ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”ހދ. އަތޮޅު ޤުރްއާން މުބާރާތް 2022” އިއްޔެ ފަށައިފިއެވެ. ނޮޅިވަރަމްގައި ކުރިއަށްދާ މި މުބާރާތުގައި ހދ. އަތޮޅުގެ 12 ރަށުން 130 ދަރިވަރުން ވާދަކުރާ ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެ އެވެ. މި 130 ބައިވެރިންގެ ތެރޭގައި ހިމެނީ، ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވި 95 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވި 35 ދަރިވަރުން ނެވެ. މި މުބާރާތް ކުރިއަށް ދާނީ މި އޮކްޓޫބަރު މަހުގެ 6 […]
ޔުމްނާ ޢަލީ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިހައިތަނަށް 1410 މީހަކަށް ނަސޭހަތް ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 1410 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކު ޖޫރިމަނާކޮށް، އިތުރު އެހެން ފިޔަވަޅެއް އަޅާފައި އަދިނުވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. ނަންބަރު ބޯޑް […]
މުޙައްމަދު އަފްރާޙް
މުއްސަދިންގެ އަތުން މިހާރު ނަގަމުންދާ އިންކަމް ޓެކްސް އިތުރުކުރުމަށް ތާއީދުކުރައްވާކަމަށް ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެ އެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރ ކަން ވެސް ކުރައްވާފައިވާ ރިޔާޟް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅިފައިވާ، “މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު” އަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ރިޔާޟް ވިދާޅުވީ، އާ...
މުޙައްމަދު އަފްރާޙް
ޔޫރަޕާލީގުގައި ބުރާސްފަތިދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެ ގުރޫޕްގެ ދެވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ. އޮމޯނިއާ އާއި ވާދަކޮށް ޔުނައިޓެޑް މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ. އޮމޯނިއާ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލުޖަހއި ކުރި ހޯދީ އޮމޯނިއާ އިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އީރާންގެ ފޯވާޑް ކަރިމް އަންސަރިފާޑް އެވެ. ބުރުނޯ ގެ އެހީތެރިކަމާއެކު މި ގޯލު އަންސަރިފާޑް ކާމިޔާބު ކޮށްދިނީ މެޗުގެ 34 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު […]
އަލީ ރިޔާޟް
ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ހަރަދުތައް މަތީމިންވަރެއްގައި ހުންނާނެތީވެ، މާލީ ބުރަ ކުޑަކުރުމަށް، ހައްގުވާ ފަރާތްތަކަށް އެކަނި، ކާޑުގެ ބާވަތްތަކާއި ތެލުން ދެމުން އަންނަ ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވޯލްޑް ބޭންކުން ލަފާ ދީފައިވެ އެވެ. ވޯލްޑް ބޭންކުން މިގޮތަށް ލަފާ ދީފައިވަނީ ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގަ އެވެ. މިއަދު ނެރުނު އެންމެ ފަހުގެ ސައުތު އޭޝިއާ އިކޮނޮމިކް […]
އަލީ އާދިލް
ހަރަދުތައް ކުޑަކުރުމަށް ރާއްޖޭގައި އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް މިހާރު ކުޑަކުރެވުނު ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅުންހުރި ހަރަދުތަކުގެ ސަބަބުން އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވޭކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގައި ބުނެފި އެވެ. މިއަދު ނެރުނު އެންމެ ފަހުގެ ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިން ވިތު ޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެސިލިއަންސް ގައިވާ ގޮތުން، […]
އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ މަޝްރޫއަށް ފައިސާ ހަމަޖެހި، މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢްވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއުވާން މިފަދައިން ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ތިލަދުން ނޫހުން ކުރި ސުވާލަކީ ކުޅުދުއްފުށި ސިޓީގައި އެޅުމަށް މި ސަރުކާރުން ވައުދުވެފައިވާ 100 އެނދުގެ އައު ޓާރޝަރީ ހޮސްޕިޓަލުގެ ފެށޭނީ ކިހާތާކުތޯ އާއި އަލަށް ހަދާ […]
މުޙައްމަދު އަފްރާޙް
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރާ ގޮތަށް ކުރިއސްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސިއެރާ ސްޓާ ޖޮއިންޓް ވެންޗާ އާއެވެ. މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ސިއެރާ ކުންފުނީގެ ފަ...
