ދުނިޔޭގެ މަޝްހޫރު އެމަރެލްޑް ކަލެކްޝަންގެ ދެވަނަ ރިސޯޓް ކަމަށްވާ އެމަރެލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ ހުޅުވައިފިއެވެ.
މި ރިސޯޓް ހުޅުވާފައިވަނީ ރ. އަތޮޅުގައެވެ. މިއީ ފަސް ތަރީގެ ރިސޯޓެކެވެ.
އާ ރިސޯޓާއި އެމެރަލްޑްގެ ފުރަތަމަ ރިސޯޓް، އެމަރެލްޑް މޯލްޑިވްސް އާ ދޭތެރޭގައި ލޯންޗުން އެންމެ 20 މިނެޓުން ދަތުރު ކުރެވޭނެއެވެ.

އެމަރަލްޑްގެ އާ ރިސޯޓުގައި ކޮންޓެމްޕްރަރީ އަދި އިންޑިޕެންޑެންޓް 50 ވިލާ ހުންނައިރު އިންޓަނޭޝަނަލް ކުޒީން ލިބޭ ހަތަރު ރެސްޓޯރަންޓުވެސް ހުރެއެވެ. އަދި ދެ ބާ އާއި އެމަރަލްޑް ސްޕާ އެއްވެސް މި ރިސޯޓުގައި ހުރެއެވެ.
މީގެ އިތުރުން ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސްޕޯޓްސް ސެންޓަރަކާއި ކުޑަކުދިންގެ ކްލަބެއްވެސް މި ރިސޯޓުގައި ހުރެއެވެ.

އެމަރެލްޑް ކަލެކްޝަންގެ މެނޭޖިން ޑިރެކްޓަރު އަލްޑޯ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އެ ކަލެކްޝަންގެ ރިސޯޓުތައް އިތުރު ކުރެވުމަކީ އުފާ ކުރާ ކަމެކެވެ. އަދި އާ ޕްރޮޕަޓީއާއެކު އިތުރު ގެސްޓުންނަށް ހިދުމަތް ދެވި ހިދުމަތް ފުރިހަމަ ކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!