އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކައި […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ޓޫރިޒަމަށް ފަސްހާސް އަކަފޫޓުގެ ހަތް ބިން ދޫކުރުމަށް ނިންމައި އެކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލް ހަނިމާދޫ ކައުންސިލުން ފާސްކޮށްފިއެވެ. މި އުސޫލުގެ ދަށުން ހަނިމާދޫ ކައުންސިލުން ޓޫރިޒަމަށް ދޫކުރާ ހަތް ބިން، ދޫކުރުމަށް ހަމަޖެހިފައި ވަނީ، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ޓްއަރިޒަމް ބިމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއާޕޯޓް ސަރަހައްދުގެ އުތުރުން އޮންނަ ބީޗް ސަރަހައްދެވެ. ލޭންޑް ޔޫސް ޕްލޭނުގައި އެތަން ފާހަގަކޮށްފައި ވަނީ ޓްއަރިސްޓް ގެސްޓް ހައުސްތައް ހިންގުމަށާއި...
އިބްރާހިމް ޚަލީލް
ހއ. އިހަވަންދޫގައި ޓާފް އަޅައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަންދާ...
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ހުކުމަކީ، އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވައިލަން ކުރި ޙުކުމެއް ކަމަށް ހއ. ވަށަފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި […]
ޔުމްނާ ޢަލީ
ހއ. ވަށަފަރު ކައުންސިލުން އެރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލުން ވިދާޅުވީ މި ޕާކު ތަރައްގީކޮށްފައިވަނީ 3،25،000 ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އެއީ ކައުންސިލުގެ ބަޖެޓުން ކުރި ހަރަދެއް ކަމަށެވެ. މި ޕާކުގައި ބަހައްޓާފައިވާ ސާމާނަކީ ޔޫތް މިނިސްޓްރީން ހަދިޔާކޮށްފައިވާ ތަކެތި ކަމަށާއި އެ ކައުންސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބުނު ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ. […]
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ ލޯގޯ، ދިދަ، ވެބްސައިޓް އަދި ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހު ކޮށްފިއެވެ. ދިއްދޫ ކައުންސިލްގެ ލޯގޯ، ދިދަ، ވެބްސައިޓް އަދި ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހް ކޮށްފައި ވަނީ، ރޭ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން “ޚިދުމަތްތެރިންނާއި އެހީތެރިންގެ ހަނދާނީ ގުލްޒާރު 2022” ގެ ނަމުގައި އެ ރަށުގައި ބޭއްވި ޖަލްސާގައެވެ. އިފްތިތާހް ކޮށްދެއްވާފައި ވަނީ ރޭގެ ޖަލްސާގެ ޝަރަފްވެރި މެހެމާން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖެވެ. ކައުންސިލުގެ ރަސްމީ […]
އިބްރާހިމް ޚަލީލް
ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއިގެ ދަށުން، 10.6 ހެކްޓަރުގެ ބިން ހިއްކުމާއި، […]
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހުރެގެން 15 މިލިއަން ރުފިޔާ އަތުން ގުނުމަށްފަހު އެ ފައިސާ އެހެން މީހަކާ ހަވާލުކުރި ކަމަށް ބުނެ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކޯޓުގައި ދިނީ ދޮގު ހެކިބަހެއް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ކަނޑައަޅައިފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނުގެ ދިފާއުގައި ނަރީޝް ހެކިބަސް ދިނީ އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރަކީ ޑޮލަރު […]
ހުސައިން ހަބީބް
ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި އަށް ކުރިމަތިލީ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުން ކެންޑިޑޭޓް ނަމްބަރު އެ ޕާޓީން އިއުލާން ކޮށްފި އެވެ. އެގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު 1 އެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު 2 އެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. […]
މުޙައްމަދު އަފްރާޙް
ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިންގ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ. މި ކޭމްޕުގެ މައުލޫމާތު “ތިލަދުން” އާ ހިއްސާ ކުރައްވަމުން އެރަށު ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ މި ކޭމްޕު ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މިއީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ހަމައެކަނި އެރަށުގެ […]
މުޙައްމަދު އަފްރާޙް
އަންނަ ހުކުރު ދުވަހު، ޕްރޮގްރެސިވް ކޯލިޝަނުން ބޮޑު އިހުތިޖާޖަކަށް ނުކުންނަން ނިންމާފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއްޖެ އެވެ. މިކަން ހާމަކުރެއްވީ މިއަދު އެ ކޯލިޝަނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ މި އިހުތިޖާޖު އޮންނާނީ މި ޑިސެމްބަރ މަހުގެ 30 ވާ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި މި އިހުތިޖާޖު މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން […]
މުޙައްމަދު އަފްރާޙް
ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ން ބުނެފިއެވެ. އެކުންފުނިން ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓްގެ ޓެކްސީވޭ، އާއި އޭޕްރަން މަސައްކަތްތަކުގެ 93 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި ޓެކްސީވޭއަކާއި، އޭޕްރަން ހެދުމާއި ފަ...