އަޙްމަދު ވަހީދު
މަޖިލީހުގެ މެންބަރުންނަށް މުސާރައާއި ލިބޭ އެކިއެކި ޢިނާޔަތްތައްވެސް މާ ބޮޑު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. ކާނަލް ނާޒިމް ވިދާޅުވީ މިހާރު އޮންނަ ގޮތުން، ކޮންމެ 5 އަހަރަކުން މަޖިލީހުގެ ޢަދަދަށް ބަދަލު އަންނައިރު، މަޖިލީހުގައި މިހާރު ތިއްބަވާ 87 މެންބަރުންނަށް ވެސް ދައުލަތުން ކުރާ ހޭދައަކީ މާ ބޮޑު މިންވަރެއް ކަމުގަ އެވެ. އަދި އެކަން އެހެން އޮތް […]
މުޙައްމަދު އަފްރާޙް
ކ. ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. 1130 މީހުންފެ އާބާދީ ކުޑަ ރަށް ހިންމަފުއްޓަކީ ލޯކަލް ޓޫރިޒަމް ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ރަށެކެވެ. ހާއްސަކޮށް އެރަށަކީ ރާޅާއެޅުމަށް ހާއްސަ މަންޒިލެކެވެ. އެހެންކަމުން ގެސްޓް...
އަޙްމަދު ވަހީދު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މި ވާހަކަތައް ބާއްވާފައި ވަނީ ރައީސް ޞާލިޙް ބަޙްރައިން އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެނ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ”މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ބާއްވާ ތިން ރަށުން މުބާރާތަށް ވެފައިވާ ތައްޔާރީތައް ބެލުމަށް އަތޮޅު ކައުންސިލްގެ ފަރާތުން ދަތުރެއްކޮށްފިއެވެ. ށ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި ފިއެސްޓާގެ މުބާރާތްތަކުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެން، ތިން ރަށެއްގަ އެވެ. އެއީ ފޭދޫ، ނަރުދޫ އަދި ޅައިމަގު ގައެވެ. ށ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ރަށްތައް ހަމަޖައްސާފައިވަނީ ދަތުރުފަތުރާއި އެހެނިހެން ގޮތްގޮތ...
ޔުމްނާ ޢަލީ
ހދ. ވައިކަރަދޫ، މާހާ، އަލްއުސްތާޛާ ޙައްވާ މުޙައްމަދު އަކީ އުނގަންނައިދިނުމުގައި 38 އަހަރު ހޭދަކުރައްވަމުން އަންނަ ފަރާތެކެވެ. ހައްވަ މިސް ނުވަތަ ހައްވަ ޓީޗަރަކީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. ޤުރްއާނުގެ ޢިލްމުން ޑިޕްލޯމާ އަދި ކިޔަވައިދިނުމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޯމާ ހާސިލު ކުރެއްވުމަށްފަހު، އިސްލާމީ ޝަރީޢާއިން އޮނަރސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ޤާނޫނީ ވަކީލެއްވެސްމެއެވެ. ޙައްވާ މުޙައްމަދަކީ، ސްކޫލްގެ މެނޭޖްމަންޓާއި...
ތިލަދުން
ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި އެވެ. ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި މި ގާނޫނަށް އަމަލު ކުރަން ފަށާނީ 2024 ވަނަ އަހަރުން ފެށިގެންނެވެ. މި ގާނޫނު ބުނާގޮތުން ސްމާޓް ފޯނުތަކާއި ޓެބްލެޓުތައް އަދި ކެމެރާތައްވެސް ޗާޖު ކުރުމަށް ބޭނުން ކުރަން ޖެހޭނީ ސީ ޕޯޓް އެވެ. މި ނިންމުމާއި އެކު އެންމެ ބޮޑު އަސަރެއް ކުރާނީ އެޕަލް ކުންފުންޏަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެޕަލް ކުންފުނިން ދަނީ ފެށުނީންސުރެ އެމީހުންގެ ޗާޖަރުތައް […]
މުޙައްމަދު ވަސީމް
ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއަށް ކަމެއްވެއްޖެނަމަ، އެކަން ކުރާނީ އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ކަމަށް މޭރީ ބުނެފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރު އެ ދެ މީހުން ގުޅިގެން މޭރީ މަރާލި ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ނަރުހުންނެވެ. ދައުލަތުން ތުހުމަތުކުރަނީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން […]
ހުސައިން ހަބީބް
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 1200 […]
އަޙްމަދު ވަހީދު
އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އާ ހާބަ ބޭސިން ފުންކުރުމުގެ މަަސައްކަތުގެ 94 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]
އަޙްމަދު ވަހީދު
ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރައްވާނެ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 98 ވެހިކަލެއްގެ ރަޖިސްޓަރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ހަފްތާގައި ބާތިލް ކޮށްފައެވެ. އެއީ ގަވާއިދާ ހިލާފ...
ޔުމްނާ ޢަލީ