ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރޭ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކާހުރެ ކަމަށް އިބްރޭ ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.
އިބްރޭއަކީ އެމްޑީޕީއަށް ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި އިންތިޚާބުތަކުގައި އިބްރޭ އަކީ ވަރަށް އިސް ސަފުގައި މަސައްކަތް ކުރައްވާފައެވެ. އެންމެފަހުން އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކާމިޔާބުކުރެއްވިއިރު، އެ ވާދަވެރި އިންތިޚާބުގައި ފައްޔާޒްގެ ކެމްޕޭން މެނޭޖަރުކަށް ހުންނެވީ ވެސް އިބްރޭ އެވެ.
އިބުރޭ ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަން ކަން ކުރައްވާފައެވެ. އަދި ހަމަ އެ ސަރުކާރުގައި އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާފައެވެ.
އިބްރޭ ވަނީ އެމްޑީޕީގެ ނޮޅިވަރަމް ދާއިރާގެ ރައީސްކަން ވެސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!