މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1322 ވަނަ ޞަފްޙާ

ވެކްސިން މަޢުލޫމާތު ހާމަ ނުކުރާތީ ކަންޓޭއާއި ޗީކަށް، އެމެރިކާ ޓްއާގައި ބައިވެރިނުވެވުނު

ވެކްސިން މަޢުލޫމާތު ހާމަ ނުކުރާތީ ކަންޓޭއާއި ޗީކަށް، އެމެރިކާ ޓްއާގައި ބައިވެރިނުވެވުނު

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށްވާ ޗެލްސީ ފުޓްބޯލް ކުލަބްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންކަމަށްވާ އެންގޯލޯ ކަންޓޭއާއި، ލޮފްޓަސް ޗީކް، ކޯވިޑް ވެކްސިން ޖެހިކަމުގެ މަޢުލޫމާތު ފުރިހަމައަށް ހާމަކޮށްފައި ނުވާތީ އެ ޓީމުން ޕްރީ ސީޒަންގައި އެމެރިކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ދެކުޅުންތެރިންނަށް ގެއްލިއްޖެއެވެ. ކޯވިޑް ވެކްސިން ފުރިހަމަކޮށް އެ މަޢުލޫމާތު ފުރިހަމައަށް ހާމަނުކުރާ ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގެ ފު...

އިބްރާހިމް ޚަލީލް
ރާއްޖެ، ލަންކާގެ ހާލަތަށް ނުދިއުމުގެ އަސްލަކީ ރައީސް ސޯލިޙް: ރާޢީ

ރާއްޖެ، ލަންކާގެ ހާލަތަށް ނުދިއުމުގެ އަސްލަކީ ރައީސް ސޯލިޙް: ރާޢީ

ރާއްޖޭގެ އިގްތިސާދީ ހާލަތު، އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ނުދިއުމުގެ އަސްލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ރައީސް ސޯލިހް ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅުތަކަކީ މިއަދު ލަންކާގެ ހާލަތަށް ރާއްޖެ ނުދިއުމުގެ އަސްލު ކަމަށެވެ. ރައީސް ސޯލިހްގެ ކިބައިގައި ވެރިއެއްގެ ކުފޫހަމަވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ. https://twitter.com/Mraee...

އަލީ އާދިލް
އެ ހާލަތުން އަރައިގަތުމަށް "ތަޖުރިބާހުރި މީހެއްގެ އެހީ" ލަންކާއަށް ބޭނުންވޭ: ނަޝީދު

އެ ހާލަތުން އަރައިގަތުމަށް "ތަޖުރިބާހުރި މީހެއްގެ އެހީ" ލަންކާއަށް ބޭނުންވޭ: ނަޝީދު

ސްރީލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިގްތިޞާދީ ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރެއް ކަމަށާއި މި ވަގުތަކީ ލަންކާއަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ. އަދި ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ކަމަށެވެ. މީ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ފޯރިއާއި އެކު ކުރިއަށް!

ކުޅުދުއްފުށި ސިޓީގައި "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ފޯރިއާއި އެކު ކުރިއަށް!

ކުޅުދުއްފުށި ސިޓީގައި “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުން އެބަދެއެވެ. ފެށުނީންސުރެއް ކުޅުދުފުއްޓަކީ ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މިފަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ގެ ނަމުގައި މިއަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެ މިފަހަރު ކުރިއަށްދާ ހަރަކާތްތަކަށް ދީފައިވަނީ ތަފާތު ނަންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ...

އަލީ އާދިލް
ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މިއަދު ހަވީރު ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ދުންމާރިއާއި ކުލަބް ރެފިއުޖީއެވެ. މި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ރެފިއުޖީއެވެ. މި މެޗުގައި ރެފިއުޖީ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ސާވިން، ނާފިޒް، ފަޔާޒްގެ އިތުރުން މުއާޒެވެ. […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު 13:30 އިން ފެށިގެން ހަވީރު 17:30 ހާއި ހަމައަށެވެ. މިވަގުތު ތަކުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި،  ވިލާގަނޑުގައި ގަޑިއަކު 45 މޭލާށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. މިދުވަސް […]

އަލީ އާދިލް
ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި

ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި

ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތް ފަށައިފި އެވެ. ރޭ ވައިކަރަދޫ ފުޓްސަލް ދަނޑުގައި އެ މުބާރާތް ފައްޓަވައި ދެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އެވެ. މިމުބާރާތުގައި 7 ޓީމެއް ބައިވެރިވި އެވެ. އެއީ، މެޓާކާސް ސްޕޯރޓްސް، އެފްޓީ އޯވެސްޓް، އުތުރު ނައިންޓީސް، އުތުރު އޮރިޖިންސް، އީސްޓް ރުއްގަނޑު، ބާމު ބެލީ އަދި ފަސްގަނޑު އެފްސީ އެވެ. ރޭ ފުރަތަމަ ބައްދަލުކުރީ އެފްސީ އޯވެސްޓް އާއި މެޓާކާ އެވެ. 4-0 ލަނޑުން މިމެޗް […]

ތިލަދުން
އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރަލާއި ބިޔަރު ހޯދައިފި

އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރަލާއި ބިޔަރު ހޯދައިފި

އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކ. މާފުށި އަދި ގއ. ވިލިނގިލިން ބަނގުރަލާއި ބިޔަރު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ މިއީ، މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްކަމަށެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ހިންމަފުށީގައި ޖުލައި 9 ވަނަ ދުވަހުގެ ދަންވަރު ހިންގި އޮޕަރޭޝަނުގައި، އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ […]

އަލީ އާދިލް
އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް ވިއްސާރަ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް ވިއްސާރަ

މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސަރަކުރާނެކަމަށް މޫސުމާއި ބެހޭ ގައިމީ އިދާރާއިން ހާމަކޮށްފިއެވެ. މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރޭ ދަންވަރު 01:45 އިން ފެށިގެން ހެނދު 07:45 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެއޮފީހުން ބުނީ މާލެއިން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަވާނެކަމަށާއި ޚާއްސަކޮށް ވިލާގަނޑުގައި ވައި ގަދަވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އ...

އަލީ ރިޔާޟް
އިންޖީނު ހުއްޓުނު ލޯންޗަކަށް އެހީވެއްޖެ

އިންޖީނު ހުއްޓުނު ލޯންޗަކަށް އެހީވެއްޖެ

ސަމަރ ރިސޯޓުން ރ މީދުއަށް ދަތުރު ކުރި ލޯންޗެއްގެ އިންޖީނު ހުއްޓި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ރ.މީދޫއަށް ދަތުރު ކުރި “އަލިސް” ނަމަކަށް ކިޔާ ލޯންޗުގައި 33 މީހުން ދަތުރު ކުރިކަމަށެވެ. މި ލޯންޗުގެ އިންޖީނު އެރިޔަދޫ ރިސޯޓް ކައިރިން ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް އިއްޔެ އިރުއޮއް...

ސަނިއްޔާ އަބޫބަކުރު
ބަހުގެ ޝެޑިއުލަށް ބަދަލުތަކެއް

ބަހުގެ ޝެޑިއުލަށް ބަދަލުތަކެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގްރޭޓާ މާލޭ ސަރަޙލހައްދުގައި ދެމުން އަންނަ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފިއެވެ. އެކުންފުނިން ބުނީ، މި ބަދަލުތައް ގެނެސްފައިވަނީ އާއްމުންގެ ވީހާވެސް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން، މާލޭ ވެސްޓް ޕާކުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓާއި، މާލޭ ކާނިވަލުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓުގެ ދަތުރުތައް ދަންވަރު 00:15 އާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ. މި ބަދަލާއެކު ޑިއުޓީ […]

އަޙްމަދު ވަހީދު
އީދުގެ ފޮޓޯ ހިއްސާ ކޮށްގެން ސެމްސަން ގެލެކްސީ އެސް 21އެއް

އީދުގެ ފޮޓޯ ހިއްސާ ކޮށްގެން ސެމްސަން ގެލެކްސީ އެސް 21އެއް

އަޟްހާ އީދުގެ ޚާއްސަ މަންޒަރެއް ފެންނަ ފޮޓޯއެއް ހިއްސާކޮށްގެން ސެމްސަން ފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. “ޢީދު ގިވްއަވޭ”ގެ ގޮތުގައި އެ ކުންފުނިން ހުޅުވާލަާފައިވަނީ ސެމްސަން ގެލެކްސީ އެސް 21 ޕްލަސްގެ 256 ޖިީބީގެ ފޯނެއް ހޯދުމުގެ ފުރުސަތެވެ. މި ފުރުސަތުގެ ދަށުން ފޮޓޯތައް ހިއްސާކުރަންޖެހޭނީ ޕަބްލިކަށް ފެންނަ ގޮތަށް ހުންނަ އެކައުންޓަކުންނެވެ. މިގޮތަށް ފޮޓޯ ހިއްސާކުރާއިރު #EidMajaa ބޭނުންކުރަން އުރީދޫއިން ވަނީ އިރުޝާދު ދީފައެވެ. އަޟްހާ އީދާ ގުޅުވައިގެން ހުޅުވާލި މި […]

