މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1101 ވަނަ ޞަފްޙާ

ބެޓިސް އަތުން މޮޅުނުވެވި ރެއާލް ފަހަތަށް ސޮއްސާލައިފި

ބެޓިސް އަތުން މޮޅުނުވެވި ރެއާލް ފަހަތަށް ސޮއްސާލައިފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން އެ ޓީމް މޮޅުވެފައި ވަނިކޮށް، ރޭ ރެއާލް ބެޓިސްއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލަށް މޮޅުނުވެވި އަނެއްކާ ވެސް ބާސާއާއި ދެމެދު އޮތް ފަރަގު ބޮޑުވެއްޖެއެވެ. ރޭ ބާސާގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ވެލެންސިއާ ބަލިކޮށްފައެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ބަސްކެޓް ވެލެންސިއާގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ބޮލުން […]

އިބްރާހިމް ޚަލީލް
އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ

އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ

ރޯވި ”އާގަލާ” ބޯޓު އަނދާހުލިވެ، އަޑިއަށް ހިނގައްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައި، ލިބުނު ގެއްލުމުގެ ސަބަބުން އެ ބޯޓު މިއަދު 8:20 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ. އާގަލާ ބޯޓުގައި އަލިފާން ރޯވެގެން، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރުއެވެ. އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އޭގެ ތެރެއިން 14 މީހުން ސަލާމަތްކޮށް، މ. މުލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. […]

ޔުމްނާ ޢަލީ
ލިވަޕޫލުން ޔުނައިޓެޑް ކޮޅަށް ލަނޑު ގޯންޏެއް

ލިވަޕޫލުން ޔުނައިޓެޑް ކޮޅަށް ލަނޑު ގޯންޏެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތް ލަނޑުޖަހައި އެ ޓީމް ލަދުގަންނަވާލައިފިއެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 7-0 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވެގެންނެވެ. މި މެޗާއި ކުރިމަތިލީއިރު މެންޗެސްޓާ އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެ ޓީމުން ވަނީ މީގެ ހަތް ދުވަސްކުރިން އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އެއީ 2017 އަހަރުގެ ފަހުން އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. […]

އިބްރާހިމް ޚަލީލް
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ދެކުނު އިގްތިސާދީ މައި ދޮރާށި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރެނާޓަސް އާއެވެ. މި އެއްބަސްވުމުގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އަދި ރެނާޓަސް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ސެލްވަ ސުންދަރަމެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަ...

އަޙްމަދު ވަހީދު
ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެކަކު ގެއްލިއްޖެ

ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެކަކު ގެއްލިއްޖެ

ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ. ގައުމީ ދިފާޢީ ބާރުން ވިދާޅުވީ އަލިފާން ރޯވީ މ. އަތޮޅު ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ “އާގަލާ” ކިޔާާ މާލެ ދަތުރު ކުރާ ބޯޓެއްގައި ކަމަށެވެ. އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައި ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރު ކަމަށް […]

މުޙައްމަދު އަފްރާޙް
ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ޔަގީންކަން ދެއްވައިފި

ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލެތެއް ޤާއިމް ކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުނ...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހި ގުގުރާނެ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހި ގުގުރާނެ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. […]

ޔުމްނާ ޢަލީ
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން 04 މާޗް 2023 ގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ”މި އޮޕަރޭޝ...

ޔުމްނާ ޢަލީ
އިހަވަންދޫގައި އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް

އިހަވަންދޫގައި އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް

ހއ. އިހަވަންދޫގައި އެރަށު އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ. މި ދަރުހަކީ، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދަރުހެކެވެ. މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު އިހަވަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ދަރުސްގެ މަޢުލޫއަކީ ”ރަމަޟާން މަހަށް ތައްޔާރުވަމާ” އެވެ. މި ދަރުސް ދެއްވާފައި ވަނީ ޑރ. އަނާރާ ނަޢީމް އާއި އައްސައިޚާ ހައްވާ ލަޠީފް އެވެ. މީގެ އިތުރުން އެ ދުވަހު ހެނދުނު ވަނީ އެރަށު އަންހެން […]

ޔުމްނާ ޢަލީ
ސައޫދީން މިއަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަނީ

ސައޫދީން މިއަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަނީ

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ. ސައޫދީ ސަރުކާރުން މިދިޔަ އަހަރު ވެސް ރަމަޟާން މަހާއި ދިމާކޮށް  50 ޓަނު ކަދުރު ހަދިޔާ ކުރިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، މިއަހަރު ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެކަމަށް ސައޫދީ ސަރުކާރުން އަންގަވާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް...

ޔުމްނާ ޢަލީ
ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ ކަނދުފަތި އެޅުމުގެ ޕްރޮގްރާމް ފަށަައިފި

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ ކަނދުފަތި އެޅުމުގެ ޕްރޮގްރާމް ފަށަައިފި

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ، ”ވަދު ކަނދުފަތި” އެޅުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށަައިފިއެވެ. މަސްވެރިކަމާބެހޭއި ދަނޑުވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމާއި، ސްޕޯޓްސް ފިޝިން އާއި އަދި ކެއިންބުއިމުގެ ބޭނުމަށް ރަށާއި ކައިރިނ...

