މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1113 ވަނަ ޞަފްޙާ

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 86 ބޭފުޅަކަށް ދެއްވައިފި

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 86 ބޭފުޅަކަށް ދެއްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ 86 ބޭފުޅަކަށް މިރޭ ދެއްވައިފިއެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަންހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ގައުމީ އިނާބެހޭ ކޮމެޓީން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ މިރޭ މާލޭ ސިޓީގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާޙީމް މުޙައްމަ...

ޔުމްނާ ޢަލީ
ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދެނީ

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދެނީ

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލަ މިރޭ 22:02 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. ”އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން” ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރަށް ގެންގޮސްފައެވެ. މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް […]

ޔުމްނާ ޢަލީ
''ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު''

''ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު''

ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ފެނިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އުމުރުން 31 އަހަރުގެ އާސިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި […]

ޔުމްނާ ޢަލީ
އާސެނަލް ސަޕޯޓަރުން ޑިބްރޭނާއާއި ދިމާލަށް އެއްޗެހިއުކި މައްސަލަ ބަލަނީ

އާސެނަލް ސަޕޯޓަރުން ޑިބްރޭނާއާއި ދިމާލަށް އެއްޗެހިއުކި މައްސަލަ ބަލަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 3-1 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި، ސިޓީގެ މިޑްފީލްޑަރ ކެވިން ޑިބްރޭނާއާއި ދިމާލަށް އާސެނަލް ސަޕޯޓަރުން އެއްޗެހި އުކި މައްސަލަ އިނގިރޭސި އެފްއޭއިން ތަހުގީގް ކުރަން ފަށައިފިއެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތުހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޑިބްރޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކެލްވިން ފިލިޕްސް ކުޅެން ނުކުތްއިރު، ބަދަލު ބޯޑު ދެއްކުމާއިއެކު ޑިބްރޭނާ ވަނީ ދަނޑުގެ ދުރުފަޅިން ފައިބާފައެވެ. ދަނޑުން ފައިބައި […]

އިބްރާހިމް ޚަލީލް
ނިދީގައި ހަމަލާދޭ "އަލްކަބޫސް" ޖިންނި

ނިދީގައި ހަމަލާދޭ "އަލްކަބޫސް" ޖިންނި

މިއީ އަލްކަބޫސް ކިޔާ ޚާއްޞަ ޖިންނިއެއްގެ ވާހަކައެވެ. މިއީ ނިދީގައި ހަމަލާދޭ ނުވަތަ މީހުންނާ ނިދީގައި ހުށަހެޅި ގަންނަ ޖިންނިއެކެވެ. މިއީ ވަރަށް ގިނަ މީހުންނަށް ކުރެވިފައިވާނެ ތަޖުރިބާއެވެ. މިގޮތަށްވުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި “ހަންޑިހުއްޓުވުން” ކިޔައެވެ. އެހެން ނަމަވެސް ޑޮކްޓަރީ ގޮތުން ނިދީގައި މި ދިމާވާ މައްސަލައަށް ކިޔަނީ “ސްލީޕް ޕެރަލައިލިސް” އެވެ. މިކަމުގެ އަލާމާތްތަކަކީ 1. މެއަށް ފިތި ބާރުވުމާއި ނޭވާހާސްވުން. 2. މޭމައްޗަށް ބަރު އެއްޗެއް އަރުވާފައިވާކަމުގެ އިހުސާސްވުމާއި ނޭވާލާން އުނގަ...

ޢަބްދުﷲ ސަޢީދު
ހިތަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ 53 އިންސައްތަ ނިމިއްޖެ

ހިތަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ 53 އިންސައްތަ ނިމިއްޖެ

ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 53 އިނަސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 6,891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 100 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް

ދިރުވާލައިގެން މަސްތުވާތެކެތި އެތެރެކުރަން އުޅުނު ލެޓްވިއާ އަށް ނިސްބަތްވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. ފުލުންގެ ޚިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް އުމުުރުން 46 އަހަރުގެ ލެޓްވިއާ ފިރިހެނެއް ގެންދިޔަކަން ފުލުހުންގެ ޚިދުމަތުން ހާމަކުރީ މި މަހު 14 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅު...

ޔުމްނާ ޢަލީ
އިސްރާއިލް މީހަކަށް ދެ ލައްކަ ރުފިޔާ ދޭން ދިވެހި ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި

އިސްރާއިލް މީހަކަށް ދެ ލައްކަ ރުފިޔާ ދޭން ދިވެހި ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި

އިސްރާއިލްގެ ދެ މީހަކު ރާއްޖެ އަންނަން ހެއްދި ބުކިން ކެންސަލްވި މައްސަލާގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެ މީހުންނަށް ދައްކަން ދިވެހި ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އިސްރާއިލްގެ ދެ މީހަކު ރާއްޖެ އަންނަންވެގެން ދިވެހި ކުންފުންޏެއް މެދުވެރިކޮށް ބުކިން ހައްދައި، 19،000 ޑޮލަރު ދައްކާފައި ވަނިކޮށް ބުކިން ކެންސަލްކުރީ ކޮވިޑް-19 އާ ގުޅިގެން ދަތުރު ނުކުރެވޭތީ އެވެ. ބުކިން ފައިސާ އާއި ފައިސާ ގާނޫނީ ހަރަދާ އެކު 23،000 ޑޮލަރު […]

ހުސައިން ހަބީބް
ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނަި (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 20 އިންސައްތަ ފުރިހަމަ ކުރެވިފައެވެ. އަދި، ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ 27 އިންސައްތަ ފުރިހަމަ ކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ […]

އަޙްމަދު ވަހީދު
ބާ ދަގަނޑު ވިޔަފާރިއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދޫކުރަނީ

