ސޯލާ ޕެނަލްއަކީ އިރުގެ ދޯދިތަކުން ސާފު ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ ވަސީލަތެކެވެ. މި ތަކެތި އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ އަވި ގަދަ ވަގުތުތަކުގައެވެ. އެހެންވެ، ވިއްސާރަ ދުވަސްތަކާއި އަވި ނުދޭ ވަގުތުތަކުގައި މި ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން ހަކަތަ އުފެއްދުން ދަށްވެއެވެ.
ނަމަވެސް މިއީ މިހާރު އެކަން އޮންނަ ގޮތެވެ. ޔޫއެންއެސްޑަބްލިއު ސިޑްނީގެ ސްކޫލް އޮފް ފޮޓޯވޯލްޓެނިކް އަދި ރިނިއުބަލް އެނާޖީ އިންޖިއަނިއަރިން އާއި އާކް ސެންޓާ އޮފް އެކްސެލެންސް އިން އެކްސައިޓަން ސައިންސް ގުޅިގެ އުފައްދާފައިވާ ރިސާޗް ޓީމަަކުން ހޯދި ހޯދުންތަކުގައި އަވި ނުދޭ ވަގުތުވެސް ސޯލާ ޕެނަލް މަސައްކަތް ކުރާ ގޮތް ހެދިދާނެއެވެ.
މި ރީސާޗަރުން ވަނީ ތާމޯ ރޭޑިއޭޓިވް ޑިއޯޑް ނަމަކަށް ކިޔާ ޑިވައިސްއެއްގައި ކާމިޔާބުކަމާއެކު ޓެސްޓު ކޮށްފައެވެ. އެގޮތުން އެ ޑިވައިސް ބޭނުންކޮށަގެން އިންފްރަރެޑް ހީޓް ކަރަންޓަށް ބަދަލުކޮށްލެވެއެވެ. މި ޑިވައިސްގައި ހިމެނޭ ޓެކްނޮލޮޖީއަކީ ނައިޓް ވިޝަން ގޮގަލްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީކަމަށް އެ ޓީމުން ބުނެއެވެ.
މި ޓެސްޓުތަކުން މިހާތަނަށް އުފެއްދި ކަރަންޓުގެ ނިސްބަތް ސޯލާ ޕެނަލްތަކާ އަޅާ ބަލާއިރު ވަރަށް މަދެވެ. އެއީ 0.001 އިންސައްތައެވެ. ނަމަވެސް މިއީ ސޯލާ ޕެނަލުން ރޭގަނޑުވެސް ހަކަތަ އުފެއްދިދާނެ ކަމުގެ އުއްމީދެއްގެ ގޮތުގައި ރިސާޗު ކުރާ ފަރާތްތަކުން ދެކެއެވެ.
މިވަގުތަށް އެ ރިސާޗް ޓީމުން ދަނީ އިތުރު ހޯދުންތައް ހޯދައި ދާއިރާގެ ޕާޓްނާޝިޕްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
24 ގަޑިއިރު މަސައްކަތް ކުރާ ސޯލާ ޕެނަލް އުފެއްދުމުގެ މަސައްކަތް ކުރަނީ މި ސައިންޓިސްޓުން އެކަންޏެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!