަލިކޮށް އެވަޓަން ރެލިގޭސަން އިން ސަލާމަތްވެ، އަންނަ ސީޒަންގައި އިނގިރޭސި ލީގުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

މެޗްގެ ފުރަތަމަ ދެގޯލްޖަހާ ލީޑް ނެގީ ކްރިސްޓަލްޕެލަސްއިންނެވެ.ފުރަތަމަ ގޯލް ޖޯންފިލިޕެ މެޓެޓާ ކާމިޔާބް ކޮށްދިނީ 21 ވަނަ މިނެޓްގައެވެ. ދެވަނަ ގޯލް 36 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ޖޯޑަން އަޔޫ އެވެ.

Ad
rt

ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއިން ކްރިސްޓަލްޕެލަސް ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނެޓްގައި މައިކަލް ކީން ވަނީ އެވަޓަންގެ ފުރަތަމަ ގޯލް ކާމިޔާބް ކޮށްފައެވެ. މިގޯލް ޖެހިތާ 21 މިނެޓް ފަހުން މެޗްގެ 75 ވަނަ މިނެޓްގައި ރިޗާލެސެން ގޯލެއްޖަހާ މެޗްގެ ނަތީޖާ އެއްވަރު ކުރިއެވެ. މެޗްގެ އެވަޓަން 3 ޕޮއިންޓް ޔަގީންކުރި ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ޑޮމިނިކް ކަލްވެޓް ލުވިން އެވެ.

މި ނަތީޖާއާއި އެކު އެވަޓަން އޮތީ ތާވަލްގެ 16 ވަނައިގައެވެ.
މެޗުން ބަލިވި ކްރިސްޓަލްޕެލަސް އޮތީ ތާވަލްގެ 13 ވަަނައިގައެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު އެސްޓަންވިލާ އަދި ބާންލޭ ބައްދަލުކުރި މެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކުރީ އަސްލީ ބާންސް އެވެ. އޭގެ 3 މިނެޓް ފަހުން އެމިލިއާނޯ ބުންޑިއާ ލަނޑެއްޖަހައި މެޗްގެ ނަތީޖާ އެއްވަރު ކުރިއެވެ.
މިނަތީޖާއެކު އެސްޓަންވިލާ އޮތީ ތާވަލްގެ 14 ވަނައިގައެވެ. ބާންލޭ އޮތީ 17 ވަނައިގައެވެ.

ޗެލްސީ އަދި ލެސްޓާސިޓީ ބައްދަލުކުރި މެޗްވެސް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ.
މެޗްގެ 6 ވަނަ މިނެޓްގައި ޖޭމްސްގެ ގޯލުން ލެސްޓާއިން ލީޑްނެގިއެވެ. ޗެލްސީ އިން ނަތީޖާ ހަމަ ހަމަ ކުރީ މެޗްގެ 34 ވަނަ މިނެޓްގައެވެ. މިގޯލް ޖަހައިދިނީ އެލެންސޯ އެވެ.
އިނގިރޭސި ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެއްމެ މެޗެކެވެ.

އެއްވަގުތެއްގައި ކުޅޭ ފަހުމެޗްތަށް ކުޅުން ފަށާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:00 ގައެވެ.