ބާ ދަގަނޑު ވިޔަފާރިއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދޫކުރަނީ

ބާދަގަނޑުގެ ވިޔަފާރި ކުރާ މީހުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުރު މުއްދަތަކަށް ބިން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. އެޗްޑީސީން ބުނީ ފޭސް ދޭއްގައި އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާތީ އިމާރާތް ކުރާ ސައިޓުތަކުން ގިނަ އަދަދަކަށް ބާ ދަގަނޑު އުފެދެމުން ދާ ކަމަށެވެ. އެކަމާއި ގުޅިގެން އެ ވިޔަފާރި ކުރާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުންޏެވެ. އެފަދަ ފަރާތްތަކުން ދަނީ ފޭސް ދޭއްގެ މަގުތަކާއި ހުސް ޖާގަ […]

އަޙްމަދު ވަހީދު
ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގައި އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރިކަން ސާބިތުވެ، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ. ހަސަން ސައީދު ސަސްޕެންޑު ކުރަން ނިންމާފައި ވަނީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ޖޭއެސްސީއިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ […]

ހުސައިން ހަބީބް
އަދާލަތުން ވިއްކާނީ ''އޮރިޖިނަލް ބްރޭންޑެއް''، ޖަހާ ހިސާބު ދިމާވާނެ: ތޫބާ

އަދާލަތުން ވިއްކާނީ ''އޮރިޖިނަލް ބްރޭންޑެއް''، ޖަހާ ހިސާބު ދިމާވާނެ: ތޫބާ

އަންނަ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އަދާލަތު ޕާޓީ (އޭޕީ) އިން ޖަހާ ހިސާބު ދިމާވާނެ ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޠޫބާ ރަޝީދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމައެވެ. ސެޕްޓެމްބަރު މަހުގެ 9 ވަނަ […]

ޔުމްނާ ޢަލީ
ފަސޭހަކަމާއިއެކު އެލްޗޭ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ފަސޭހަކަމާއިއެކު އެލްޗޭ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ތާވަލުގެ ފުލުގައި އޮތް އެލްޗޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ކާމިޔާބު ކުރުމަށް ފަހު ރޭ ލީގުގައި އެލްޗޭއާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (7)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (7)

ކުރީގެ ޢަދަދާއިގުޅޭ، ” ދެން ޒައިން ލޯބިވާ މީހަކު ނުހުރޭތަ؟” ޒައިންގެ ލޮލުގެ ތެރެއަށް ފީނައިގަންނަމުން ނަދާއެހިއެވެ. އެއާއިއެކު އުޝާގާތު އޭނާ ވީ ޙަޤީޤަތެއްނެތް ލޯބީގެ ވަޢުދުތަކާއި އަހުދުތައް ހަނދާންވިއެވެ. އެ ހަނދާންތަކުން ހިތަށް އުނދަގޫކުރުވަން ފެށިއެވެ. ނަމަވެސް ކުރިމަތީގައި ހެވިފައި އިން ނަދާފެނި، ޒައިން ބޭނުންވީ އުޝާ މަތިން ހަނދާން ނައްތާލާށެވެ. އޭނާގެ ޙަޔާތުގައި ލިޔެވިފައިވާ އެ ބާބު އެއްކޮށް ފޮހެލާށެވެ. ” ލޯބި ދޯ؟ ” ހިނިގަނޑެއް ޖަހާލަމުން ޒައިން ބަލާލީ ނަދާގެ މޫނަށެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ހޯދުނު އަދަދަށްވުރެ އޭސީސީން ދެއްކި ކުލީގެ އަދަދު މާ ބޮޑު: ޢަލީ

ހޯދުނު އަދަދަށްވުރެ އޭސީސީން ދެއްކި ކުލީގެ އަދަދު މާ ބޮޑު: ޢަލީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދިގެން ވޭތުވި އަހަރުތަކުގައި އެ އިދާރާއަށް އަނބުރާ ހޯދުނު ފައިސާގެ އަދަދަށްވުރެ އެ އިދާރާ ހިންގުމަށް އިމާރާތްތަކަށް ދެއްކި ކުލީގެ އަދަދު މާ ބޮޑުކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. މަޝްހޫރު ޤާނޫނީ ވަކީލު، ޢަލީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި […]

ޔުމްނާ ޢަލީ
ޗެމްޕިއަންސް ލީގް: ޑޯޓްމަންޑް އަތުން ޗެލްސީ ބަލިވެއްޖެ

ޗެމްޕިއަންސް ލީގް: ޑޯޓްމަންޑް އަތުން ޗެލްސީ ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ޕްރިމިއާ ލީގުގެ ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައި ވަނީ ކަރީމް އަޑޭމީއެވެ. ޑޯޓްމަންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަޑޭމީ ވަނީ އަމިއްލަ […]

އިބްރާހިމް ޚަލީލް
އާސެނަލް ބަލިކޮށް ސިޓީ އެއްވަނައަށް

އާސެނަލް ބަލިކޮށް ސިޓީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ސިޓީއަށް ތާވަލުގެ އެއްވަނަ ލިބުުނު ފުރަތަމަ ފަހަރެވެ. ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައި މި ވަނީ އާސެނަލްއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ލީގުގައި ސިޓީން […]

އިބްރާހިމް ޚަލީލް
ކޯލިޝަން ހެދުމުގެ ބާރު ރައީސަށް

ކޯލިޝަން ހެދުމުގެ ބާރު ރައީސަށް

އަންނަ ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ)އިން ކޯލިޝަން ހެދުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މިގޮތައް ފާސްކުރީ މިރޭ މާލޭ އިއްޒުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ރައީސަށް އެ ބާރު ދިނުމަށް ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ. ހަތަރު މެމްބަރ...

ޔުމްނާ ޢަލީ