އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވައިލައިފިއެވެ. އެ ޕާޓީން މިހެން ގޮވައިލީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ނެރުއްވި ބަޔާނުގައެވެ. އެ ބަޔާނުގައި ބުނީ ދިވެހި އަންހެނުންނަކީ ދުނިޔޭގެ ނިސްބަތުން ވެސް ޤާބިލު އަދި ތޫނުފިލި ބައެއްކަން ރާއްޖޭގެ ތަޢުލީމީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގެ ވަނަތައް އިޢުލާނުކުރާ ސްޓޭޖްތަ...
މުޙައްމަދު އަފްރާޙް
އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ދާއިރާގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޓްވީޓުގައި ރައީސް ވިދާޅުވީ ޑިޖިޓަލް ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. “މި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އަޅުގަނޑުމެންގެ މުޖުތަމަޢު...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ އެޑްވައިޒަރު އިލްހާމް އަހްމަދާއި، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ބައްދަލުވުމެއް ކުރިއަށް ދާކަމުގެ މައުލާތު ލިބިއްޖެއެވެ. މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި ނަޝީދު، އިލްހާމާއި ބައްދަލު ކުރެއްވުން ފެށުނީ 12:30 ހާއިރުއެވެ. އެ ބައްސަލުވުން ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިއީ ނަޝީދު ގާސިމްގެ އެޑްވައިޒަރ އިލްހާމް އާއި ބައްދަލު ކުރައްވާ ތިންވަނަ ފަހަރެވެ. ނަޝީދު، އިލްހާމާއި ބައްދަލު ކުރައްވަމުން މި...
ޔުމްނާ ޢަލީ
ލޯކަލް ޓުއަރިޒަމްއަކީ ރާއްޖެއަށް ވަރަށް މުހިންމު އުފެއްދުމެއް ކަމަށާއި އޭގެ ސަބަބުން ރަށްރަށުގައި ގެސްޓް ހައުސް ހިންގާ މީހުންނާއި ރަށްރަށުގައި ހުރި ކުދިކުދި ސިނާއަތްތަކަށް ވެސް މަންފާ ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖަރުމަންވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރގައި ބައިނަލްއަޤްވާމީ މިޑިއާތައް ހުޅުވާލައިގެން ބޭއްވި ޓޯކް ޝޯވއެއްގައި ވާހަކަ ދައްކަވަމުންނެވެ. “މޯލްޑިވްސް މީޑިއާ މީޓް”ގެ ނަމުގައި ކުރިއަށ...
މުޙައްމަދު އަފްރާޙް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ގުރުއަތުލާފައި ވަނީ ރޭ ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓުގައި އެ ކަމަށްޓަކައި ބޭއްވި ކުޑަކުޑަ އިވެންޓެއްގައެވެ. މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 10 ވަނަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހަދާފައިވާ […]
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ޑޯޓްމަންޑުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ދެވަނަ ލެގުގެ މެޗު ރޭ ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު ޗެލްސީ ވަނީ 2-0 ގެ ނަތީޖާއިން މޮޅުވެ، އެގްރިގޭޓް ނަތީޖާ 2-1 އިން ކުރި […]
އިބްރާހިމް ޚަލީލް
ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި މާރޗު މަހުގެ 5 ން 6 ގެ ނިޔަލަށް ކުރި މި ޒިޔާރަތުގެ މަގުސަދަކީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ މީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމެވެ. އަދި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. މީގެ އިތުރުން ކުޅުދުއްފުށި ޕޮލިސް ސް...
މުޙައްމަދު އަފްރާޙް
އެއް ދުވަހަކު ފަނޑިޔާރުގެއަށް ވަރަށް ބޮޑު މައްސަލައެއް ކާޅު ހުށަހެޅިއެވެ. މައްސަލަ ބަލައިގެންފައި ޝަރީޢަތް ފަށައިފިއެވެ. ކާޅުގެ ޝަކުވާ ރައްދުވަނީ ކޮވެއްޔަށެވެ. އެ ދައުވާއަކީ ކާޅު ހާލި ހެދީމާ އެ ހާޔަށް ކޮވެލި ބިސްއަޅާ ކަމުގެ ދައުވާއެވެ. ކޮވެއްޔަށް ދައުވާ ސާފުވާ ކަމަކަށް ވެސް ނުވެއެވެ. އެކަމަކު ޝަރީޢަތް ކުރިއަށް ގެންދޭނެ ކަމަށް ނިންމައިފިއެވެ. ކޮވެލި ދައުވާއަށް އިންކާރުކުރާތީ ހެކި ހުށަހަޅަން ޖެހުނީ ކާޅަށެވެ. ހެކިންގެ ހެކިބަސްނަގައި ޝަރީޢަތް ކުރިއަށް ގެން ގޮސް އެންމެފަހުގެ އަޑުއެހުން ވެސް […]
ޢަބްދުﷲ ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަހަރު އިއްވެވި ރިޔާސީ ބަޔާނަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ފޮނުވި ޖަވާބު، މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މަޖިލީހުގެ އިދާރާއިން ހިއްސާކޮށްފިއެވެ. އެމްއެންޕީން ރިޔާސީ ބަޔާނަށް ޖަވާބު ފޮނުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެ ގަވާއިދުގައިވާ މުއްދަތުގައި މިއަހަރުގެ ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވާފައި ނުވަތީ، މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީއެއްގެ ގޮތުން ރިޔާސީ ބަޔާނަށް ޖަވ...
