އެންމެން ބެލްޓް އަޅައިގެން ބާރަށް ކަމަރު ބަނދެ، އެމަނިކުފާނާއި ބައިވެރިވުމަށާއި އަންނަ އަހަރުގެ ނޮވެންބަރު 11 ގައި ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާފައި ނޫނީ ހުއްޓާ ނުލާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާލުވެއްޖެ އެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގެ ހަރަކާތްތްތައް ފެއްޓުމަށް ބޭއްވި ހަފުލާގައި ރޭ ވާހަކަފުޅު ދައްކަވަމުން ނެވެ. “ފިކުރެއްގެ ދިރުން” […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، މީޑިއާ ބްރީފިންއެއް ނުބާއްވަވާތާ ހައެއްކަ މަސް ވޭތުވުމަށްފަހު އިއްޔެ ހަވީރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުން ފައްޓަވަމުން ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން އެ މަނިކުފާނު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގަތް ވަޢުދުތައް ވެރިކަމުގެ ދައުރުގައި ފާއިތުވި މުއްދަތުގެ ތެރޭގައި ފުއްދިފައިވާ މިންވަރުގެ މައްޗަށް ކުރުކޮށް އަލިއަޅުއްވާލައްވާފައެވެ. ތިރީގައި މި ހިމަނާލަނީ މި މައ...
ޔުމްނާ ޢަލީ
ޖަލަށް ލިޔަސް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަޑު މި ގައުމުން ކަނޑުވައެއް ނުލެވޭނެ ކަމަށް ހއ. އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވެފައި މިވަނީ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން […]
މުޙައްމަދު އަފްރާޙް
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މުޅި މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ އަދި ތާރު އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި […]
އަޙްމަދު ވަހީދު
އެލައިޑް އިންޝުއަރަންސްގެ އިޖުތިމާއީ ޒިންމާ “ޕްރިމިއަމް ފޯ ގުޑް”ގެ ދަށުން މި އަހަރު ތައާރަފު ކުރި ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަނަލް ފަންޑު ލިބޭ ފަރާތްތައް އިއުލާނުކޮށްފިއެވެ. މި ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަމާއި، އިޖުތިމާއީ ހިދުމަތާއި، ތިމާވެށި ރައްކާތެރިކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި...
އަޙްމަދު ވަހީދު
ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ސްޓްރާސްބޯގާ ބައްދަލުކުރި މެޗު ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ. ވޯލްޑް ކަޕް ބްރޭކަށް ފަހު ފްރާންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ މޮޅުވެފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި މެސީ ވޯލްޑް ކަޕަށް ފަހު މިހާތަނަށް އަދި ޓީމާއި ގުޅިފައިނުވާތީ ރޭގެ މެޗުގައި އޭނާ ނުކުޅެއެވެ. ނަމވެސް އެ ޓީމްގެ ތަރިން ކަމަށްވާ އެމްބާޕޭއާއި ނޭމާ ވަނީ ކުޅެފައެވެ. […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކޮށް އަލުން ރައީސް ކަމަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސެނެޓުން ވައުދު ވެއްޖެއެވެ. މިގޮތަށް ވައުދުވެފައިވަނީ މީރުމާ ހޮޓެލްގައި ރޭ ބޭއްވި ޕީޕީއެމް / ޕީއެންސީ ސެނެޓަރުންގެ ކުއްލި ބައްދަލުވުމަށް ހުށަހެޅި ގަރާރަކުން ނެވެ. މި ގަރާރު، ފާސްކުރީ 89 ސެނެޓަރުންގެ ތާއީދާ އެކުގަ އެވެ. ރައީސް ޔާމީނަށް […]
މުޙައްމަދު އަފްރާޙް
ހދ. ކުނބުރުދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެކްސަސް ނެރު ފުންކުރުމުގެ މަސައްކަތާއި، އެކްސަސް މަގު ސާފު ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، ޑީޕް ސްޓްރިޕް ފައުންޑޭޝަން މަސައްކަތާއި، ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، ސްޓޯރޭޖް ޝެޑެއް […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީގައި ދެ މީހަކަށް އެއް ގޯއްޗެއް ދޫކޮށްފައިވާ މައްސަލާގައި އެ ދެ މީހުންނަށް ވަކި ދެ ގޯތި ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. ހޯރަފުށީ ކައުންސިލުން މި ގޮތަށް ނިންމީ އެކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 52 ވަނަ ޢާންމު ބައްދަލުވުމުގައެވެ. ހޯރަފުށީގެ ދެ ރައްޔިތަކަށް އެއް ގޯއްޗެއް ދޫކުރެވިފައިވުމުން ހޯރަފުށީ ކައުންސިލުން ވަނީ އެ ދެ ރައްޔިތުންނަށް ވަކި ދެ ގޯތި ދިނުމަށް ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އެދިފައެވެ. އެކަމަށް […]
ޔުމްނާ ޢަލީ
ސިޙްރު ޖެހުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން މިލިއުމުގައި މި ހިއްސާކޮށްލަނީ “ސިޙްރު ޖެހުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ 11 ކަމެއް” ތިރީގައި ހިއްސާކޮށްލާނަމެވެ. 1- ﷲ އަށް ވަކީލުކުރުން: ފަހެ، މުއުމިނުމީހާގެ ހިތް އަބަދުވެސް ގުޅިފައިވަނީ އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހާއެވެ. އަދި އޭނާގެ ހުރިހާކަމެއް ބަރޯސާކުރާނީ ﷲ އަށެވެ. އަދި ހަމަކަށަވަރުން ﷲގެ އިޛްނަފުޅާ ލައިގެން މެނުވީ އޭނާއަށް އެއްވެސް ގެއްލުމެއް ނުވާނޭކަން...