އަޙްމަދު ވަހީދު
ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލްގައި ހޯމަދުވަހު ކުޅުނު މެޗުތަކުން މޮޅުވެ މާޒިންސް އެފްސީ އަދި ޑީސީ ފްރެޓާނިޓީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. ގްރޫޕް އޭ ގައި ކުޅުނު ތިން މެޗުން ދެމެޗު ކާމިޔާބުކޮށް މާޒިންސް ސެމީގެ ޖާގައެއް ހޯދިއިރު، މި ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މިޔާދު ސެނޯން އަދި ސިވިކް ބައްދަލުކުރާ މެޗައްފަހުގައެވެ. މި މެޗު އެއްވަރު ކޮށްލައިގެންވެސް ސެނޯންއަށް ސެމީއަށް ދެވެން […]
އަލީ ރިޔާޟް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމަށްފަހު މިހާރު ސޯޝަލް މީޑިއާގައި އާއި ސައިހޮޓާތަކާއި ކޮފީ މޭޒުތަކުގައި ވެސް އެންމެ ދައުރުވާ ބަހަކީ ސަބަބުވެރި އިންސާނާ އެވެ. ނުވަތަ “ސަބަބުވެރި އިންސާނެއްގެ ވިސްނުން” މިހެންނެވެ. މި ބަސް މިހާ އާންމުވީ ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަރަށް ގިނައިން އެ ޖުމްލަ ބޭނުން ކޮށްފައި ހުރުމުންނެވެ. ގިނަ މީހުންނަށް މިއީ އާ ބަހެކެވެ. އަނެއް ބަޔަކު އެކަން ނެގީ […]
ހުސައިން ހަބީބް
”ގާބަރ” ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ހިލާފަށް އެތެރެކޮށް މާކެޓްކޮށް ވިއްކުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މިހާރަކަށް އައިސް “ގާރބަރ” ބްރޭންޑުގެ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށް މާލޭގެ ފިހާރަތަކާއި މީސްމީޑިއާ މެދުވެރިކޮށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ޅަފަތުގެ ކުދިންނާއި ކުޑަކުދ...
މުޙައްމަދު އަފްރާޙް
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕެއިންގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. ރައީސް ނަޝީދު ކެމްޕެއިން ޓީމްގެ އިސް އޮފިޝަލަކު މިއަދު ”ތިލަދުން’ އަށް ވިދާޅުވީ، މިދަތުރުފުޅު ފައްޓަވަން މިހާރު ޕްލޭންކޮށްފައި އޮތީ މި ޑިސެމްބަރު މަހުގެ 29 ވާ ބްރާސްފަތި ދުވަހު ކަމަށެވެ. އަދި […]
މުޙައްމަދު އަފްރާޙް
މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯއާ) އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި އެވެ. ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭ ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެ އެއްބަސްވުން އައު ނުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާލެ، ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަ ކޮށްފައިވާ ސިނާއީ ސަރަހައްދުން 10000 (ދިހަހާސް) އަކަފޫޓުގެ ބިމެއް 20 އަހަރަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ނިންމާފައި ވަނީ 10000 (ދިހަހާސް) އަކަފޫޓުގެ އެއް ބިން 20 އަހަރަށް އަދި ހަމަ އެ ސަރަހައްދުން 5000 (ފަސްހާސް) އަކަފޫޓުގެ 3 ބިމެއް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްލުމަށެވެ. ހަނިމާދޫ ލޭންޑް ޔޫސް ޕްލޭނުގައި ސިނާއީ ސަރަހައްދުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އެ […]
އިބްރާހިމް ޚަލީލް