ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުގައި މުހިންމު ދައުރެއް އަދާކުރި އެއް ރަށް ކަމަށްވާ ހއ. ބާރަށުގައި ވެސް ކުލަގަދަކޮށް ގައުމީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވެއްޖެއެވެ.
ބާރަށަކީ އެތަކުރުފާނުގެ ޖިހާދުގައި ބޭނުންކުރެއްވި އޮޑިކޮޅު، ކަޅުއޮއްފުއްމި ބެންނެވި ރަށެވެ.
ޤައުމީ ދުވަހަށް ތައްޔާރުވުމަށް ބާރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ވަނީ ނަމޫނާ މަސައްކަތްތަކެއްކޮށް ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތްކޮށްފައެވެ. ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރާ އެއް ރަށަކީ ބާރަށެވެ.
ބާރަށުގައި ގައުމީ ދުވަސް ފަހަގަކުރުމަށް ކުރިއަށްގެންދާ ރަސްމީ ކަންކަމުގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޝޯވއެވެ. މި ޝޯވ އިތުރަށް ހާއްސަވާ ސަބަބަކީ ބޮޑުޢީދުގައި ބޮޑު މަގުބޫލްކަމެއް ހޯދި އެރަށަށް ނިންބަތްވާ ޝިޔާމްގެ ހުށަހެޅުން ވެސް މި ޝޯވގައި ފެނިގެންދާނެތީއެވެ. ޒިންމާދާރު ވަޒީފާއެއް ފުރަމުންގެންދާ ޝިޔާމަކީ ގިނަ ބަޔެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ބޭފުޅެކެވެ. ނެށުމަކީ އޭނާ ހޮބީއެއްގެ ގޮތުން ކުރަށްވާކަމަކަށްވާއިރު، ޝިޔާމްގެ އަނބިކަނބަލުންގެ ރަށް ރ. އުނގޫފާރުގައި މިއަހަރު ބޮޑު އީދުގައި އޮތް އީދު ހަރަކާތްތަކުގައި ބައިވެރިވުމުގެ ތެރެއިން ޝިޔާމްގެ ހުށަހެޅުން ''ވިޔަސްހެވޭ ނުވިޔަސްހެވޭ'' އަށް މުޅިރާއްޖޭގެ ލޯ ހުއްޓި ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
ޝިޔާމްގެ ހުށަހެޅުމާއެކު ބާރަށު ކަނބަލުންގެ ފަރި ހަރަކާތްތައް ބާރަށު ޒުވާނުންގެ ދިރުމުގެ ސްޓޭޖް ގައި 15 އޯގަސްޓް 2026 ވާ ހޮނހިރު ދުވަހުގެ ރޭ 9:00 ގައި އޮންނާއެވެ. އަދި 16 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ރޭ ހަމަ އެ ސްޓޭޖްގައި މަޝްހޫރު ހިޔަލަ ގުރޫޕްގެ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.
މި އަހަރުގެ ޤައުމީ ދުވަހަކީ މިއަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!