ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތް ފަށައިފި އެވެ.

ރޭ ވައިކަރަދޫ ފުޓްސަލް ދަނޑުގައި އެ މުބާރާތް ފައްޓަވައި ދެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އެވެ.

Ad
rt

މިމުބާރާތުގައި 7 ޓީމެއް ބައިވެރިވި އެވެ. އެއީ، މެޓާކާސް ސްޕޯރޓްސް، އެފްޓީ އޯވެސްޓް، އުތުރު ނައިންޓީސް، އުތުރު އޮރިޖިންސް، އީސްޓް ރުއްގަނޑު، ބާމު ބެލީ އަދި ފަސްގަނޑު އެފްސީ އެވެ.

ރޭ ފުރަތަމަ ބައްދަލުކުރީ އެފްސީ އޯވެސްޓް އާއި މެޓާކާ އެވެ. 4-0 ލަނޑުން މިމެޗް ކާމިޔާބު ކުރީ އެފްސީ އޯވެސްޓް އެވެ. ދެވަނަ މެޗްގައި ބައްދަލު ކުރީ އުތުރު ނައިންޓީންސް އާއި ބާމު ބެލީ އެވެ. 15 ގޯލުގެ ތަފާތުން މިމެޗް ކާމިޔާބު ކުރީ އުތުރު ނައިންޓީންސް އެވެ. ބާމު ބެލީ އަށް ޖެހުނީ އެންމެ ގޯލެކެވެ.

ފަހު މެޗުތައި ބައްދަލު ކުރީ އުތުރު އޮރިޖިންސް އާއި އީސްޓް ރުއްގަނޑެވެ. މިމެޗް ނިމުނީ 2-1 ގެނަތީޖާ އަކުން އުތުރު އޮރިޖިންސް ކުރި ހޯދައިގެން ނެވެ.

މިރޭ ވެސް މިމުބާރާތުގެ 3 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 20:30 ގައި ފެށުމަށް ހަމަޖެހިފައިވަނީ އުތުރު އޮރިޖިންސް އާއި މެޓާކާ އެވެ. އެއަށްފަހު އުތުރު ނައިންޓީސް އާއި ފަސްގަނޑު އެފްސީ އެވެ، ފަހުމެޗްގައި ކުޅޭނީ އެފްޓީ އޯވެސްޓް އާއި އީސްޓް ރުއްގަނޑެވެ.

މިމުބާރާތަކީ، ޗެންޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 4000 ރުފިޔާ ހުށައަޅާފައިވާ މުބާރާތެކެވެ.

ވައިކަރަދޫ ޔޫތު ކުލަބުން އަންނަނީ މިއަހަރުގެ ބޮޑު އީދު އެރަށުގައި ކުލަގަދަކޮން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.