އަޙްމަދު ވަހީދު
އިސްލާމީ އީދުތަކަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން: އީދު ހުތުބާ

އިސްލާމީ އީދުތަކަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން: އީދު ހުތުބާ

އިސްލާމީ އީދުތަކަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން ކަމަށާއި އީދުގައި އުފާފާޅު ކުރުން އެކަން ޝަރުއު ކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުހުވަތްތެރިކަން ދެމެހެއްޓުވުމަށްކަމަށް މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ހުތުބާގައި ބުނެފިއެވެ. މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ދިން ހުތުބާގައި ބުނެފައިވަނީ އެއީ ކާބޯތަކެތީން ބަނޑުފުރައިލުމާއި މާތްﷲ ގެ ހައްދުތައް ފަހަނައަޅައި ދިނުމެއްވެސް ނޫން ކަމަށާއި އިސްލާމީ އީދުތައް އަންނަނީ ﷲ އަށް އަދާކުރަން ޖެ...

އަލީ އާދިލް
ޑި މާރިއާ ޔުވެންޓަސްއަށް

ޑި މާރިއާ ޔުވެންޓަސްއަށް

އާޖެންޓީނާގެ ހުނަރުވެރި ކުޅުންތެރިޔާ އަންހެލް ޑި މާރިއާ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ހިލޭ ޓްރާންސްފާއެއްގައި އިޓަލީގެ ޔުވެންޓަސްއަށް ސޮއި ކޮށްފިއެވެ. އުމުރުން 34 އަހަރުގެ ޑި މާރިއާ ފާއިތުވި ސީޒަނުގެ ނިޔަލަށް، އޭނާ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއާއިއެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. ޑި މާރިއާ ޕީސްޖީ ދޫކޮށްލާފައި މިވަނީ އެ ޓީމަށް ހަތް ސީޒަން ކުޅުމަށް ފަހުއެވެ. މެންޗެސްޓާ ޔުނައިޓެޑުން 2014 ވަނަ އަހަރު ރެއާލް މެޑްރިޑުން ޑިމާރިއާ ގެނެސްފައަނި […]

އިބްރާހިމް ޚަލީލް
ބާރަށުގައި ޢީދު ފާހަގަ ކުރުން ވާދަވެރި، އެހާ ފޯރިވެސް ގަދަ!

ބާރަށުގައި ޢީދު ފާހަގަ ކުރުން ވާދަވެރި، އެހާ ފޯރިވެސް ގަދަ!

ހއ ބާރަށުގައި ޢީދު ފާހަގަ ކުރަން މިރޭ ފަށާއިރު ޢީދު ނިމެންދެން ފަހަރަކު ޙަރަކާތެއް ކުރިޔަށް ގެންދާނެ ކަމަށް އެރަށުން ހާމަކޮށްފިއެވެ. ބާރަށު ޒުވާނުންގެ ފަރާތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ބާރަށު ލަޔަންސް ސްޕޯޓްސް ކުލަބުން އިސްކޮށް ޙަރަކާތްތެރިވާ ޙަސަން މީސާގު ވިދާޅުވީ މިފަހަރު ބާރަށުގައި ޢީދު ފާހަގަ ކުރަނީ ބާރަށު ޒުވާނުންގެ ދިރުމުގެ އިތުރުން އެލަޔަންސް ސުޕޯރޓުސް ކްލަބާއި ބާރަށުގެ ޒުވާނުން ގުޅިގެން ކަމަށެވެ. މި ހުރިހާކަމެއް މިހާ ފުރިހަމައަށް އިންތިޒާމް ކޮށްގެން މި ގެންދެވެނީ […]

ސަނިއްޔާ އަބޫބަކުރު
ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ގްރޮއިން ޖެހުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކާނެއެވެ. އަދި، 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތ...

އަޙްމަދު ވަހީދު
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފި އެވެ. ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި، މިއަދު ހެނދުނު ހިނގި ހާދިސާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ. ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއް...

އަލީ އާދިލް
މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ

މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ

މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވީ އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރުގެ ޢީދު ފޯރި މޮޅަދޫގައި މާ ގަދަވާނެ ކަމަށެވެ. އެގޮތުން ޢީދުގެ ފޯރި ގަދަ ކުރުމަށް ކުރިޔަށް ގެންދާ ޢީދު ކާނިވަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތައް އަމިއްލަގޮތުން ކުރިއަށް ގެންދިއުމަށް އަގު ހުށަހެޅުއްވި ފަރާތްތަކާއިއެކު މިހާރު އެއްބަސްވުމުގައި ސޮއި ކުރެވިފައި ވާކަމަށް...

ސަނިއްޔާ އަބޫބަކުރު