މާލޭގެ ފުރުގާން މިސްކިތުގައި އަންހެނަކު ނަމާދަށް ހުއްޓައި އޭނާގެ ކުރިމަތީގައި ބަރަހަނާވެ ބޭއަދަބީ އަމަލު ހިންގި މައްސަލައިގައި، މީގެ ކުރިން މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދީގެން ހައްޔަރުކުރި މީހަކު ފުލުހުން އަލުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން އަނެއްކާވެސް ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ހެނދުނު ފުރުގާން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައިގައި އަންހެނަކު ޟުހާ ނަމާދަށް ހުއްޓައި، އެ މީހާގެ ކުރިމަތީގައި ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދި މައްސަލައާ ގުޅިގެންނެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކުރި ނައުޝާދަކީ މީގެ ކުރިންވެސް ފުރުގާން މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އެކި އަމަލުތައް ތަކުރާރުކޮށް ހިންގާފައިވާ މީހެކެވެ. އެގޮތުން އެ މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކުރި މައްސަލައެއްގައި އޭނާގެ މައްޗަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް މީގެ ކުރިން ކޮށްފައިވެއެވެ.
ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ހޭދަކުރި މުއްދަތު އެ އަދަބުން އުނިކުރުމާ ގުޅިގެން، ހުކުމް ތަންފީޒުވެ އޭނާ ވަނީ ބަންދުން ދޫވެފައެވެ.
މީގެ އިތުރުންވެސް، ފުރުގާން މިސްކިތުގެ ހަތިމުތައް އުކާލައި، އެ ތަނަށް އެކިވަރުގެ ގެއްލުންދީ، ކަރަންޓު ބޯޑުތައް ހަލާކުކުރުމުގެ މައްސަލަތަކެއްގައްޔާއި، އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައިވެސް މީގެ ކުރިން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!