2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ އެންމެ ފަހު ސެޝަން މިއަދު ކުރިއަށް ގެންދިޔަ އިރު ކޮންގްރެސް އަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓަށް އަހައި ނިންމާލުމުގެ ކުރިް ރައީސް ސޯލިހު ކޮންގްރެސްމަނުންނާ މުޚާތަބުކުރައްވާ ވިދާޅުވީ އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ކުރިއަށް 2023 ވަނަ އަހަރު އޮތް އިންތިޚާބަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕާޓީ އަކީ ބޮޑު އަދު ފުރިހަމަ ޕާޓީއެއް ކަމަށާއި، އެހެން އެއްވެސް ޕާޓީ އަކަށް އިންތިހާބު ކާމިޔާބުވާ ތަނެއް ނުފެންނަ ކަމަށެވެ.

Ad
rt

ކޮންގްރެސް އަށް ރައީސް މުހައްމަދު ަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު އަނބުރާ ގެންދެވުމުން އެކަމާ މެދު ހިންހަމަޖެހުން ފާޅުކުރައްވައި ރައީސް ވިދާޅުވީ ކޮންމެ މީހަކީ ވެސް ތަފާތު ވިސްނުންތަކާއި ފިކުރުތައް ހުންނާނެ ބައެއް ކަމަށާއި، ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެކަމަކު މިއަދު ހާމަވީ އެ ހުރިހާ ކަމެއް އެއްްކިބާކޮށް ރައްޔިތުންނާއި އެކު ކުރިއަށްދާން ތިބިކަން ކަމަށާއި، ކޮންގްރެސް ނިންމާލެވުނީ މެޗުއާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.

މިތަނުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުން ދިޔަ އިރު ވެސް ޓެންޝަން އަޅުގަނޑުމެންގެ ތެރޭގައި އޮތް. މިއަދު ކޮންގްރެސް ނިމިގެން މި ދަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުރިހަމަ މެޗުއާ ޕާޓީއެއްގެ ގޮތުގައި،

ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރު އެމަނިކުފާނު އަނބުރާ ގެންދެވީ މިވަގުތު ގަރާރަށް އެކަށީގެންވާ ވަރަށް މަޝްވަރާ ކުރެވިފައި ނުވާތީ އަދި މަޝްވަރާކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެއެވެ. ރައީސް ނަޝީދުގެ ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.