ތިލަދުން
ކުރީގެ ޢަދަދާއިގުޅޭ، ” އެ ކަޅު ހިޔަންޏަކީ ކާކު؟” އަވަސް އަވަހަށް ޝާމިން ސުވާލުކުރީ އެނގެން ބޭނުންވާފަދަ ގޮތަކަށެވެ. ” ތިބުނީވެސް ހިޔަންޏެކޭ އެއްނު! އާނ އެއީ އަހަރެންގެ ޙަޔާތުގައިވާ ކަޅު ހިޔަންޏެއް! ކުލަވާނެ ކަމުގެ އެއްވެސް އުއްމީދެއްނެތް! ” ފަސްއެނބުރި ދަމުން ޝެރީން ބަލާލިގޮތުން ޝާމިންގެ ހިތަށް އުނދަގޫވިއެވެ. ޝެރީން ނުކުމެގެން ދަންދެންވެސް ޝާމިންއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޝާމިންގެ ބޮލުގައި ރިއްސާލިއެވެ. އެކިފަހަރު މަތިން ޝެރިން ދައްކާފައިހުރި ވާހަކަތައް ހަނދާނަށް އަންނަން ފެށިއެވެ. އެކި...
ސަލާމާ ޢަބްދުލް ޢަލީމް
ވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އެ ޕާޓީން އާންމުކޮށްފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ. ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް ކުރުމަށް އެމްޑީޕީން ރޭ ކުރި ޢިއުލާނެއްގައި ބުނީ އެ ލިސްޓާއި މެދު ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް 1 ޖެނުއަރީ 2023 […]
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރ ރީސް ޖޭމްސްއަށް އަނެއްކާ ވެސް އަނިޔާ ވެއްޖެއެވެ. މިދިޔަ އޮކްޓޯބަރ މަހު ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާއި ދެކޮޅަށް އެ ޓީމް ކުޅުނު މެޗުގައި ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަށް ފަހު، އެ އަނިޔާއިން ރަނގަޅުވެ އޭނާ އެނބުރި ދަނޑަށް ކުޅެން ނުކުމެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗުގައެވެ. ނަމަވެސް ކުރިން އަނިޔާވި ކަކުލަށް އަނިޔާވެ އޭނާ ވަނީ މެޗުގެ […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ އިގްތިސާދު ކޯވިޑް ނަވާރައިގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް މިހާރު ވާސިލް ވެވިއްޖެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިގެންމިދާ 2022 ވަނަ އަހަރަކީ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް އެ ޓީމަށް ލީޑްސްގެ ގޯލު ހުޅުވާލެވޭ ވަރުވީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީއެވެ. އޭނާ […]
އިބްރާހިމް ޚަލީލް
ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ “ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023” ގައި ހަ ޓީމެއް ބައިވެރި ވެއްޖެއެވެ. މި މުބާރާތުގައި ބައިވެރި ވެފައިވާ ޓީމްތަކަކީ ފިއުޗަރ އެފްސީ، އެންވީކޭ، އެފްސީ ބޮޑުމަގު، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީއެވެ. މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދި...
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސްގެ އެމްފައިސާ ކަސްޓަމަރުންނަށް ޖާޒިއާއިން ޑިސްކުންޓް ލިވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ޖާޒިއާއިން ގަންނަ ތަކެއްޗަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކައިގެން 5 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ. މިއީ ލިމިޓެޑް ޓައިމް އޮފާއެކެވެ. މި އޮފާ ކުރިއަށްދާނީ ޖެނުއަރީ މަހުގެ ނިޔަލަށެވެ. ޖާޒިއާ އަކީ ކަސްޓަމް މޭޑް ނުވަތަ ބޭނުން ގޮތަކަށް ޖާޒީ ޑިޒައިން ކުރާ ކުންފުންޏެކެވެ. އެމްފައިސާ ބޭނުން ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މައި އުރީދޫ އެޕްލިކޭޝަން ބޭނުންކޮށްގެން ރަޖ...
އަޙްމަދު ވަހީދު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާއި ގުޅިގެން 7 މީހަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި، 53 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހްގީގު ކުރަމުން އެބަދާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތ...
ޔުމްނާ ޢަލީ