އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލްޖިއަމްގެ ވިންގަރު ޖެރެމީ ޑޮކޫ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކޮށްފިއެވެ. މި އާ އެއްބަސްވުމާއެކު އޭނާ 2031 ވަނަ އަހަރުގެ ނިޔަލަށް ސިޓީގައި މަޑުކުރާނެއެވެ.

އުމުރުން 22 އަހަރުގެ ޑޮކޫ މެންޗެސްޓާ ސިޓީއާ ގުޅުނީ 2023 ވަނަ އަހަރު ފްރާންސްގެ ރެންސްއިންނެވެ. ސިޓީއަށް ބަދަލުވި ފަހުން އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ފާހަގަކޮށްލެވޭ އަދި ބެލުންތެރިން ގަޔާވާފަދަ ކުޅުމެއް ދައްކާ އެއް ވިންގަރަށް ވެފައެވެ.

Ad
rt

އެއްބަސްވުން އާކުރުމަށްފަހު ޑޮކޫ ބުނީ ސިޓީގައި އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށާއި، އަލަށް ހަމަޖެއްސި ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ކުޅެން ކެތްމަދުވެފައިވާ ކަމަށެވެ. މަރެސްކާގެ ކުޅުމުގެ ރޭވުންތައް ބިނާވެފައިވަނީ ވިންގަރުންގެ މައްޗަށެވެ.

"އޭނާގެ ފުޓްބޯޅަ ކުޅުމުގެ ސްޓައިލަކީ އަހަރެމެން ކުޅުންތެރިން ވަރަށް ގަޔާވާ ކަހަލަ ސްޓައިލެއް. އަދި މިއީ ކުޅުންތެރިންނަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޑޮކޫ އިތުރަށް ބުނެފަވެއެވެ.