"ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު" ޕްލޭނިން މިނިސްޓްރީން މިއަދާ ހަމައަށް ވެސް ގެޒެޓް ކޮށްފައިނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަހުގެ ހަމަލާތަކެއް، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު، ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އެމްޑީއޭގެ މެމްބަރު އަޙްމަދު އާމިރު އިއްވެވުމުން ނަޝީދު ވިދާޅުވީ އަމަލު ކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އޮތް އިރު، ސަރުކާރުން އެގޮތަށް އަމަލުކުރުން ނޫން ގޮތެއް، ގާނޫނުން ދައްކާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް އަމަލުނުކުރުމަކީ ގާނޫނާ ހިލާފުވުން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެހެންވީމާ ޝަރީއަތަށް ވަޑައިގަތުމަށް މެމްބަރުންނަށް ނިންމެވިދާނެ ކަމަށާއި ނޫންނަމަ. ވަޒީރާ ގުޅޭ ގޮތުން މެމްބަރުންނަށް ގޮތެއް ނިންމެވިދާނެ ކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީގެ މެޖޯރިޓީ ހިމެނޭ ސަރުކާރެއް ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވެސް އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހެއް ކަމަށެވެ.
އަސްލަމްއަކީ ވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ ބޭފުޅެއް ކަމަށާއި އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވާހަކަދައްކަވައިގެން އެދިވަޑައިންނަވާ ގޮތަކަށް ކަންކަން ގެންދިއުމުގެ ފުރުސަތު ވަރަށް ފަހިކޮށް މަޖިލީހުގައި ހުޅުވިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ވަރިހަމަ ކުރައްވާ، އަޅާނުލައްވާ ބާއްވަވާފައި ތިމަންނާއަށް ފެންނަ ގޮތް އެއީ ގޮތް ކަމަށް ނިންމަވާ، އެގޮތަށް އަމަލުކުރައްވަމުން ގެންދިޔުމަކީ، ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫންކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ މިކަމާ ގުޅޭގޮތުން ގާނޫނާ ހިލާފުވެފައިވާ މިންވަރާއި އެކަންކަން އިތުރަށް ކުރިއަށް ގެންދެވުމަށް މެމްބަރުން ވިސްނަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު ފާސްކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި "ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދު" ގެޒެޓް ކުރުމަށްޓަކައި އެ ގަވާއިދު ރައީސް އޮފީހަށް ފޮނުވުމަށް މިނިސްޓްރީއަށް އެންގުމަށް ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!