ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމުގައި ނުދެކޭ ސަރުކާރު ހިންގާ އިއްތިހާދުގެ އެއް ބައިވެރިޔާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ އެ މައްސަލަ ނިމުނުގޮތާއިމެދު އެމް.އާރް.އެމް ގެ އެގްޒެކެޓިވް ކޮމިޓީގައި ކުރެވުނު މަޝްވަރާއަށްފަހު ނިންމި ނިންމުން ހާމަކުރުމަށް ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މި...
މުޙައްމަދު އަފްރާޙް
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ލިބެން ހުރި...
އަޙްމަދު ވަހީދު
އަންނަ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓެއް ވާދަކުރާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ ފަރާތުން އައު ޕާޓީއެއް އުފައްދަން ނިންމާފަވާ ކަމަށެވެ. ‘’އަޅުގަނޑުމެންގެ ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ’’ އީވާ ވިދާޅުވިއެވެ.
ޔުމްނާ ޢަލީ
އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ ޢަދުލު އިންސާފު ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ޤައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެއްދުވަހަށް ކުރިޔަށް ގެންދާ މިކޮންފަރެންސް ކުރިޔަށް...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ދެން ގެއްލޭނީ ވެރިކަން ކަމަށް އެސްޓީއޯގެ ކުރީގެ ސީއީއޯ/އެމްޑީ ހުސެން އަމްރު ވިދާޅުވެއްޖެއެވެ. އެންޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އިސްބޭފުޅުން ތަކެއް މިއަދު ވަނީ އެ ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފައެވެ. އޭގެ ތެރޭގައި އަމްރުއާއި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ހިމެނޭހެން ރައްޔިތުންގެ މަޖިލިސްގެ 12 މެންބަރަކު ވެސް ވަނީ އެ ޕާޓީން ވަކިވާން ސިޓީ ފޮނުވާފައެވެ. މިކަން މިހެން ހިނގާފައި ވަނިކޮށް އަމްރު […]
ޔުމްނާ ޢަލީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހަތުރުވެރިކަމުގައި އެމްޑީޕީ ރީތިކޮށް ދެބައިވެއްޖެ އެވެ. ހުޅުފަޅައިގެން ގޮސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ރައީސް އިބޫ ފެކްޝަނުން ފިޔަވަޅު އަޅަން ފެށުމުން ނަޝީދު ފިޔަވައި ދެން ތިބި ހުރިހާ މެމްބަރުން ޕާޓީން މިއަދު އަމިއްލައަށް ވަކިވީ އެވެ. ދެން އޮތީ ނަޝީދެވެ. އެމްޑީޕީގެ ސްލޮޓެއްގައި މަޖިލީހުގެ ރައީސްގެ މަގާމުގައި ފުރިހަމަ ބާރުވެރިކަމުގައި ނަޝީދު އަދި އެބަ ހުންނެވި އެވެ. އެކަމަކު މިހާރު […]
ޙުސައިން ޘަޤީފް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު އިސްވެ ހިންގަވާ ”ފިކުރެއްގެ ދިރުން”ގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. ނަމަވެސް ރައީސް ނަޝީދު ޕާޓީ ދޫކޮށްނުލައްވާ ކަމަށްވެއެވެ. މި ބޭފުޅުން އެމްޑީޕީ ދޫކޮށްލާފައި މިވަނީ އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިއްޔެ އެމްޑީޕީން ވަކިކޮށް، މިއަދު އޭނާގެ ނަން އިލެކްޝަން ކޮމިޝަން (އ...
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް މިއަދު ހަވާލުކޮށްފިއެވެ. މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ”ދިއްދޫ އިސްލާމިކް ސެންޓަރު” އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާ އެވެ. ދިއްދޫ އިސްލާމިކް އެސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އާދަމް ރަޙީމް އެވެ. އިސްލާމިކް މިނިސްޓްރީގެ ފަ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިިން ހިންގަމުން އަންނަ “ހުނަވަރު” ޕްރޮގްރާމުގެ ދަށުން ވެލްޑަރުން ތަމްރީން ކުރުމަށް ތިން އަތޮޅެއްގައި އޯޕަންޑޭ ބާއްވަން ނިންމައިފިއެވެ. މި މަހުގެ 18 އިން 27 އަށް ބާއްވާ މި ސެޝަންތައް ކުރިއަށްދާނީ ލާމު އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ. ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމުގެ ދަށުން ތަމްރީން ކުރާ ބައިވެރިން ހޯދުމަށް ރާއްޖޭގެ އެހެން އަތޮޅުތަކުގައި އޯޕަންޑޭތަކެއް ކުރިއަށްގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ހުނަވަރ...
