ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތު ތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިމިޓުކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން އެ ބޭންކުގެ މޯބައިލް ވޮލެޓް މެދުވެރިކޮށް ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަގަކީ 750 ރުފިޔާ ކަމަށެވެ.

Ad
rt

ކުރިން މިފަދަ މުއާމަލާތު ތަކުގައި ބޭންކުން ވަކި ލިމިޓެއް ކަނޑައަޅައިފައި ނުވެއެވެ.

ބޭންކުން ބުނެފައިވާ ގޮތުގައި ކޮންމެ މުއާމަލާތަކަށް 750 ރުފިޔާގެ ލިމިޓެއް ކަނޑައަޅާފައިވާއިރު ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ވެސް ކުރެވޭނީ ގިނަވެގެން 10 މުއާމަލާތެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެނައީ ކިޔުއާރު ޕޭމަންޓުތައް މަދު ކުރުމުގެ މަގުސަދުގައެވެ.

ބީއެމްއެލް އިން ބުނީ ކިޔުއާރު ބޭނުންކޮށްގެން ކުރާ މުއާމަލާތު ތަކަށް ލިމިޓެއް ކަނޑައެޅި ނަމަވެސް އެއަށްވުރެ އިތުރަށް މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ކާޑު ބޭނުންކުރެވޭނެ ކަމަށެވެ.