ފުޓްސެލް ޗެލެންޖުން ވަށަފަރު ޢީދު ކުޅިވަރުތައް ނިންމާލައިފިއެވެ.

ޢީދުގެ ފަހު ކުޅިވަރެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ ވަށަފަރު ފުޓްސެލް ޗެލެންޖު 2022 ކާމިޔާބު ކުރީ ވީލޯން ވުލްވުސްއެވެ.

Ad
rt

މި މުބާރާތުގެ ރަނަރަޕް ޓީމަކަށް އަކުއާހޮލިކް ހޮވުނު އިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ރެބެލްސް އެފްސީއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަކުއާހޮލިކްގެ އަހުމަދު ސިނާނެވެ.

މުބާރާތް ނިމުމާއެކު ޗެންޕިއަން ޓީމަށާއި ރަނަރަޕް ޓީމުގެ އިތުރުން ފެއަރ ޕްލޭ ޓީމަށްވެސް ވަނީ ވަށަފަރު ކައުންސިލުން ފައިސާގެ އިނާމު ދީފައެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ވަށަފަރު ކައުންސިލުގެ ރައީސް އަހުމަދު މުއީން ވިދާޅުވީ ވަށަފަރު ފުޓްސެލް ޗެލެންޖުން ޢީދު ކުޅިވަރުތައް ނިންމާލިއިރު މިފަހަރުގެ ޢީދު ކުޅިވަރުތައް ދިޔައީ ވަރަށް އަމާންކަމާއި އޮމާން ކަމާއެކު އެކުވެރިކަމާއި އެއްބައިވަންތަކަން މަތީގައި ކަމަށެެވެ.