މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1158 ވަނަ ޞަފްޙާ

އުލިގަމު "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ފަށައިގެން ފޯރީގައި ކުރިއަށް

އުލިގަމު "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ފަށައިގެން ފޯރީގައި ކުރިއަށް

ހއ. އުލިގަމުގައި ބާއްވާ “ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023” ފަށައިގެން ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ. އުލިގަމުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަސްފިހުމުގެ ހަރަކާތެވެ. އުލިގަމުގެ ސަޤާފަތެއްގެ ގޮތުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތް ފެށިގެންއައި ގޮތް ސީދާ އެނގެން ނެތްނަމަވެސް އެ ހަރަކާތް ކުރިން ބާއްވަމުން އައިސްފައިވަނީ ޝައްވާލު މަހުގެ ހަ ރޯދަ ނިންމުން ފާހަގަ ކުރުމުގެ ގޮތުންނެވެ. ޒަމާން ބަދަލުވެ މަސްފިހުމުގެ ހަރަކާތް ބާއްވާ...

ޔުމްނާ ޢަލީ
މަޝްހޫރު ނާރުގެ ޑަކްޓަރު އަހްމަދު ރަޝީދު ކޭއާރުއެޗުގައި ބަލިމީހުން ބައްލަވަނީ

މަޝްހޫރު ނާރުގެ ޑަކްޓަރު އަހްމަދު ރަޝީދު ކޭއާރުއެޗުގައި ބަލިމީހުން ބައްލަވަނީ

އައިޖީއެމްއެޗްގެ ނާރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ރަޝީދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ތިން ދުވަހުގެ މުއްދަތަށް ބަލިމީހުން ބައްލަވާގޮތަށް ހަމަޖެހިއްޖެއެވެ. ކޭއާރުއެޗުން ވިދާޅުވެފައިވާ ގޮތުގައި ނާރުގެ ބަލިތަކުގެ ހާއްސަ ޑަކްޓަރު، ޑރ. އަހުމަދު ރަޝީދު އެ ހޮސްޕިޓަލްގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައި ވަނީ މި ޖެނުއަރީ މަހުގެ 15 އިން 17 އަށެވެ. ޑަކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ވެއިޓްލިސްޓް ކުރުމުގެ ފުރުސަތުވެސް މިހާރު އެ ހޮސްޕިޓަލުން ހުޅުވާލާފައި...

ޔުމްނާ ޢަލީ
''ކުނބުރުދޫގައި ގާއިމުކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އަންނަ މާޗު މަހު އޮޕަރޭޝަނަށް ގެނެވޭނެ'''

''ކުނބުރުދޫގައި ގާއިމުކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އަންނަ މާޗު މަހު އޮޕަރޭޝަނަށް ގެނެވޭނެ'''

ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އަންނަ މާރޗު މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާ އިން ވިދާޅުވެއްޖެ އެވެ. މިދިޔަ ޖޫން މަހު، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން އެރަށަށް ވަދެނިކުތުމަށް ބޭނުންކުރާ ނެރު ފުންކުރުމާއި، ކުނި މެނޭޖްކުރާ ސަރަހައްދުގެ މަގު ސާފުކުރުމުގެ މަސައްކަތާއި، ޑީޕް ސްޓްރިޕް ފައުންޑޭޝަން ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވސް މިހާރު ނިމިފައިވާކަމަށް ވިދާޅުވި އެވެ. މި […]

މުޙައްމަދު އަފްރާޙް
އައްބާސް އާދިލް ރިޒާގެ ބަންދަށް 7 ދުވަސް އިތުރުކޮށްފި

އައްބާސް އާދިލް ރިޒާގެ ބަންދަށް 7 ދުވަސް އިތުރުކޮށްފި

ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް 7 ދުވަސް އިތުރުކޮށްފި އެވެ. އައްބާސް އާދިލް ރިޒާގެ ބަންދުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފައި މިވަނީ، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަ...

