ރާއްޖޭގެ އިގްތިސާދީ ހާލަތު، އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ނުދިއުމުގެ އަސްލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ރައީސް ސޯލިހް ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅުތަކަކީ މިއަދު ލަންކާގެ ހާލަތަށް ރާއްޖެ ނުދިއުމުގެ އަސްލު ކަމަށެވެ.

Ad
rt

ރައީސް ސޯލިހްގެ ކިބައިގައި ވެރިއެއްގެ ކުފޫހަމަވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.

އަވަށްޓެރި ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ ހުއްޓުމެއްނެތި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި އެ ގައުމުގެ ރައީސް އާއި ބޮޑުވަޒީރުވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސްރީލަންކާގެ ވެރިރަށް ކޮޅުބުގައި ހުންނަ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ދިރިއުޅުއްވާ ގެކޮޅަށް ވަދެވެ، އެތަން މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެނެސްފައެވެ.