ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ މުބާރާތް ފެށީ އިތުބާރާއެކު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފުރަތަމަ މެޗު ނައިވާދޫ ކާމިޔާބުކޮށްފިއެވެ. ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލައި، ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމުގައި މިވަގުތު އޮތް ނައިވާދޫ މި މެޗު ކާމިޔާބުކުރީ ނޭކުރެންދޫ އާއި ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮ...