ހުޅަނގު އިންޑިއާގައި ބަދަލުކޮށްފައިވާ ބަނގުރާ (ބޮގަރު) ބުއިމުގެ ސަބަބުން 28 މީހުން މިހާތަނަށް މަރުވެފައިވާކަމަށާއި 60 މީހުން ބަލިވެ ހާލު ދެރަވެ ފަރުވާދެމުން އަންނަކަކަމަށް އޮފިޝަލުން ބުނެފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލު، މުކޭޝް ޕަރްމާރު އޭއެފްޕީއަށް ވިދާޅުވީ މި މީހުން މަރުވެފައިވަނީ ގުޖުރާތު ސްޓޭޓްގެ އަހުމަދުއާބާދު އަދި ބޯޑް ޑިސްޓްރިކްޓްތަކުގައި ކަމަށެވެ.

Ad
rt

ބަނގުރަލަށް ބަދަލު ގެނައުމަށް ބޭނުންކުރީ ކޮން ކެމިކަލެއް ކަމެއް އަދި އެނގިފައެއް ނުވާކަމަށް އޮފިސަލް ވިދާޅުވެފައިވެއެވެ.

ގުޖުރާތު ސްޓޭޓްގެ ފުލުހުންގެ ވެރިޔާ އަޝީޝް ގުޕްތާ ވިދާޅުވީ ބަދަލުކޮށްފައިވާ ބަނގުރާ ވިއްކުމުގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ ބައެއް ބޫޓްލެގަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ޑިސްޓްރިކްޓްތަކުގައި ބަނގުރާ އުފެއްދުމާއި ވިއްކުމާއި ބުއިމަކީ މަނާ ކަމަށެވެ.

ގަޑުބަޑުކޮށް، ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކުމަކީ އިންޑިއާގައި އާންމު ކަމެކެވެ. ބަނގުރާ އަގުހެޔޮކޮށް ވިއްކުމަށް ގިނަ ފަހަރަށް ޕެސްޓިސައިޑް ފަދަ ކެމިކަލްތައް އެއްކޮށްގެން ބާރު އިތުރުކުރެއެވެ. މިފަދަ ބަނގުރާ ބޮއެގެން އިންޑިޔާގައި މީހުން މަރުވުމަކީ އާންމުކަމެކެވެ.

ބޫޓްލެގަރުންގެ އުފެއްދުން ފަގީރުންނަށް އަގުހެޔޮކޮށް ވިއްކުން އެއީ ބޮޑު ފައިދާއެއް ލިބޭ ސިނާއަތަކަށް ބައެއް ސަރަހައްދުތަކުގައި އޮންނަނީ ވެފައެވެ.

އިންޑިއާގެ އުތުރުގެ ޕަންޖާބު ސްޓޭޓުގައި 2020 ވަނަ އަހަރު ތަޣައްޔަރުވެފައިވާ ބަނގުރާ ބޮއެގެން 120 މީހުން މަރުވެފައިވެ އެވެ.