ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ މިރޭ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގިތުގައި ރިޟާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯދަމުންގެންދަވަނިކޮށް މެލޭޝިޔާގައެވެ. ރިޟާ ވަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. ރިޟާ އަކީޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ މެމްބަރެކެވެ. ޕީ.ޕީ.އެމް އަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ރައްޔިތު...
އަޙްމަދު ވަހީދު
އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅި 6 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް މިއަދު އެ ކޮމިޝަނުން ނިންމައިފިއެވެ. އެ ޕާޓީ ތަކަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނެޝަނަލް […]
ޔުމްނާ ޢަލީ
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރުމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިއަދު ނިންމައިފިއެވެ. އަދާލަތު ޕާޓީން މިގޮތައް ނިންމީ އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ ހިމަނައިގެން ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ރައީސް ޞާލިޙް ދަޢުވަތު ދެއްވާފައިވާތީ، އެކަމާއި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާ ހިންގުމަށްފަހުއެވެ. އެކަން ބަޔާންކޮށް އަދާލ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ސައޫދީ ސަރުކާރުން 1000 ކޯޓާ މިއަހަރު ދެއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި، 1444 ވަނަ އަހަރު ދިވެހި ރާއްޖެއިން ޙައްޖަށް ގެންދިއުމަށްޓަކައި ކޯޓާ އެއްބަސްވުމުގައި ދެ ޤައުމު މިނިސްޓަރުން މިހާރު ވަނީ ސޮއިކުރައްވާފައެވެ. ”އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ގެންދަވަނީ ކުރައްވަމުން” އިސްލާމިކް މިނިސްޓްރީން ވިދާޅުވެފަވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވާ ގޮތުގައި 1444 ވަ...
ޔުމްނާ ޢަލީ
ދައުލަތުގެ ހިންގުމުގެ ސިޔާސަތަކީ ޤައުމީ ވިސްނުންތެރިކަމެއް ނެތް ސިޔާސަތެއްކަން ރިޔާސީ ބަޔާނުން ހާމަވިކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެމްއެންޕީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެ ގަވާއިދުގައިވާ މުއްދަތުގައި މިއަހަރުގެ ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވާފައި ނުވަތީ، މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީއެއްގެ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދެއްވައި މަޖިލީހަށް ހުށަހެޅުއްވި ޖަވާބުގައެވެ. މި ޖަވާބުގައި ބ...
ޔުމްނާ ޢަލީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް 4 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވައިފިއެވެ. އެ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް މެމްބަރަކު އައްޔަން މިކުރަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 15 ގައި ހަމަވާތީއެވެ. ބްރޯޑްކޮމް އަށް އައްޔަންކުރެއްވުމަށް ފޮނުއްވެވި ނަންތައް 1- ޝިހާމް މުޙައްމަދު ވަޙީދު، ރސ.5143 2- ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ، ދ.ކުޑަހުވަދޫ 3...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް ބާކީ އޮތީ އެއް ދުވަހެވެ. އެ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކުންކުރެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށެވެ. ޖޭޕީގެ ނައިބު ލީޑަރުގެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލައްވައި ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އޭގެތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ، ޒުވާން، ޖޯޝްހުރި ސިޔާސީ ބޭފުޅެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝާޙްއެވެ. ޖުމްހޫ...
އަލީ އާދިލް
މިދިޔަ މަހު ފެމިލީ ކޯޓުގައި 195 ކައިވެނި ކުރިއިރު 127 މީހަކު ވަރިކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 195 ކައިވެނިކޮށް އަދި 127 މީހަކު ވަރިކޮށްފައިވާތީ ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދަކަށް ވަރި ކޮށްފައިވެ އެވެ. އެ ކޯޓަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅީ ވެސް ވަރީގެ މައްސަލަތަކެވެ. […]
ހުސައިން ހަބީބް
މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ 4 މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފި އެވެ. އެ އިދާރާއިން ވިދާޅުވީ އެމީހުން ހައްޔަރުކުރީ މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. ފުލުހުން ވިދާޅުވީ އޭގެތެރޭގައި ހިމެނެނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި ހަމަ އެ އުމުރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށެވެ. މީގެތެރެއިން ދިވެހި ފިރިހެން [...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “ސުޕަވައިޒާސް ފޯރަމް 2023″ ބާއްވައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންއާއި އެޗްއާރު ޑިވިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ. މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، 88 ސައިޓް ސުޕަވައިޒަރުން...
