ސްޓެލްކޯއިން, އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ. މި މަސައްކަތާ ހަވާލުވުމަށް މިއަދު ސްޓެލްކޯގައި ވަނީ 14 ރަށުގެ ކައުންސިލްތަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި ރަށްތަކުގެ އިންޖީނުގެތަކުގެ މެނޭޖަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އާއި އއ އަދި އދ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގެ ކައުންސިލްގެ ރައީސުންގެ އިތުރުން އެލްޖީއޭގެ ސީއީއޯ އަފްޝ...
އަޙްމަދު ވަހީދު
ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލިތާ ނުވަ އަހަރު ފަހުން އެ މައްސަލާގައި އެ ކުއްޖާގެ މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. 2013 ވަނަ އަހަރު 15 އަހަރުގެ އަންހެން ކުއްޖަކު ފޭދޫގައި ކުއްޖަކު ވިހެއުމުން އެ ތުއްތު ކުއްޖާ މަރާލުމަށްފަހު ގޭގެ ގިފިލީގައި ވަޅުލީ އެ ކުއްޖާގެ މާމަ އާއި ދޮންކާފަ ބައިވެރިވެގެންނެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެ ދެ މީހުން 10 އަހަރާއި ހަ މަހަށް ޖަލަށްލުމުގެ […]
ހުސައިން ހަބީބް
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރޭ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކާހުރެ ކަމަށް އިބްރޭ ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ. އިބްރޭއަކީ އެމްޑީޕީއަށް ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި އިންތިޚާބުތަކުގައި އިބްރޭ އަކީ ވަރަށް އ...
އަލީ އާދިލް
މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ދޭ “ގްރާންޓް” އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. މިއީ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ވަކި ދާއިރާތަކުން ޚަބަރާއި މައުލޫމާތާއި، ރިޕޯރޓްތައް ގެނައުން އިތުރުކުރުމަށްޓަކައި، ނޫސްވެރިންނަށް އެމްއެމްސީން ދޭ “ގްރާންޓް” ސްކީމެކެވެ. މިފަހަރު ނޫސްވެރިންނަށް ގްރާންޓް ދިނުމަށް ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތަކަކީ މޫސުމާއި ތިމާވެށި، މިންތީގެ ހަމަހަމަކަން، ހެޔޮ ވެރިކަން އަދި ފައިނޭޝިއަލް ރިޕޯޓިންގ އާއި އިންވެސްޓިގޭޓިވް ޖާނަލިޒަމް އެވެ. ޖުމްލަ 3 ފުރ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ނައިބު ރައީސް ފައިޞަލް ނަސީމް އާ މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާ ކުރައްވާފައި ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައް...
މުޙައްމަދު އަފްރާޙް
ދިވެހިރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ނަމަކަށް ހއ. އުލިގަން ސުކޫލުގެ ޕްރިންސިޕަލް ސައުދުﷲ އިދްރީސް ހުށަހެޅުއްވި “އަޒުމް” ހަމަޖައްސާ އެކަން އިއުލާން ކޮށްފި އެވެ. މިކަން އިއުލާން ކުރީ ސްޕޭސްމިޝަނުގެ މަސައްކަތުގައި ހިއްސާވާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެވެ. ސައުދުﷲ ހުށަހަޅުއްވާ ދެއްވި މި ނަމަށް އެޗްޑީސީން ޝުކުރު އަދާކޮށް ބުނީ މި ސްޕޭސް މިޝަންގައި ޅަ ކުދިންގެ ޚިޔާލުތައް ހަނދާ ހަމައަށް ގެންގޮސްދީ އެކުދިން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ސްޓޭޓް ހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ގޮތުގައި ހދ އަތޮޅު ސްޓޭޓް ހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައި މިވަނީ ފުރަތަމަ ފަހަރު ކުރެވުނު އިޢުލާން ބާޠިލް ކުރުމަށްފަހު އެވެ. އަލުން ހދ. އަތޮޅު ސްޓޭޓް ހައުސް މަރާމާތު ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު […]
މުޙައްމަދު އަފްރާޙް
ރޭގެ ވަގުތެއްގައި ޖަޕާނަށް އެރި ބާރުގަދަ ތޫފާން “ނަންމަޑޯލް” އާއި ގުޅިގެން ޖަޕާނުގެ ދެކުނުގެ ހުރިހާ ސަރަހައްދެއްހެން ހުއްޓުމަކަށް އަތުވެއްޖެ އެވެ. ޖަޕާން ގަޑިން ރޭ 7:00 ގައި ތޫފާން އެއްގަމަށް އެރީ އެގައުމުގައި ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ސިޓީ ކަމަށްވާ ކަގޯޝިމާ އިންނެވެ. ތޫފާނުގައި 154 މޭލަށް ވައި ޖެހި، މިދިޔަ 24 ގަޑިއިރު ތެރޭގައި 500 މިލިމީޓާރުގެ ވާރޭ ވެހިފައިވާ ކަމަށް ޖަޕާނުގެ މީޓްރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވެ އެވެ. ޖަޕާން މީޑިޔާއިން ރިޕޯޓު […]