މުޙައްމަދު އަފްރާޙް
''ގެއްލުނު ދެ މީހުން ދަތުރުކުރި ތެޔޮބޯޓު އޮޔާދަނިކޮށް ފެނުނު''

''ގެއްލުނު ދެ މީހުން ދަތުރުކުރި ތެޔޮބޯޓު އޮޔާދަނިކޮށް ފެނުނު''

ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނައިރު، އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުން ދަނީ، މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ. އެ ދެ އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. […]

ޔުމްނާ ޢަލީ
މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ އާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ

މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ އާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ

މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ އާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ އާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު އެ އިދާރާގެ އެމްއާރުސީސީއަށް ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާ ކަމުގެ ރިޕޯޓު […]

ޔުމްނާ ޢަލީ
ހޯޯރަފުށީ ބަނދަރު މަގުގައި އިންދުމަށް ކަދުރު ރުއް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ހޯޯރަފުށީ ބަނދަރު މަގުގައި އިންދުމަށް ކަދުރު ރުއް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު މަގުގައި އިންދުމަށް ބޭނުންވާ ކަދުރު ރުއް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 9 ވަނަ ދުވަހު 11:00 ގައި ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، މިބައްދަލު ވުމުގައި އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކިރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ޙަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު...

އިބްރާހިމް ޚަލީލް
އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުޙަބާއެއް

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުޙަބާއެއް

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ. ރާއްޖެއަށް މިއަހަރު އެންމެފުރަތަމަ އައީ ރަޝިޔާގެ ފަތުރުވެރިއެއް ކަމަށްވާ ކޮލައި ސްޓްރޭޓިކަކް އެވެ. އޭނާ އަށް ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެމްއޭސީލްއެލް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ ހާއްސަ ހަރަކާތެއް ބާއްވަމުން ނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔ...

މުޙައްމަދު އަފްރާޙް
ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ: ރައީސް

ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ: ރައީސް

ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ ނިމިދިޔަ 2022 ވަނަ އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މީލާދީ ގޮތުން މި ފެށުނު 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ، ނިމިގެން ދިޔަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށެވެ....

ޔުމްނާ ޢަލީ
ގޮންޖެހުންތަކާ އެކުވެސް ނިމިދިޔަ އަހަރު ގިނަ ކާމިޔާބީތަކެއް ހޯދުނު: ރައީސް

ގޮންޖެހުންތަކާ އެކުވެސް ނިމިދިޔަ އަހަރު ގިނަ ކާމިޔާބީތަކެއް ހޯދުނު: ރައީސް

ގޮންޖެހުންތަކާ އެކުވެސް ނިމިދިޔަ 2022 ވަނަ އަހަރު ކާމިޔާބީތަކެއް ހޯދުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ފެށުނު މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވުމަށް ކުރެއްވި ޓްވީޓުގަ އެވެ. މި ޓްވީޓުގައި ވިދާޅުވެފައިވަނީ މިފެށުނު އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރެއް ކަމުގައިވުމަށް އެދިވަޑައިގަންވާ ކަމަށެވެ. އަދި މިއަހަރު އިތުރު ފުރުސަތުތަކެއް ތަނަވަސްވެ، ފަހި ގޮތްތަކެއް މެދުވެރިވާނ...

މުޙައްމަދު އަފްރާޙް
ބްރައިޓަން ބަލިކޮށް އާސެނަލް ހަމަޖެހިލައިފި

ބްރައިޓަން ބަލިކޮށް އާސެނަލް ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ބްރައިޓަން ބައްދލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް ހަމަޖެހިލައިފިއެވެ. ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި އެވަޓަން ރޭ ބައްދަލުކުރި މެޗު އެއްވަރުވުމުން މިހާރު ސިޓީއާއި އާސެނަލްއާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 16 މެޗުން ލިބުނު 43 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް ލިބިފައި ވަނީ 16 މެޗުން 36 ޕޮއިންޓެވެ. ބްރައިޓަންގެ […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ޙައްޤުގައި (13)

ސިލްސިލާ ވާހަކަ: ޙައްޤުގައި (13)