ޔުމްނާ ޢަލީ
ހއ. މޮޅަދޫގައި އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެން ނިންމައި، އެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސެޝަންތަކަކީ މޮޅަދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ނަފުސާނީ ބަލިތަކުގެ ޑަކްޓަރު އައިޝަތު ޢަލީ ނާޒެވެ. މާރިޗު 9 ވަނަ (ބުރާސްފަތި) ދުވަހު އޮންނަ މި ސެޝަންތައް ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. މި...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ހުރިހައި ޚިދުމަތަކަށް މާދަމާއިން ފެށިގެން ކިއުބީ މެދުވެރިކޮށް އެދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ކޭއާރްއެޗްގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ މި މާރިޗު މަހުގެ 6 ވަނަ ދުވަހުން ފެށިގެން އޯޕީޑީގެ ހިދުމަތްތަކަށް ކިއުބީ މެދުވެރިކޮށް އެދެވޭނެ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ހުރިހައި ހިދުމަތްތަކަށް އެދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހިދުމަތް ހޯދާ ފަރާތްތަކުން ލިބޭ ފީޑްބެކަަށް ބެލުމަށްފަހު، […]
މުޙައްމަދު އަފްރާޙް
ފާއިތުވި ފަސް އަހަރުގެ ފެބްރުއަރީ މަސްތަކާއި އަޅާބަލާއިރު، މިދިޔަ ފެބްރިއަރީގައި ރާއްޖެ އައި ފަތުރުވެރިން އިތުރުވެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ‘މަންތްލީ ސްޓެޓިސްޓިކް’ ގައިވާ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ވަނީ 177،915 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށްވުރެ 3.1 އިންސައްތައިގެ ކުރިއެރުމެކެވެ. ސްޓެޓިސްޓިކް އިން ދައްކާ ގޮތުގައި އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކުވެސް 6354 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެގިނައިން އެއްދުވަހަކަށް ފ...
މުޙައްމަދު އަފްރާޙް
މާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 5 ދިވެހި ފިރިހެނުން ހައްޔަރުކޮށް، 4 ކިލޯއަށް ވުރެ ގިނަ ހެރޮއިން ހޯދަައިފިއެވެ. އެކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް، 4 މާޗު ގައި މާލޭގައި ފުލުހުން އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ. އަދި މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 5 ދިވެހި ފިރުހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން...
މުޙައްމަދު އަފްރާޙް
ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ. ރައީސްކަމުގެ ހުވާ ނައިބު ރައީސް ފައިސަލް މިދިޔަ އަހަރު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވުމަށްޓަކަ އެވެ. އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް […]
ހުސައިން ހަބީބް
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުދިން ތިބި ކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، ދައުލަތުގެ ބެލުމުގެ ދަަށަށް މިދިޔަ އަހަރު ވަނީ 40 ކުދިން ނަގާފައެވެ. އެއީ 23 އަންހެން ކުދިންނާއި 17 ފިރިހެން ކުދިންނެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި އާއިލާތަކާއި ނުވަތަ ވަޒީފާ / އިންޓަރންޝިޕްގެ ފުރުސަތު ހޯދައިދީގެން ރީއިންޓެގެރޭޓް ކުރެވިފައިވަނީ 22 އަންހެން ކުދިންނާއި 18 […]
މުޙައްމަދު އަފްރާޙް
ބްރަދާސް ބްރަދާސް ރަނާސް (ބީބީ ރަނާސް)އިން 2023 ވަނަ އަހަރު ބޭނުންކުރާ ޖާޒީ ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޖާޒީ ލޯންޗުކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓާ އަލީ ޚާލިދެވެ. މި ރަސްމިއްޔާތުގައި އެ ކްލަބުގެ އޮފިޝަލުން ބޭނުންކުރާ ‘އޮފިޝަލް ޓީޝާޓު’ ވެސް ވަނީ ލޯންޗުކޮށްފައެވެ. ބީބީ ރަނާސްގެ މީޑިއާ ކޯޑިނޭޓަރ އަފީފް އަބްދުއްސަމަދު ވިދާޅުވީ މި ޖާޒީ އެންމެފުރަތަމަ ބޭނުން ކުރުމަށް ނިންމާފައިވަނީ މި […]
މުޙައްމަދު އަފްރާޙް
އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އާގަލާ ބޯޓު ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓުގައި އަލިފާން ރޯވީ މ. އަތޮޅު ތުވަރު އާއި ހިސާބުންނެވެ. މި ހާދިސާ ހިނގާފައި ވަނީ މި ހިނގާ މާރިޗް މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ. އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އޭގެ ތެރެއިން 14 […]
ޔުމްނާ ޢަލީ
މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރަްންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 33،888 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހާބަ ބޭސިން ފުންކުރުމާއި، […]
އަޙްމަދު ވަހީދު