ޗަމްޕާ ބްރަދަރސް އިން ހަވާލުކުރި ކާށިތައް މާލޭ ސިޓީ ކައުންސިލުން ބަހަން ފަށައިފިއެވެ.

ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދަރސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ 30 ހާސް ކާއްޓެވެ.

Ad
rt

މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން މި އޭޕްރިލް މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކާށި ބަހާނެ ކަމަށާއި ކާށި ބެހުމުގެ ކަންކަން ކުރިއަށް ދަނީ މާލެސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ގައި ކަމަށެވެ.

މި ކާށި ބެހުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އެ ކައުންސިލުން ބުނީ ކާށި ބަލާ އަންނައިރު، ފަޤީރުންގެ ލިސްޓުގައި ހިމެނޭ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެ ކަމަށެވެ.

މީގެއިތުރުން އޭޕްރިލް 17 އިން ފެށިގެން ކާށި ބެހުމަށް ހަމަޖެހިފައިވަނީ ދިވެހި ކޮންމެ ރައްޔިތަކަށާއި މި ފަރާތްތަކުން ވެސް އައި.ޑީ ކާޑު ގެނައުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކާށި ބެހުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.