މުޙައްމަދު ވަސީމް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ހައްޔަރުކުރި ދެ ބިދޭސީންނާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގަ އިންޑިއާގެ އެ ދެމީހުންނާއި ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވެއެވެ. އަދި އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރުމަށް ވަނީ އެދިފަ އެވެ. ވީއައިއޭ އިން ހައްޔަރުކުރި އިންޑިއާ ދެ […]
މުޙައްމަދު އަފްރާޙް
ފިލްމު ކުޅުމުގެ ނަމުގައި ބިންމަތި ފަސާދަކުރުން ހުއްޓާލާ ﷲ އަށް ބިރުވެތިވުމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ނަސޭހަތްތެރި ވެއްޖެ އެވެ. އޭނާގެ ފޭސްބުކް ޕޭޖު ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ފިލްމު ހަދަން އުޅޭ ކުންފުނިތަކުން އަލީ ރަމީޒު ގެ އަމިއްލަ އުފެއްދުމެއް (ލަވައެއް) އޭނާ ގާތު އަހާލުމެއް ވެސް ނެތި އެ ލަވަ އެހެން މީހެއް ލައްވާ ކިޔުއްވައި އޭގެ ރިމިކްސް ހަދަމުންދާ ކަމަށެވެ. އޭގެ ވީޑިއޯ ހަދައި ނުވިތާކަށް […]
މުޙައްމަދު އަފްރާޙް
ތިލަދުންމަތީގެ ބައެއް ރަށްތަކާއެކު 14 ރަށެއް ގައި ކުޑަކުދިންގެ ޕާކު ހެދުމަށް ސާމާނު ހަވާލުކޮށްފި އެވެ. މި ސާމާނު ހަދިޔާ ކުރުމަށް ގަލޮޅު ރަސްމީ ދަނޑު ގައި ބޭއްވި ރަސްމިއްޔާތު ގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ރަށު ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޕާކު ސާމާނުތައް ހަވާލުކޮށްފައިވަނީ ހދ. ނޭކުރެންދޫ، ށ. ކަނޑިތީމު، އެ އަތޮޅު މާއުނގޫދޫ އަށެވެ. އަދި ނ. ނަރުދޫ، މަގޫދޫ، ބ. ކަމަދޫ، ދަރަވަންދޫ، އއ. ބޮޑުފޮޅުދޫ، ދ. ރިނބުދޫ، ދ. […]
މުޙައްމަދު އަފްރާޙް
ވެރިކަމަށް އެރުމާއި އެކު ވަގުތުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ޑީއާރްޕީ ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި ޑޮލަރުގެ އަގު ހަތް ރުފިޔާއަށް ދަށް ކުރާނެ ކަމަށެވެ. ޖާބިރު މިފަދައިން ވިދާޅުވެފައިވާ އިރު، އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ގައި ޑީއާރުޕީ ޓިކެޓުގައި ވާދަ ކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ. ޑޮަލަރުގެ އަގު […]
މުޙައްމަދު އަފްރާޙް
ފްރާންސްލީގުގައި އާދީއްތަ ދުވަހިގެރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ. ފްރާންސްލީގުގެ ގަދަ ދެބާރު ޕީއެސްޖީ އަދި ލިއޯން ބައްދަލުކުރިމެޗު ޕީއެސްޖީ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މި ލަނޑު މެސީ ކާމިޔާބު ކޮށްދިނީ ބޯޅަ ހިފައިގެން ވަދެ ނޭމާއަށް ދިނުމުން ނޭމާ އަބުރާ މެސީ އަށް ޖައްސާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވައިލައިގެންނެވެ. […]
އަލީ ރިޔާޟް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އާ ޑްރެޖަރު “ބޮޑު ޖައްރާފު” އިފްތިތާހުކޮށް ގއ. ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ރޭ ދާންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޮޑު ޖައްރާފާ އިފްތިތާހު ކުރެއްވީ، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ދާންދޫ ކައުންސިލް ރައީސް މުޙައްމަދު އާސިފްގެ އ...
އަޙްމަދު ވަހީދު
ސްޕެނިޝް ލަލީގާގައި މެޑްރިޑް ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އެތުލެޓިކޯއިންނެވެ. އެތުލެޓިކޯގެ ޑިފެންޑަރ ފެލިޕޭ ބޮލުން ފޮނުވާލު ނުރައްކާތެރި ހަމަލާ ގޮސްފައި ވަނީ ގޯލު ދަނޑި މަތިން […]
އިބްރާހިމް ޚަލީލް
ރަޝިއާއިން ޔޫކްރެއިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ބަލަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ. އެ ޖަމާއަތުން މިިހެން ބުނެފައި މިވަނީ ހަނގުރާމައިގައި ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތް އިޒީއޫމްގެ ރަށް ބޭރުގައި އެތައް ސަތޭކަ ބަޔަކު މަރާލުމަށް ފަހު ވަޅުލާފައިވާ ސަރަހައްދެއް ފެނިފައިވާކަން ޔޫކްރެއިނުން ހާމަކޮށްފައިވަނިކޮށެވެ. އޭގެ ތެރެއިން އެއް ސަރަހައްދެއްގައި 450 މީހުން މަރާލުމަށް ފަހު ވަޅުލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ. މިކަމާއި ގުޅިގެން އީޔޫގެ ރައީސް އަދި ޗެކް...
މުޙައްމަދު ވަސީމް
މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެއެވެ. ސީޕީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އޭނާ ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ....
އިބްރާހިމް ޚަލީލް
ކ. ބަނޑޮހުގެ ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުއަކީ އޯކިޑް ހޯލްޑިންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރީ މިމަހުގެ 15 ވަނަ ދުވަހުއެ...
އަޙްމަދު ވަހީދު