އަޙްމަދު ވަހީދު
ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ ރުކުގެ ފަނުން އުފެއްދުންތެރި ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މިއީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޖުމްލަ 29 ބައިވެރިންނާއި އެކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައި، ޕްރޮގްރާމް ފުރިހަމަ ކުރި [...
އިބްރާހިމް ޚަލީލް
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ ކަމަށެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި އޭނާ ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އާއިލާއިން ރިޕޯޓު ކުރީ މި މޭ މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާގެ ޚަބަރެއް މި މޭ މަހުގެ […]
މުޙައްމަދު އަފްރާޙް
އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފި އެވެ. މުގުނީ ކުރި ޓުވީޓެއްގައި ރައީސް ސޯލިހަށް ވަގަށް ގޮވި މައްސަލާގައި މީގެ ދެ ދުވަސްކުރިން އޭނާ ވަނީ ރައީސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްތެރިވެފަ އެވެ. އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ. މުގުނީ މަގާމުން ވަކިކުރިކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސްއަޕް ގްރޫޕަށް މިއަދު 11:14 ގައި މުގުނީ […]
ޔުމްނާ ޢަލީ
މި ސަރުކާރުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް އަބަދު ވެސް ދޭ ކަމަށާއި، އެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާނެކަން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ރޭ ކްރޮސް ރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ ” ގޯލްޑް 100 ގާލާ” ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. “ގޯލްޑް 100” އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. […]
ޔުމްނާ ޢަލީ
ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު (ޕޯލްޓްރީ ދޫންޏާއި ލައިވް ސްޓޮކް) ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި މިހެން ބުނެފައިި މިވަނީ މާލޭގެ ގެއެއްގެ ތެރޭގައި އޮސްޓްރިޗް ނުވަތަ ގިނިކާ މާދޫންޏެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް ޕޯލްޓްރީ ފ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް ދެން ކުރިމަތިލެވޭނީ 5 އަހަރު ފަހުން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން އިއްޔެ ނިންމައިފިއެވެ. އާޒިމްގެ މައްސަލަ ބެލުމަށްފަހު އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އަލީ އާޒިމަށް އެމްޑީޕީއަށް އަލުން ވަދެވޭނީ އެޕާޓީއަށް ވަންނަން އެދޭ 100 މީހުންގެ ސައްހަ ފޯމާއެކު […]
މުޙައްމަދު އަފްރާޙް
އަހަރުތަކަކަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިޓަލީގެ އިންޓަ މިލާން ޖާގަ ހޯދައިފިއެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ އިންޓަ މިލާނުން ވާދަވެރި އޭސީ މިލާނުގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމް ފާއިތުވި ހަފްތާގައި ސެމީ ފައިނަލު ފުރަތަމަ ލެގުގައި ކުޅުނު މެޗު ވެސް 2-0 ގެ ނަތީޖާއިން ކާމިޔާބުކުރީ އިންޓައިންނެވެ. ވުމާއިއެކު އިންޓައަށް ފައިނަލުން ޖާގަ ލިބިފައި ވަނީ މިލާނުގެ މައްޗަށް 3-0 […]
އިބްރާހިމް ޚަލީލް
ހދ. ހަނިމާދޫން ފުރައިގެން ސީދާ ދުބާއީ، މުންބާއީ، ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވެއްޖެއެވެ. ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކުވައިދޭ ވީޑިއޯ އާއެކު އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށެވެ. ބޮޑުތިލަދުންމަތީ ރައްޔިތުން ހަނިމާދޫއިން ފުރައިގެން ސީދާ ދުބާއީ، މުންބާއީ، ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށާއި ދުނިޔޭގެ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023′ އަށް އެހީތެރިވެދެއްވާނެ ކުންފުނިތަކާއެކު ސޮއިކޮށްފިއެވެ. އެގޮތުން ހޯސްޓް ޕްރޮޕަޓީއެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އެވެ. އަދި ޑޮމެސްޓިކް އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރެއްގެ ގ...
މުޙައްމަދު އަފްރާޙް