އަޙްމަދު ވަހީދު
ބެސްޓް ބަޑީ އިން ރޯދަ މަހަށް ހާއްސަ “ބެސްޓީ ރޯދަ ސޭލް” ފަށައިފިއެވެ. އެ ފިހާރައިން ބުނެފައިވާ ގޮތުގައި ބެސްޓް ބަޑީން ކުރާ ކޮންމެ 100ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޫޕަން ހުށަހަޅާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގު ހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮމޯޝަންގެ ދަށުން އެއްްވަނައަށްދާ ފަރާތަކަށް ރަށު ޕިކަޕެއް ލިބޭނެއެވެ. އަދި ދެވަނައަށްދާ ފަރާތަކަށް ސްމާޓް ޓީވީއެއް ހުށަހަޅާފައިވާއިރު ތިންވަނައަށްދާ ފަރާތަކަށް […]
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ލިވަޕޫލާއި ޗެމްޕިއަން ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ތަފާތުބޮޑުކޮށް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލާއި ފިޔަވަޅަކާއި ގާތަށް ރެއާލް ޖެހިލައިފިއެވެ. ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުން މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބުކުރީ ލިވަޕޫލުންނެވެ. ނަމަވެސް ރެއާލުން ވަނީ ފަހަތުން އަރައި ލިވަޕޫލްކޮޅަށް ފަސް ލަނޑު ޖަހާފައެވެ. ލިވަޕޫލުން މެޗުގެ […]
އިބްރާހިމް ޚަލީލް
އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ހާބަ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 44 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 52,271 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 35,849 ކިއުބިކް މީޓަރުގެ ނެރު […]
އަޙްމަދު ވަހީދު
މިއުޒިކަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަރަށް ފަސޭހައިން މިއުޒިކަލް އައިޑޮލްގެ ޓިކެޓް އުރީދޫ މޯލްަޑިވްސްގެ އީކޮމާސް ޕްލެޓްފޯމް، މޫލީ އިން ލިބޭގޮތް ހަދައިފިއެވެ. މިއުޒިކަލް އައިޑަލް އަކީ 3 މާޗް 2023 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ދިވެހި އަދި އިންޑިއާގެ ހުނަރުވެރިން ލަވަކިޔުންތެރިންނާއެކު ބާއްވާ މިއުޒިކް ޝޯއެކެވެ. އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ގެ ހުނަރު މި ޝޯއިންފެނިގެންދާނެއެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެ...
އަޙްމަދު ވަހީދު
ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވި ދުވުންތެރިޔާ ނަސްރުﷲ އަހްމަދުގެ 88 ވަނަ މެރަތަން ދުވުމަށް މާދަމާ ފުރާނެއެވެ. އިންޑިއާގެ ނިއުދިއްލީގައި އޮންނަ ‘އެޕޯލޯ ޓަޔަރ ނިއުދިއްލީ މެރަތަން 2023’ ގައި ބައިވެރިވުމަށް ނަސްރު ފުރުމަށް ނިންމާފައިވަނީ މާދަމާ މެންދުރުއެވެ. ‘ތިލަދުން’ އަށް ނަސްރު ބުނީ މިފަހަރުގެ އުއްމީދަކީވެސް 4 ގަޑިއިރަށްވުރެ އަވަހަށް މެރަތަން ނިންމުން ކަމަށެވެ. “މިފަހަރުވެސް މިބަލަނީ 4 ބްރޭކް ކުރެވޭތޯ.” ނަސްރު ބުންޏެވެ. މި މަހުގެ 26 ވާ އާދިއްތަ ދުވަހު […]
މުޙައްމަދު އަފްރާޙް
ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތު ތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިމިޓުކޮށްފިއެވެ. ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން އެ ބޭންކުގެ މޯބައިލް ވޮލެޓް މެދުވެރިކޮށް ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަގަކީ 750 ރުފިޔާ ކަމަށެވެ. ކުރިން މިފަދަ މުއާމަލާތު ތަކުގައި ބޭންކުން ވަކި ލިމިޓެއް ކަނޑައަޅައިފައި ނުވެއެވެ. ބޭންކުން ބުނެފައިވާ ގޮތުގައި ކޮންމެ މުއާމަލާތަކަށް 750 ރުފިޔާގެ ލިމިޓެއް ކަނޑައަޅާފައިވާއިރު […]
އަޙްމަދު ވަހީދު
ހުޅުމާލެ އަކީ މިވަގުތު ރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށެވެ. ދެވަނަ ފިޔަވަހީގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެ ކުންފުނިން، ވިޔަފާރީ ވެރިންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް...
އަޙްމަދު ވަހީދު
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ދިރާސީ އައު އަހަރު (2023-2024)ގެ އެކަޑަމިކް ކަލަންޑަރު މިއަދު އާންމުކޮށްފިއެވެ. މި ކަލަންޑަރުގައިވާގޮތުން 2023-2024 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފަށާނީ 6 އޯގަސްޓް 2023 ގައެވެ. މިކަލަންޑަރުގައިވާގޮތުން ފުރަތަމަ ޓާމްގެ މިޑްޓާމް ބުރޭކް ލިބޭނީ އޮކްޓޯބަރު 15 އިން 19 އަށެވެ. އަދި ފުރަތަމަ ޓާމްގެ ޗުއްޓީއަކީ 24 ޑިސެމްބަރު 2023 އިން 6 ޖެނުއަރީ 2024 އަށެވެ. ގްރޭޑް 12ގެ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ އިމްތިހާނު މިއަހަރުގެ 7 […]
ޔުމްނާ ޢަލީ