ޔުމްނާ ޢަލީ
ބްރޯ، ތިވަރަށް ގަސްކާނާ ނުދީވެސް ވާނެޔޭ!

ބްރޯ، ތިވަރަށް ގަސްކާނާ ނުދީވެސް ވާނެޔޭ!

މާގިނައިން ގަހަށް ކާނާ ދިނުމަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރާ ގިނަ ބަޔަކު ނޭގިނަމަވެސް ކޮށްއުޅޭ ކަމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ބެލިކަމުގައި ވިޔަސް، ރަށްފުށުގެ ދަނޑުވެރިކަމުގައި އާއްމުކަމެކެވެ. މިހެން ދިމާވަނީ ދަނޑުވެރީންނަށް ދަނޑުވެރިކަމާ ބެހޭ، ޚާއްޞަކޮށް ގަސްކާނާއާ ބެހޭ މަޢުލޫމާތު، ރަނގަޅަށް ލިބިފައި ނޯންނާތީ އެވެ. މާގިނައިން ގަސްކާނާ ބޭނުންކުރުމަކީ އާދައެއްވެސް މެއެވެ. މި އާދަ ހަރުލާފައި ހުންނަ ދަނޑުވެރީން ޤަބޫލުކުރަނީ ގަސް ހެއްދޭނީ ތަފާތު މަރުކާތަކުގެ ތަފާތު ގިނަ ކާނާ ބޭނުންކޮށްގެނ...

ހުބާ ޕްލާންޓްސް
ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ތިން މީހަކު ވަނީ، މާލޭ، އަޅިވިލާ މަގުގައި ހުންނަ ފްރީޑަމް މޯބައިލް ސަރވިސް އިން ސަރވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާފައެވެ. އެ ސްލިޕަކީ ސައްހަ ނޫން ސްލިޕެއްކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް އ...

ޔުމްނާ ޢަލީ
އެމްޑީޕީ ޕްރައިމަރީގެ މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި

އެމްޑީޕީ ޕްރައިމަރީގެ މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ މައްސަލައެއް ނެގުމުން, ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފަސްކޮށްފި އެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނިކޮށް އެ ޕްރައިމަރީގެ ނަތީޖާ ބާތިލްކުރަން ހުށަހެޅީ އަލީ އަމްޖަދު […]

އަލީ އާދިލް
ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭއަށް

ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭއަށް

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ނޯންޓެސް ބައްދަލުކުރި މެޗުގައި އެމްބާޕޭ ޖެހި ލަނޑާއިއެކު، ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފް އޭނާއަށް ލިބިއްޖެއެވެ. ރޭ ނޯންޓެސްގެ ދަނޑުގައި ޕީއެސްޖީ މޮޅުވެފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. މިދިޔަ ޑިސެމްބަރ މަހު 24 އަހަރު ފުރުނު ފްރާންސްގެ ފޯވާޑް އެމްބާޕޭ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައި މިވަނީ އޭނާ އެ ޓީމަށް ކުޅެދިން 247 މެޗުގައި ޖެހި 201 ލަނޑާއި އެކުގައެވެ. […]

އިބްރާހިމް ޚަލީލް
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އެކުވެރި ދައުލަތްތައް (އދ) އިން ބާއްވާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މިއީ އ.ދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްއެވެ. ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް...

ޔުމްނާ ޢަލީ
އުރީދޫ ސްޓެމް ފެއާ ނިންމާލައިފި، އެއްވަނަ އިސްކަންދަރަށް!

އުރީދޫ ސްޓެމް ފެއާ ނިންމާލައިފި، އެއްވަނަ އިސްކަންދަރަށް!

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސްޓެމް ފެއާ 2023 ގެ އެންމެ މޮޅު ސްކޫލުގެ މަގާމު އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ. އުރީދޫ އިން ބުނީ އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ހަރަކާތުގެ ސަބަބުން ޒުވާން ވިސްނުންތެރިންނަށް އެމީހުންގެ ސައިންސް، ޓެކްނޮލޮޖީ، އިންޖެނިއަރިން އަދި މެތެމެޓިކްސް (ސްޓެމް) މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދެވުނު ކަމަށެވެ. އިއްޔެގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއާ، ސ...

އަޙްމަދު ވަހީދު
ސްޓުޓްގާޓް ބަލިކޮށް ބަޔާން އަނެއްކާ ވެސް އެއްވަނައަށް

ސްޓުޓްގާޓް ބަލިކޮށް ބަޔާން އަނެއްކާ ވެސް އެއްވަނައަށް

ޖަރުމަނު ލީގުގައި ބަޔާން މިޔުނިކާއި ސްޓުޓްގާޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބަޔާން އަނެއްކާ ވެސް ޖެހިލައިފިއެވެ. ރޭ ސްޓުޓްގާޓްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ލައިޕްޒިގެ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއިއެކު ޑޯޓްމަންޑް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައި ވަނިކޮށް، ބަޔާނުން ރޭ މެޗު ކާމިޔާބުކޮށް […]

އިބްރާހިމް ޚަލީލް