ކުރީގެ ޢަދަދާއިގުޅޭ، ” އަހަންނަށް މަޢާފްކުރޭ ޝެރީން! ” ޝާމިން އަވަސް އަވަހަށް ބުންޏެވެ. އޭރުވެސް ޝެރީންއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. ” ނުދޭ! ޕްލީޒް….” ޝާމިންއަށް ބުނެވުނެވެ. އެއާއިއެކު ކަރުނައިން ފުރިގެންވާ ލޮލަކުން ޝެރިން ހިނިތުންވެލިއެވެ. ” ޝާމިން؟ އަހަންނަށް މި ފެންނަނީ ޙަޤީޤަތެއްތަ؟ ” ޝެރީންގެ ޖުމްލައަށް ޝާމިން ބޯޖަހާލިއެވެ. އެއާއެކު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ޝާމިންގެ ގައިގައި ބާރުބާރަށް ބައްދައިގަތެވެ. ޝެރީންގެ އެ ބަރަކާތުން ޝާމިންއަށް ލިބު...

ސަލާމާ ޢަބްދުލް ޢަލީމް
ހޯރަފުށީ އައުޓްޑޯ ވޮލީކޯޓުގެ ރޮސްޓްރަމް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހޯރަފުށީ އައުޓްޑޯ ވޮލީކޯޓުގެ ރޮސްޓްރަމް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ވޮލީކޯޓުގެ ރޮސްޓްރަމްގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީވުމަށް މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓަރީގެ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމެވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މަސައްކަތާއި ގުޅޭގޮ...

އިބްރާހިމް ޚަލީލް
ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ، މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ. […]

ޔުމްނާ ޢަލީ
އެސްޕަނިޔޯލް އަތުން މޮޅުނުވެވި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފި

އެސްޕަނިޔޯލް އަތުން މޮޅުނުވެވި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފި

ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. މިރޭ ބާސާގެ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކްރިސްޓެސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ […]

އިބްރާހިމް ޚަލީލް
މިރޭ އެމްޓީސީސީން ފެރީ އާއި ބަސް ދަތުރުގެ ވަގުތު އިތުރު ކޮށްފި

މިރޭ އެމްޓީސީސީން ފެރީ އާއި ބަސް ދަތުރުގެ ވަގުތު އިތުރު ކޮށްފި

އައު އަހަރާ ގުޅުވައިގެން މިރޭ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބަހާއި ފެރީ ދަތުރުތައް ކުރާ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މިރޭ ހުޅުމާލެއިން މާލެއަށް 00:30ގައާއި 1:00ގައި އިތުރު ފެރީ ދަތުރުތަކެއް ތަވާލު ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިރޭ ދަންވަރު 2:00އާ ހަމައަށް އެކި ރޫޓުތަކުގެ ބަސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބު...

އަޙްމަދު ވަހީދު
ބެންޗުން އަރައި ރަޝްފޯޑް ޖެހި ލަނޑުން ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ބެންޗުން އަރައި ރަޝްފޯޑް ޖެހި ލަނޑުން ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑް މި މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވަނީ ޑިސިޕްލިނަރީ މައްސަލައަކާއި ގުޅިގެންނެވެ. ރަޝްފޯޑްގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ގަނާޗޯއަށެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފަށް ރަޝްފޯޑް...

އިބްރާހިމް ޚަލީލް
ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ ސިންތެޓިކް ޓްރެކްގައި

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ ސިންތެޓިކް ޓްރެކްގައި

އައު އަހަރަށް މަރުހަބާ ކިޔުމަށް ހުޅުމާލޭގައި މިރޭ ހަވާ އަރުވާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި މިރޭ 00:00 ގައި، ހުޅުމާލޭގައި ހަވާ އަރުވާނީ ސިންތެޓިކް ޓްރެކްގައެވެ. އައު އަހަރަށް މަރުހަބާ ކިޔުމަށް ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައިވާއިރު، އައު އަހަރު ފާހަގަ ކުރުމަށް މިރޭ ހުޅުމާލޭގައި އަންނަނީ މިއުޒިކް ޝޯ އެއް ވެސް ދެމުންނެވެ. “މޯލްޑިވްސް ވާއު ފެސްޓް” ގެ ނަމުގައި ޔޫތް އެންޑް ސްޕޯޓްސް […]

ޔުމްނާ ޢަލީ